ކުރީގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަފައިވާ "ކޮތަރު ކޮށި" ކަމަށް ގިނަ ސިޔާސީ ބަޔަކު ބުނަމުން އަންނަ "ހިޔާ ފްލެޓްތައް" ނިމިފައި ހުންނައިރު ހުންނާނެ ގޮތުގެ ކުރެހުމެއް ދައްކާލައިފިއެވެ.
މީސްމީޑީއާގައި އާންމުންގެ މީހަކު މިފަދަ ކުރެހުމެއް އާންމު ކޮށްފައިވަނީ ގިނަ ބަޔަކު މި ފެލްޓްތަކުގެ ޖާގަ ކުޑަ ކަމަށާއި ފާހަނާ ކުޑަ ކަމަށް ބުނެ އެތަނަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ ހިޔާ ފްލެޓްގެ ހުރި ޖާގައަށް ބަލައިގެން ތައްޔާރު ކޮށްފައިވާ އެނިމޭޝަނެކެވެ. މި ކުޑަ އެނިމޭޝަނަށް ގިނަ ބަޔަކު ތާއިދު ކުރާއިރު، މަދު ބަޔަކު ނަމަވެސް އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
I accept this kotharu koshi. pic.twitter.com/6rM678jxsX
— Musthw Dawwg (@Musthw) June 27, 2020
ދެ ކޮޓަރި ފެނިގެންދާއިރު، އެއް ކޮޓަރީގައި ހުންނަނީ ޑަބަލް ސައިޒްގެ އެނދަކާއި ކަހާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އަލަމާރިއެކެވެ. އަދި ޑްރެސިން ޓޭބަލެއްވެސް ހުރެއެވެ. އަނެއް ކޮޓަރީގައި ބަންކު އެނދެއް ހުންނަ އިރު އެކޮޓަރީގައި ހުންނަނީ ހުޅުވޭ ގޮތަށް ހަދާފައި ހުންނަ އަލަމާރިއެކެވެ. އަދި މި ކޮޓަރީގައި ކުދިން ކިޔެވުމަށް ވަކިން ހާއްސަ މޭޒެއް ބެހެއްޓޭކަން ވެސް ވަނީ ދައްކުވާފައެވެ.
ސިޓިން ރޫމުގައި ސޯފާ، ކާ މޭޒު އަދި ބަދިގޭ ސެޓް ހަރު ކޮށްފައި ހުރެއެވެ. މީގެ އިތުރުން ދޮންނަ މެޝިން މެލްކަނީގައި ރީއްޗަށް ބެހެއްޓޭކަން ވަނީ ދައްކުވާފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މިމަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.
ބެލްކަނީގައި ދޮންނަ މެޝިނު ބެހެއްޓީމާ ވެހޭހާ ވާރޭއެއްގައި ދިއްލާހައި އަތްވެއްގައި އެވާނީ ހަލާކެއްނޫންތަ؟ މެޝިނު ބަހައްތާނެ ޖާގައެއް ނެތްދޯ އިންތީރިއާރ ނިންމިއިރު؟
ކަލޭމެން ބޮޑު އަގުގަ ކުއްޔަށް ދޭ ތަންތަން ހުންނަނީ ކިހިނެއްތަ؟
10' * 25' ސިޓިން ރޫމެއް އޮންނައިރު ދޮންނަ މެސިނު ބަހައްޓާނެ ތަނެއް ކަލެއައް ނުފެނިއްޖެޔާ ކަލެއައް ތިހިރީ ރީނދޫ ބޮވިފަ. މަމިއުޅެނީ 10' * 11' ކޮޓަރިއެއްގަ މަށާ އަނބިމީހާޔާ 8 އަހަރުގެ ދަރިއަކާ 11މަހުގެ ދަރިއެއް ގޮވައިގެން.
