ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާ ހުކުރު ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ނިންމާފައި ވަނީ، މާލެ ހުޅުމާލެ އަދި ވިލި މާލޭގެ މިސްކިތްތަކުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ޕީއެސްއެމްގައި ވާހަކަދައްކަވަމުން، އިސްލާމިކް މިނިސްޓްރީގެ ނާއިބު، ޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވީ، އެ ނިންމުން ނިންމާފައި ވަނީ، އެޗްޕީއޭ އާއި އިލުމުގެ މަޖިލީހާއި އެކު މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

"ކޮމިޓީގައި މަޝްވަރާކުރެވި ނިންމާފައި މިއޮތީ، މާދަމާގެ ހުކުރު ނަމާދު ނުކުރާ ގޮތަށް. ޖަމާއަތުގައި ހުކުރު ނަމާދެއް ނުކުރާނެ އެހެން ނަމަވެސް، މެންދުރު ނަމާދުގެ ޖަމާއަތް ކުރިއަށް ދާނެ." ޝައިޚް ނަސްރުﷲ އަލީ ވިދާޅުވިއެވެ.

ޝައިޚް ނަސްރުﷲ ވިދާޅުވީ، މާދަމާގެ ހުކުރުގެ ޖަމާއަތް ނުބޭއްވުމަށް ނިންމީ ހުކުރުނަމާދުގެ ޖަމާއަތަކީ އެތައްހާސް ބަޔަކު ބައިވެރިވާ ޖަމާއަތުގެ ނަމާދެއް ކަމަށް ވުމާއި، ހުކުރު ނަމާދުގެ ޖަމާއަތުގައި ގިނަ ވަގުތުތަކެއް ހޭދަވެގެން ދާނެތީ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރީ މާޗް 18 އިން ފެށިގެންނެވެ. ފަހުން ޖޫން 14 ވަނަ ދުވަހު މިސްކިތްތަކަށް ގޮސް ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ. އޭރުގައި ވެސް ޖަމާއަތުގައި ނަމާދުކުރުން އޮތީ މަނާކޮށްފައެވެ.

މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުމަަށް ހުއްދަ ދީފައި ވަނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ށާރިފް

  ނަޝީދުގެ ބަސްއަހާތި

  23
  1
 2. ޑރ

  މީ ދިވެހިންނަށް ކޮށްލި މަލާމާތެއް... ހުކުރު ނަމާދަށް އެކަނި ޖަމާއަތް ފެންނަތީ... މިބުނީ މަވެސް ލައިގެން

  19
  1
 3. ދުންތަރި

  މިސްކިއްތައް ބަންދުކޮށް ފައްޅިތަކަށްހަދާލަ އެއީ ލާދީނީ އެމްޑިޕީގެ މުޖުރިމުން ބޭނުންވާ ގޮތަކީ ﷲ ގެ ގެކޮޅުތަކުގަ އެކަލާންގެއަށް އަޅުކަންކޮށްގެން މުސްލިމުންނަކަށް މުސީބާތެއް އެކަލާންގެ ނުޖައްސަވާނެ ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މީކަން އޮތް ގޮތްކަމަށް ޤަބޫލްކުރެވޭ ގޮތަކީ ބޭނުންވަނީ ﷲ ގެ އަޅުތަކުން އެކަލާންގެއާ ކުއްތަންވުމަށް ހުރައް އެޅުން މީ މި ލާދީނީ ސަރުކާރުގެ ސިޔާސަތަކީ

  36
  1
 4. ނަައީމް

  މިދުވަސްވެސް ދިރިތިބީންނަށް އިބުރަތަކަށް ވާނެ ހުރިހާމީހުންވެސް ބޭނުންވަނީ ހުކުރުުކުރަން މިއަދު ސޮކޫލް ސަރަހައްދަށް އެއްވި މީގެ މިސްކިތަކަށް އަރާވަރަށްވުރެ މާގިނަމީހުން 30 މިނެޓަށްވުރެ ގިނަ އިރުވި މިއަދު އޮތީވެސް އަހުލުވެރިކުރުވުމޭކިޔާފާ ބެލެނިވެރިންވެސް މަޑުކުރުވާފަ ހެއްވާކަމެއްނު އަންނި ބުނެފިއްޔާ މިމީހުން ...............

