ރާއްޖޭގެ މެދުތެރޭގެ އަތޮޅުގެ ދެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ދެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ދެ މައްސަލާގައި ހިމެނޭ ދެ އަންހެން ކުދިންވެސް ބަނޑުބޮޑެއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއް ޖެންޑާ މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅާާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި، އަދި މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖެންޑާާ އާ ގުޅިގެން ކަމަށެެވެ.
މީގެ އިތުރުން، ފުލުހުން މިއަދު ވިދާޅުވީ، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ މަރުޒަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ،މި މައްސަލަ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ޓީމަކާއި ޖެންޑާާ އާ ގުޅިގެން ކަމަށެެވެ.
BREAKING: Medhu Therey Atholhuge Rashehgai Haassa Ehee Ah Beynunvaa Kujje Banduboduvehjjehttps://t.co/0QqlO69yHN
— Vaguthu Online (@VaguthuOnline) June 30, 2020
ރާއްޖޭގައި ރޭޕްގެ މައްސަލަތައް މި ދަނީ އިތުރުވަމުންނެވެ. އަދި މިފަދަ މައްސަަލަތަކާއި ދެކޮޅަށް އިއްޔެ ވަނީ ހާއްސަ ހިނގާލުމެއްވެސް ބާއްވާފައެވެ.
ކިހާ ބޮޑު ކަމެށް ދެން މީ ...
ރޭޕްކޮށްގެން ވައްކަންކޮށްގެން ފޭރިގަނެގެން އައި ވެރިކަމެއްގައި މި 3 ކަންތައް އޮންނާނީ! ބުއްދީގެ އަހުލުވެރިން ޢިބްރަތް ލިބިގަންނަންވީ!
މި ރޭޕް ސީޒަން ފެން ރޭޕު ނޫން އެހެން ވާހަކައެއް އަޑެއް ނުއިވޭނެ.. ދިވެހިންނަށް އަންނާނެ ސީޒަން ސީޒަން.. ދެން އަލީ ސީޒަން ބުނާނެ ޒަހަރު އެބަހުރިތަ ޒަހަރު!!!
ކޮންބޮޑުކަމެއް ބިރަކާނުލާ މަޖާކުރަނީނު
ކުޑަކުދިން ބަނޑުބޮޑުވޭތަ؟
ހިމެނޭ ކެޓެގަރީ އާއިމެދު ކަލޭ ތިޔަ ކަންބޮޑުވަނީ. ކައެބުނަންތިޔައުޅެނީ ތުނބުން ކިރު ވީއްލުމާއެކު ކޮންމެވެސް ބެގަނޑަކާ ނަމަވެސް ހަވާލުކުރާށޭދޯ.
ކުޑަކުދީން ބަނޑުބޮޑެއް ނުވާނެ.. އެކަމަކު އެއީ ފުރާވަރުގެ ކުދީން..
ކުޑަކުދީން ބަނޑުބޮޑެއް ނުވާނެ.. އެކަމަކު ފުރާވަރުގެ ކުދީން ބަނޑުބޮޑުވެދާނެ. ބާލުޣު ވާއިރައް އިންނާކަށެއް އިސްލާމް ދީނަކު މަޖުބޫރެއް ނުކުރޭ.. އެކަމަކު ބާލިޢު ވުމައްފަހު އެެއީ ކުޑަކުދީންނެއް ނޫން. އޭރުން އެއީ ހެޔޮ ނުބައި އަދި ހަރާމް ހަލާލު ދެނެގަނެވޭ ކުދީންނައް ވެފައި ތިބެންޖެހޭ ބަޔެއް. އެކަން އެހެން ނުވުމަކީ އެެއީ މައިންބަފައިން ކުއްވެރިވާނެ ކަމެއް. މިޒަމާނުގައި އަދި ބަޔަކު މީހުން ކުޑަކުއަޖަކައްވާނީ 21 އަހަރު ވީމައްވެސް ނިންމާފާނެ..އަދި ކީއްތަ މިހާރު އިންސާނާގެ ގުދުރަތުގެ އުސޫލުގެ ބޭރުން އެއްޖިންސުން ގުޅުން ހިންގައިކާވެނި ކުރުންވެސް ހަމަ މިބީދާއިން އެދަނީ "ހެޔޮ" ގޮތް ކަމައް ބުނަމުން. ފުރަގަސްފަރާތުން އަނބި ފިރިކަމުގެ ގުޅުން ހިންގުމާއި އެެއްޖިންސުން ފުރަގަސް ފަރާތް ބެނުން ކުރުމަކީ އެއީ އެދެވޭ ކަމެއްކަމައް ވެސް ބަޔަކު ގަބޫލު ކުރާއިރު އެފަދަ ދަރަޖައެއްގެ ތިބޭބަޔަކު ކުޑައް ކުއްޖަކައްވާނީ ހަމައެކަނި 18 އަހަރު ފުރުމުންނޭ ބުނާއަޑު އެހުމަކީ އެއީ ހައިރާން ކުރުވާކަމެއް ނޫން.