ބޭފުޅާ... ތިއީ ފްލެޓް ތަކެކޭ... ފާރެއްގައި އިސްކުރެއްވެސް ޖެހުމުގެ ހުއްދައެއް ނޯންނާނެ. އަދި ކިހިނެއް ސިޓިންގ ރޫމްގައި ފްލޯރ ޑްރެއިން އެއް ބަހައްޓާނީ.
ދެން ހިލޭ އުޅެން އަމިއްލަ ރަށަށް ފެއްސެންވީނުން ކޮންމެހެން މާލޭގަ އުޅެން ޖެހޭތަ ރަށުގަ ގޯތި އޮތަސް ހިތްނުފުރޭ
ބަލަ ކަލޭގެ އަމިއްލަ ގެދޮރު ރަށުގައި އޮތަކަސް މަ މީ މާލެ ދަފްތަރުގައި ހިޔާވައްސެއް ނެތް މީހެކޭ..ކަލޭ ފެއްސެންވީނު ރަށަށް؟
ބްރޯ މަ އުޅެނީ ކުއްޔައް! ބޮޑު އަގުދދީގެން ހުންނަތަން ތިޔައްވުރެއް ސަޅިއޭ!!
ކޮތަރު ކޮށްޓަކަސް މީދާކޮށްޓަކަސް ކިނބޫކޮށްޓަކަސް ގެރިމޯދީކޮށްޓަކަސް ތިތަން މަށަށް ހަވާލުކުރަންވާނީ ނިންމާފަ މި ސަރުކާރުން ކޮންމެހެން ރަށްޔަތުންގެ ކުރިމަތީގަ ވަށްތަރުޖައްސާނެކަމެއް ނެތް .
ވައްކަން ކުރިއަސް ޔާމީން ސަރުކާރުން ވަނީ ތަރައްޤީ ގެނެސްފަ! މިސަރުކާރަށް ކުރެވެނީ ހުސް ވައްކަން، ދެން ހެދެނީ ހުސް ދޮ ގު، ނިމުނީ
ތިއީ މޮޑާރން ކޮތަރު ކޮއްޓެއް.. އެމްޑީޕީ މީހުންނައް އެޅޭނީ ޚިޔާލީ ކޮތަރު ކޮއްޓެއް..
އޯ ސަޅިއޭ..އަވަހަށް ގެނޭ މަގޭ ހާލި
އެމްޑީޕީގެ އިސް ނިފޫޒްގަދަ އެކްޓިވިސްޓުންނާ އެ މީހުންގެ އާއިލާ އަށް އެކަނިތަ ތި ކޮތަރުކޮށިތައް ލިބެންވީ... އެއްޗެކޭ ކިޔާފަ އެކްޓިވިސްޓުންނަށް ދޭން ތިއުޅެނީ... އެމްޑީޕީގެ އާންމު މެމްބަރުންނަށް އެކައްޗެއް ވެސް ނެތް... ވޯޓް ހޯދަން ވީމަ އެކަނި ފެންނަނީ... ?
މާލޭގަ ކުއްދޭ ތަންތާގައި ދޮންނަމެސިން ބަހައްޓަށް ހުންނަނި ހާއްސަކޮޓަރިއެއް އެއަރކޯން ވެސް ކޮއްފައި އަނެއްކާ އެހާ އަގުހެޔޮ...
