ރޭޕްކުރުމާއި ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާރާ ފަށައިފިއެވެ.

މި މުޒާހަރާ ފަށާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ. މި މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރޭޕް އާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި މުޒާހަރާ އިންތިޒާމް ކޮށްފައި ވަނީ ވޮއިސް އޮފް ޗިލްޑްރެން އިންނެވެ.

ރޭޕް އާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރޭޕް އާ ދެކޮޅަށް އަޑު އުފުލާ މާލޭގައި މުޒާހަރާ ކުރަމުންދާއިރު، ރާއްޖޭގެ ރޭޕްގެ މައްސަލަތައް މި ވަނީ ބޮޑުވެފައެވެ. އަދި މިދިޔަ ހުކުރު ދުވަހު ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައެއް ވަނީ ހޫނުވެފައެވެ. އަދި ކުޑަކުދިންތަކެއް ރޭޕް ކުރި މައްސަލައެއް ވަރަށް ފަހުން ވަނީ ފެންމަތިވެފައެވެ.

މި މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ރޭޕް ކުރުން ހުއްޓުވުމަށާއި، ރޭޕް ކުރާ މީހުން ހައްޔަރު ކުރުމަށެވެ.

މި މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވެފައި ވަނީ މާސްކް ވެސް އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގިޓާ

    ތިކަމުގައި މުޒާހަރާ ކުރިޔަސް ރޭޕުކުރިމީހުން ހައްޔަރެއްނުކުރާނެ ތިކަމުން ވެސް ގެއްލިގެންދާނި ކުށެއްނެތް ފުލުހުން ތަކެއްގެ ވަޒިފާ
    މިހާރު ތިކަމާ ގުޅިގެން ވަނީ މާވެވައް ވެއްޓުނު ގެރިގެ މަސްވަރާާ ފަށާފައި

  2. ޑެއިވިޑް

    ތި ކަހަލަ ކިތަންމެ މުޒާހަރާ އެއްވެސް ކޮއްފި އަދި އިހަކަށް ދުވަހު ހަމަ ތިގޮތަށް މުޒާހަރާ ކުރި ތާ އަދި 03 މަސްދުވަސް ނުވޭ. ﷲ ޝަރީއަތް ތަންފީޒުކުރުމަށް ގޮވާލާ މުޒާހަރާ ކޮއްބަލަ. އޭރުން ތިފަދަ މުންކަރަތްތައް ހުއްޓުވޭނީ. ހުކުމް އެބައޮތްބާ 07 އުޑުމަތީން ބާވައިލައްވަފަ. ދެން ކޮން ޤާނޫނެއް އިސްލާހު ކުރަން ތަ ތި ގޮވަނީ.
    ﷲ ވަޙީ ކުރައްވާފައިވަނީ:
    މާނައީ: "އަދި الله ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާމީހާ ދަންނާށެވެ!  ފަހެ، އެއުރެން އެއީ
    ހަމަ ކާފަރުންނެވެ."

    އަދިވެސް  ވަޙީކުރައްވާފައިވެއެވެ. މާނައީ: "އަދި ތިޔަބައިމީހުން އެކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، الله އަށެވެ. އެއީ الله އެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއަށް ތިމަންކަލޭގެފާނު ވަކީލުކުރައްވައިފީމެވެ. އަދި ތައުބާވަނީ ހަމައެކަލާނގެ ޙަޟްރަތަށެވެ."

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "ނުވަތަ الله އިޛްނަ ދެއްވާފައިނުވާ ދީނެއް، އެއުރެންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
    މާނައީ: "އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި
    ވަޙީކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އެ ނިޔާއަށްފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "...އިބަރަސްކަލާނގެ އަޅުތަކުންގެ މެދުގައި، އެއުރެން ޚިލާފުވެގެންއުޅުނު ކަންތަކުގެ މައްޗަށް ޙުކުމް ކުރައްވާނީ ﷲއެވެ." ..."

    މައްކާގެ މުޝްރިކުންނާއި އަހަރުމެންނާއި ހުރި ތަފާތަކީ ކޮބަތޯއެވެ. މުޝްރިކުން ﷲ ސުބުޙާނަހޫ ވަތަޢާ އުޑުތަކާއި ބިން ހެއްދެވި ކަމަށް ޤަބޫލުކުރި ކަމުގައިވިޔަސް، އަޅުކަން ކުރުމުގައި އެއްކައުވަންތަ ނުކުރުމުގެ ސަބަބުން އެބައިމީހުންވީ ނަރަކައަށް ވަންނަން ޖެހުނު ބައެއް ކަމުގައެވެ. ހަމަ އެފަދައިން އަހަރުމެން ވެސް ޝަހާދަތް ދުލުން ކިޔުމަށްފަހު އޭގެ ރުކުންތަކައި ވަޖިބުތަކަށް އަމަލުކުރުން ދޫކޮއްލުމުގެ ސަބަބުން ތައުހީދުގެ  އުލޫހިއްޔަތުގައި އެބަ ޝިރުކުކުރަމުއެވެ.
    ﷲ ސުބުޙާނަހޫ ވަތަޢާލާ 07 އުޑުމަތީން ބާވައިލެއްވި ޝަރީއަތް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވޯޓު ދިނުމަކީ ﷲ ޝަރީއަތް ބަދަލުކުރުމަށް އެމީހުންނަށް ވެވޭ އެހީތެރިކަމެކެވެ. އެއީ އެނގިހުރެ ވިޔަސް އަދި ނޭނގި ނަމަވެސް މީހާ ކުފުރުވާ ފަދަ އަމަލެކެވެ. ނޭގުމަކީ އުޒުރެއް ނޫނެވެ. އެކަލާނގެ ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވައި ޤުރުއާން ބާވައިލައްވާ ޝަރީއަތް ފުރިހަމަ ކުރައްވާފައެވެ. އެހެންކަމުން ނޭގުމަކީ އެމީހާ އެ ކުރި ކުށަކުން ސަލާމަތްވާން އޮތް ހުއްޖަތެއް ނޫނެވެ. އެންމެ ފުރަތަމަ ވެސް ހޯދަން ޖެހޭ އިލްމަކީ ތަޢުހީދެވެ.

    އެންމެ ބޮޑުވެގެންވާ ފާފައަކީ ﷲ ޝިރުކު ކުރުމުގެ ފާފައެވެ. އެއީ ﷲއާއި އެއްޗެއް ބައިވެރިކުރުމެވެ. ޝަރީކުކުރުމެވެ. އެއްވެސް ގޮތަކަށް ޝިރުކުކޮށްފިނަމަ އެހާލުގައި ހުރެ މަރުވެއްޖެނަމަ އެމީހެއްގެ ކިބައިން އެކަން ނުފުއްސެވޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
    (إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ، وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا) سورة النساء 116.

    މާނައީ: “ހަމަކަށަވަރުން اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. اللَّه އަށް ޝަރީކުކުރާމީހާ ބޮޑުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.”

    އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.

    (إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ) سورة المائدة: 72

    މާނައީ: “ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ.”

  3. ހައިފާ

    ސަފާރީގަ ޕާރޓީކޮށް ގަޔަށް އެރި މީހުންނަށް އަދަބެއް ލިބުންތަ؟