ކަލޯ، ކަލޭ މެން ކަހަލަ މީހުންނޭ ރޭޕް ކުރަނީ!
ކަލޯ، ކަލޭމެން ކަހަލަ މީހުންނާ ހެދި މި ޤައުމުގަ ފަސާދަ އުފެދެނީ
އަދަބު ނުދެންޏާ ކުއްކުރާ މިންވަރު އިތުރުވާނެ.
ޙެޔޮނުވާނެ ރޭޕް ކުޜީ އޭ ނުކިޔަ ތި އުމްރުގެ ކުދިން އުޅެނީ ބިޓުންނަގާގެން މައިން ބަފައިންގެ އިހިމަލުން ވަ ކަންތަކެ ކީޔަ މާރަންގަޅު ބައެއް ކުދިން ރޭޕްކޮއްގެނވެސް ޕްރެގް ވޭ އެކަް ގިނައީ މައިންބަފައިންގެ އިހުމަލް
އާން ހަމަ ތެދެއް. ރޭޕިސްޓުން ރޭޕް ކުރަނީ ވިކްޓިމް ގެ މައިން ބަފައިންނާ ހެދި. ލޮލް. އައި ކާންޓް ވިތް ޔޫ ޕީޕަލް...
ރޭޕްކުރަންޏާ އެވާހަކަ ދެކެވޭނެ. ދެކެވޭވަރު އަދި މާބޮޑަށްވެސް މަދީ. މިފަދަ ސީރިއަސް މައްސަލައެއްގެ ވާހަކަ ދައްކާއިރު އެހެން ކަންކަމާ ތި ހޭބަލިވަނީ ކަލެޔަށްފެ ކޯއްޗެއްތަ ލިބެނީ އާދަނާ؟
ތިޔަ މައްސަލަ ، ގާނޫނުގެ ބަޑޭރިގަޑާ އެތެރޭގަައި ހުރި ގަޑުތަ ކާ ދިމާ ނުވެގެން ތިޔަ މައްސަލަ މައްސަލައަ ކަށް ނުވެވެސް ހިގައިދާނެ.ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
އެއް ފުޅައް މަތިން ފުއްމާލި ބަކަރި...........
ބަކަރިއަށް ޗާންސް ދެެއްޏާ ވާނީއެހެން...
އޭތި މިހާރު މާލެ ސަރަހައްދު ދޫކްށްލީ ދޯ؟
ކީކޭ ބުނާނީ ދެން!!
ކޮބާ މައްސަލައަކީ. 0 ޓޮލަރެންސުގެ ދަށުން ރޭޕުކުރިމީހުން ދޫކޮށް އިދިކޮޅަށް އަޑުއުފުލި މީހުން ބަންދު ... ނިއު ނޯމަލްއާ އެކު ނިއު 0 ޓޮލަރެންސް ..... ޖަސްޓިކު އެސް އިޓްސް ބެސްޓް
މި ސަރުކާރަށް ރޭޕް ސަރުކާރޭ ކިޔަނީ ރޭޕްކުރާ މީހުން މިނިވަންކޮށް ދިނުމާއި ރޮޔަލް ފެމިލީގެ މީހަކު އެކަންކޮށްފިނަމަ ގާނޫނުން މަތީގައި އެމީހަކު ބެހެއްޓުމާއި ރޭޕް ކޭސްތަކަށް އަޅާނުލާތީ މުޅި ސަރުކާރުވަނީ ބޮއްސުން ލާފާ
ލާދީނީ ޑިމޮ ކްރަސީ ފައް ކާ ފައް ކާ ވާވަރަ ކައް މި ކަހަލަ ކަން ތައްފެންނާނެ.