ކޮތަރު ކޮށްޓެއްވެސް ތިޔަށްވުރެ ބޮޑުވާނެ
ޔާމިނުގެ ސަޕޯޓަރުން ހަޖަމްކުރަން ދަސްކުރަންވެއްޖެ. މަށަކީ އެމްޑީޕީ ސަޕޯޓަރެއްވެސް ނޫން އެކަމަކު ފޮޓޮތަކުން ބަލާލާފަ އިނގޭ ތީ އިންސާނުން އުޅެން ހެޔޮވާވަރަށްވުރެ ވެސް ހަނިކޮށް ހަދާފަ ހުރި ތަނެއްކަން. ބޭނުންހާ ވައްތަރެއްގަ ފަރުނީޗަރެއްވެސް ނުވެއްދޭނެ އަދި ކުޑަކުދިން ގޮވައިގެން އުޅޭނީ ކިހިނެއް؟ ހުޅުމާލޭގެ އެހެން ފްލެޓުތަކާ ބަލާފަ ހާސްގުނަ ކުޑަ. .ދަރިން ގޮވައިގެން ފްލެޓަށް ވަންނާނީ ދެން ދަރިން ބޮޑެތިވެގެން މީހުންނާ އިންނަން ބަލާއިރު އުޅެންޖޭހީ ހަނިހަނި ޗިލްޑްރަންސް ރޫމެއްގަ ? ގަދަ ވިއްސާރައެއްގަ ދޮންނަ މެޝިނު ބޮލަށް ލައިގެން ތިބޭ . އެވަރުންވެސް ރާއްޖެތެރޭ މީހުން އުޅެންވަނީ މާލޭގަ މާލެ މީހުންނާ އެއްފަންތީގަ ކިތަންމެ ބޮޑު ގޯއްޗެއް ރަށުގަ އޮތަސް.
މާލޭ އެއްޗެހިން މާލެވެގެން ފިއްތަވާލައްވައިގެން ތިއްބަވަން ޖެހިވަޑައިގަންނަވާނީ... ރާއްޖެތެރެއަށް މާލެ މީހުން އައިސް ކޮޓަރިއަކަށް ކެއުމާއެއްކޮށް 500ރ ދައްކާލަން ބޮޑުވެފަ ތިބެނީ. ތީ މާލެ ވެގެން އުޅުއްވާ ބޭފުޅިމެންގެ ފެންވަރަކީ
ބަލަ ރަށުގަ ގޯތިނެތިގެން ނޫނޭ މާލެ އަންނަނީކީ..ޚިދުމަތްތައް ދީބަލަ ރާއްޖެތެރޭގަ..އޭރުން ނުދާނަން މާލެއަކަށް
މަވެސް މާލޭން ރައްކާވާނަން، ހިދުމަތްތައް ދީބަލަ! ނުކެރޭނެ ދޭކަށް. އޭރުން ހަމަ މާލޭ ބޭފުޅުން ވިއްޔަ ބަނޑަށް ޖެހޭނީ
ހިދުމަތްތައް ދިނަސް މާލޭއަށް އަންނަޖެހޭ ކޮންމެހެން ހަދާފަވެސް ކުޑަ އަލިފާން ފޮއްޓެއް ވަރުގެ ތަނެއްގަ އުޅެން ޖެހުނަސް ދެން މާލޭގެ ލައިފްސްޓައިލް އެފޯޑު ނުކުރެވުނީމަ ކުލި ބޮޑޭ އަނެކައްޗެކޭ ކިޔާ
ޔާމީން ސަރުކާރުން ކުރި ތިމަސައްކަތް އަހަންނަށް މާގޯހެއް ނޫން. އެކަމަކު އަހަރެންވެސް ތިއަށްވުރެ ސައިޒުން ބޮޑުވާން ބޭނުން. އަހަންނަށް މައްސަލައަކަށް ވަނީ ބިން އޮވެގެން ޕްލޭންކޮށްގެން ތަންތަން ހަދާއިރު އެހާ ކުޑަކުރަންޖެހޭ ސަބަބަކީ ކޮބައިބާއެ؟
ސަބަބަކީ ތަންބޮޑުވިވަރަކަށް ދައްކަންޖެހޭއަދަދުބޮޑުވާނެ ! ހެދިމީހަކުހަދާފަތިޔަހުރަި އާދައިގެމުސާރައެއްލިބިގެން ހިތްހަމަޖެހިގެންއުޅެވޭނެވަރަކަށްބަލައިގެން! އެކިފެންވަރުގެ ތަންތައްހެދީމަ އެމީހެއްގެތަނަވަސްކަންއިތުރުވީވަރަކުން ބޮޑެތި ތަންތަނަށްބަދަލުވާގޮތަށް މިއީ އަޅުގަނޑަށްގެޓުވާގޮތް ޝުކު ރިއްޔާ!