ނަމާދުގެ ރަކުއަތުގެ މަދުކުރުމާ ގުޅޭ ޓުވީޓެއް ކުރައްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއް ކަމަށް ބުނެ، މީސްމީޑިއާގައި ސްކްރީންޝޮޓެއް ވަނީ ދައުރުވެފައެވެ. ސްކްރީންޝޮޓްގައި ބުނެފައި ވަނީ "ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދުކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ" ކަމަށެވެ. އަދި "އެއްވެސް ނަމާދެއް ހަތް މިނިޓަށް ވުރެ ދިގު ނުވާނެ" ހެން ކުރުން މިވަގުތަށް މުހިންމު ކަމަށް ވެސް އެ ސްކްރީންޝޮޓްގައިވެއެވެ.
އެ ސްކްރީންޝޮޓް އާންމުވުމާ އެކީގައި ނަޝީދަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް މީސް މީޑިއާގައި އަމާޒުވިއެވެ. ބައެއް މީހުން ސިފަ ކުރި ގޮތުގައި ނަޝީދަކީ އިސްލާމް ދީނަށް ޖޯކު ޖަހައި، ހަޖޫ ޖަހާ ބޭފުޅެކެވެ. އެމަނިކުފާނާ ދޭތެރޭގައި ފިޔަވަޅު އަޅަން ވެސް ބައެއް މީހުން ގޮވާލިއެވެ.
އެކަމަކު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ އެއީ އެމަނިކުފާނު ކުރެއްވި ޓުވީޓެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Mi ee alhugandu koffava tweet eh noon. Mikan belumah kamaibehey faraiythakah miadhu husha alhaanan. pic.twitter.com/79HODBYVel
— Mohamed Nasheed (@MohamedNasheed) July 2, 2020
"މިއީ އަޅުގަނޑު ކުރި ޓުވީޓެއް ނޫން. މިކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ހުށަހަޅާނަން،" ނަޝީދު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދީފައިވާ އިރު، އިއްޔެގެ މަޣްރިބް ނަމާދުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
ނަމަވެސް އެއްވެސް ނަމާދެއް ހަތް މިނިޓަށް ވުރެ ދިގު ނުކުރުމަށާއި ކުރު ސޫރަތްތައް ކިޔެވުމާއި ބަންގިއަށްފަހު ފަސް މިނިޓު ތެރޭގައި ގަމަތްދީ ނަމާދު ފެށުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ.
ވެރިކަމުން އިސްތިއުފާދިނީ ބޮލުގައި ބަޑިޖެއްސުމުންނޭ ބުނީކާކުތަ؟ ފަހުންބުނީ އެހެންނުބުނަމޯ. ނަހަދާނެ ތެދެއް. ހިތުން މޮޅު އެއްޗެއް ތިބުނެވުނީ. ކިތައްމެ ބޭނުންވިޔަސް އެކަމެއްނުވަނެ. ހަނދާން ނައްތާލާ. މަޖްލިހަށް ނަމާދުގެ ރަކުއަތް މަދުކުރަން ގާރާރެއް ހުށަހަޅަން ފެނޭ. އިސްލާމިކް މިނިސްޓަރާއި އިމްރާނުގެ އެއްބާރުލުން ރަނުންރަނަށް ލިބޭނެ.
ކޮ ންމެ ކަމެއްވެސް މިކުރަ ނީ ފުރަތަމަ ރައްޔިތު ންގެ ވިސް ނު ން ހު ން ނާ ނެ ގޮތް ބަލަ ން، ރައްޔިތު ން ކެކިއަރައި ގަތީމަ މާ ނޫ ންކަމަށް ހެދެ ނީ، ބޭ ނުމަކީ ހިތު ން ރާއްޖޭގެ ރައްޔިތު ން އިސްލާމް ދީ ނާއި ދުރުކުރު ން.
މިކަލޭގެ ވެރިކަމުންފޭބީ އިސްތިއުފާދީފަ އެކަމަކު ފަހުން ބުނީ ބަޑިޖެއްސީ ކަމަށް އޭގެ ފަހުގަ މުޅިގައުމުގަ އަލިފާންވެސް ޖެހީ މިއީ މިކަލޭގެ ނުކުރާކަމަކަށް ނުވާނެ .
ދުވާލަށް ކަލޭ ،މީ، ދުވާލޭ ބުންޔަސް އަހަރެމެން ގަބޫލެއް ނުކުރާނަން
ކަލޭ އެ ޓުވީޓުކޮއްފަ ޑިލީޓުކޮއްލީ. ސާއްލަ.
ތިވާނީ ތީބޭޙުޅާ ހޭބަލިފުޅުވެ އެއްޗެއްބޮވިފައި ހުންނެވި ވަގުތަކު ކުރެވިފައިވާ ޓުވީޓަކަށް...
ކަލޭ ނޫނެކޭ ބުނެފިއްޔާ އެއީ އެކަން ތިމަންނަ ކުރީ މޭ ބުނުން . ދަންނަ ނަޝީދެއް ތީ
އެލެކްސް އެކައުންޓުން ކުރަން އުޅެނިކޮށް ކުރެވުނީ ދޯ... ވާނެ ވާނެ..
އޭނާ ގާތު އަހާ ބަލަ ޓްވިޓަރ ދެން އޮތް ބައި ލިޔުނީ ކާކުތޯ؟
މަ ހިތް ސާފު?