ކުޑަކުދިން ބަނޑު ބޮޑުވޭތަ?
18 އަހަރު ނުވަންޔާ އެއީ ކުޑަކުދިން. ދޭ ޑޯންޓް ހޭވް ދަ މެންޓަލް ކެޕޭސިޓީ ޓު ކޮންސެންޓް.
ކިހިނެއް ވވ އަށް އިނގެނީ 18 އަހަރުވާއިރަށް މެންޓަލް ކެޕޭސިޓީ ހުންނަކަމެއް. އެކަން ހޯދި ގޮތެއް އަޅުގަނޑުމެންނަށްވެސް ކިޔާލަދިނުން އެދެން.
ތިޔަފަދަ އަމަލުހިނގާބައެއްގެ ފިރިހެން ހަށިކަންޑަނވީ އެހެނަސް ދެރަކަމަކީ ތިޔަ ދެކުދިންނާ ބެހުނީ ސިޔާސީގޮތުން ޕަވަފުލް ނޫން ރޮޔަލްފެމިލީއައް ނިސްބަތް ނުވާ މީހަކުނަމަ އެމީހާ އުލުބައިންދާނެ ޔަގީން
ސިދާތާ އިސްތިއުފާ
ސިދާތާ އިސްތިއުފާ
ބެލެނިވެރިންގެ އިހުމާލުން މިކަހަލަ ކަންކަމަށް ގިނަފަހަރަށް މިކަންކަން ހިނގަނީ، ކުދިންވެސް ހައްލާލަން ފަސޭހަވަނީ ތަރުބިއްޔަތު ކުރެވޭ ގޮތުން
މަޖްލިސުން މިމަސްއަލަތައް ނުބަލަންވީ އެއްވެސް ސަބަބެއްނެތް. ހަމަ ރޭޕްގެ 2 މަސްއަލަ ވިއްޔާ. ތަފާތެއް އޮތިއްޔާ އޮންނާނީ ސިޔާސީ ބޭފުޅަކާ ކައިރި ގުޅުމެއް އޮތުމާ ނެތުން.
މިސަރުކާރުފެށުނީ ކުޑަކުދިންނާ ބެހޭމީހުން ދޫކޮއްލާ ސަގާފަތަކުން މިސަރުކާރުން ފުރަތަމަ ދޫކޮއްލީ ކުޑަކުއްޖަކާ ބެހުނު ހޯރައިއްބެ ދޫކޮއްލުމުން ފެށުނުގޮތަކައްނިމޭނީވެސް
ބިރަކާ ނުލާ މަޖާ ކުރަނީ މުސްލިމް ދިވެހިންތަ؟ ގައިމު ހުކުރަށްދާނެ. މިދިޔަ ރޯދަ މަހު ރޯދަވެސް ހިފި. ކުދީން ކުޑަތަ؟
ކުޑަކުދީން ބަނޑުބޮޑެއް ނުވާނެ.. އެކަމަކު ފުރާވަރުގެ ކުދީން ބަނޑުބޮޑުވެދާނެ. ބާލުޣު ވާއިރައް އިންނާކަށެއް އިސްލާމް ދީނަކު މަޖުބޫރެއް ނުކުރޭ.. އެކަމަކު ބާލިޢު ވުމައްފަހު އެެއީ ކުޑަކުދީންނެއް ނޫން. އޭރުން އެއީ ހެޔޮ ނުބައި އަދި ހަރާމް ހަލާލު ދެނެގަނެވޭ ކުދީންނައް ވެފައި ތިބެންޖެހޭ ބަޔެއް. އެކަން އެހެން ނުވުމަކީ އެެއީ މައިންބަފައިން ކުއްވެރިވާނެ ކަމެއް. މިޒަމާނުގައި އަދި ބަޔަކު މީހުން ކުޑަކުއަޖަކައްވާނީ 21 އަހަރު ވީމައްވެސް ނިންމާފާނެ..އަދި ކީއްތަ މިހާރު އިންސާނާގެ ގުދުރަތުގެ އުސޫލުގެ ބޭރުން އެއްޖިންސުން ގުޅުން ހިންގައިކާވެނި ކުރުންވެސް ހަމަ މިބީދާއިން އެދަނީ "ހެޔޮ" ގޮތް ކަމައް ބުނަމުން. ފުރަގަސްފަރާތުން އަނބި ފިރިކަމުގެ ގުޅުން ހިންގުމާއި އެެއްޖިންސުން ފުރަގަސް ފަރާތް ބެނުން ކުރުމަކީ އެއީ އެދެވޭ ކަމެއްކަމައް ވެސް ބަޔަކު ގަބޫލު ކުރާއިރު އެފަދަ ދަރަޖައެއްގެ ތިބޭބަޔަކު ކުޑައް ކުއްޖަކައްވާނީ ހަމައެކަނި 18 އަހަރު ފުރުމުންނޭ ބުނާއަޑު އެހުމަކީ އެއީ ހައިރާން ކުރުވާކަމެއް ނޫން.
ރޯޔަލް ރޭޕް ފޯކަސް ބަދަލުކޮށްލަން މިއަށްވުރެއް ރަނގަޅު ހަބަރެއް ފުލުހުންނަށްވެސް އަދި ސަރުކާރަށްވެސް މިވަގުތު ލިބޭނެ ހެނެއް ހިއެއްނުވޭ!
މަޖިލިސް ރައީސްގެ މޮޅު ސުޓަންޓެއްކަމަށް ބެލެވެނީ !!! މީ ދިވެހީން ވަރަށް އަވަހަށް ކަންކަން ހަދާން ނެތޭނެ.
"ކުޑަ" ބޮޑެތި ކުދިން ބިރަކާނުލައި ބަލިވެއިނީމާ މައިންބަފައިން ކުށްވެރިވާ އުސޫލަކީ އިސްލާމްދީނާ ބީރަށްޓެހިކަމެއް. އެކަމަކީ މުޖުތަމައުގެ ތެރޭގައި ފާހިޝް އަމަލުތައް ގިނަވެފައިމެ، ހެދިގާނޫނުތައް އިސްލާމްދީނާ ފުށުއެރުމުގެ ނަތީޖާ. ވަކިއުމުރަކުން އިންސާނާއަށް އަންނަ ބަދަލުތަކާއި ބޭނުންވާ ކަންކަން ދެނެވޮޑިގަންނަވާ އިލާހުގެ ފަރާތުން މިފަދަ ފަސާދަތައް ނައްތާލާނޭ ގާނޫނެއް އައިސްފައިވިޔަސް އެއަށް އަމަލު ނުކޮށް "ރޭޕޭ" ކިތަންމެވަރަކަށް ގޮވިޔަސް ހައްލެއްނާންނާނެ.
ހުޅުމާލެ ރޭޕްގެ މައްސަލާގައި ކުއްވެރިވީ ސަފާރީ! މިފަހަރުވެސް ކުއްވެރިވާނީ ރޭޕްކުރިތަން.! އެމީހުން ކުއްވެރިއެއް ނުވާނެ!
މިފަހަރު ސިދާތާ އެއްނޫން ، ހޯރައިއްބެ މިނިވަންކުރި އިބޫސޯލިހު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ދޮގުހަބަރު ނުފަތުރާ.
އެއީ ރޭޕެއްނޫން. ކަމުގެ ޚަގީގަތް އޮޅުވާނުލާ. އެއީ ހަރުކަށި ފިކުރު މީހުންގެ ބައިގަޑެއް. ކޯޓުން ބޭރުން ކައިވެނިކުރީ. ބަލިވެއިނީމަ ޑޮކްޓަރަށް ދައްކަން ދިޔައީ. 18 ނުވާ ކުއްޖެއްވީމަ އެތަނުން ޖެންޑާއަށް މައްސަލަލީ. ޖެންޑާއިން ރޭޕްއޭ ކިޔަނީ. އެއީ އެމީހުންގެ ފިކުރު. 18 އ ވާންދެން ހުންނާކަށް ނުޖެހޭ ކަމަށް އެމީހުން އެެބުނަނީ.
ބަނޑުބޮޑު ވާނީ ބޮޑެތިމީހުން ބާލިޤްވުމަށް ފަހުވާނީ ބޮޑުމީހަކަށް
ސަފާރީގައި ހިންގައިލި ރޭޕް ނިމގެންދާނޭގޮތަކީ އެ ރޭޕަކީ އަންހެންމީހާ އެ ސަފާރީ ރޭޕްކޮށްލީކަމުގަވެ މައްސަލަ ނިންމުން. ބަލްން ތިބެބަލަ
ޙިތާމަހުރ?