  23
  3
 5. ބދބނ

  ވަރިހަމަދޯ މުޅިމާލެތެރޭ ކިތަންމެ ބައިބޯވެގެން ކިތަންމެ ގިނައިރަކު އުޅުނަސް ހަމަ އޯކޭ. ހުކުރު ނަމާދު ޖަމާޢަތުގައި ނުކުރެވޭނި ބޯހަލާކު

  12
 6. ޢަލިބެ

  މިސްކިތުގައި ހުކުރުނަމާދުގެ ޖަމާޢަތް ނުބާއްވަން ތިޔަނިންމީ ވަކިބަޔަކުއެދިގެން ކަމަށް ބުނާއިރު އެހެން ކަންކަން ކުރަން ހުއްދަމިދެނީ ކިހިނެއްބާ؟ ކުރިޔަށް އޮތްތާނގައި ނަމާދު ގޭގައި ކުރާގޮތަށް އަންގައި މިސްކިތްތައް އެހެންކަމަކަށް ބޭނުންކުރަން ފަށަންވީނު. އެގޮތަށްވެސް މިހާރު ހަދާފާނެ. އިސްލާމްދީނަށް ހާދަ ނުރުހޭބަޔެކޭދޯމީ.

 7. މި

  މީ ދެން ކިހާ ދެރަވެއްޖެކަމެއް...
  ކޮންދުވަސް ވަރެއްގަތަ ރޯގާފެތުރުގެން ނޭ ކިޔާފަ މިސްކިތްތައް ބަންދުކޮއް ... އަދި ޖަމާއަތުގަ ނަމާދު ކުރުން ބަންދުކުރީ...
  ޜަސޫލާ ޞައްލަﷲ އަލައިހި ވަސަލަމް ގެ ދުވަސް ވަރާއި ސަހާބީންގެ ދުވަސް ވަރު ގާންގާން އަރާ ނުރައްކާތެރި ރޯގާ ނުފެތުރެނީތައް... އެދުވަސް ވަރު މިސްކިތްތައް ބަންދު ނުކުރީ...
  ..
  (އެދުވަސް ވަރުގާވެސް އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުނު .. އެކަމަކު މިސްކިތްތައް ބަންދުކުރާސާ ޖަމާ ބަންދުކުރާސާ ހުކުރު ނުކުރަން އަމުރެއް ނުކުރޭ އަދި އަމުދުން އެކަހަލަ އިރުސާދެއްވެސް ދީފައެއް ނުވޭ...
  ..
  (ޢިރުސާދު ދެއްވާފާ ވަނީ އެބަޔަކު ތިބި ރަށަކު ނުވަތަ ސަރަހަތްދަކު އެބަޔަކު ތިބުމައް..
  ..
  .. ގާންގައައް އަރާ ނުރައްކާތެރި ބަލިމަޑުކަމެއް ޢެރަށުގާ ފެތުރޭނަމަ އެރަށުގާ އެބަޔަކު ތިބުމައް އެހެން ރައްރަށައް ނުދިއުމައް.. އަދި އެހެން ރަށަކު ފެތުރޭނަމަ އެރަށައް ނުދިއުމައް..)

 8. ދެރަކަމެންނު

  މެންދުރު ނަމާދު ޖަމާއަތަށް އެއްވަނީވެސ ހަމަ މީހުން ހުކުރު ދުވަހު ހުކުރުނަމާދުނުކޮށް މެންދުރުނަމާދު ޖަމާއަތުގައި ކުރުން ރަނގަޅުދޯ
  ސައުދީގަ ދުރު ދުރުގާ ތިބެ ސަފުހެދހުން ހުއްދަވާއިރުވެސް މިދހިވެހިރާއްޖޭގަ ހުއްދައެއްނުވޭ
  މިއޮތީވާ އިލްމުވެރިނގެ މަޖިލީހެއް ތިޔަ މަޖިލީހުގަ ތިބެނީ އަޅެކޮނބައެއްތަ

 9. ހަސަދު

  ކޮވިޑަށް ވެކްސިނެއް ލިބެންދެން ހުކުރު ނޮކޮށް ތިބެންވީތ؟. ވެކްސިނެއް އަވަހަކަސް ނުލިބޭނެ. އަދި ދުނިޔެއިން ބަލ ފިލާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.

 10. ޙަސަނާ

  ދިވެހިންނައް ދެވުނު މެޖޮރެޓީ އާ އެކު އާއިލީ ބާރުގެދަށައް މަޖުލިސް ގެނެސް ދުނިޔެ އެއް ރާއްޖެ އެއް ނުހުޓުވޭނޭ ކިއާފަ ލިބުނު ފުރުސަތުގަ ބާރުއެޅީ މިސްކިތްތައް ބަންދުކުރަން މިސްކިތްތައްބަންދުކޮއް ދަޑިވަލުބަލާފަ ދީނާ ދެކޮޅު އެޖެންޑާ ގެ ސުޕީޑު ބާރުކޮއް ހަރަކާތްތައް ބޮޑުތަނުން ކުރިއައްޖައްސާ ފުލުހުންގެ ހުވާގަ ވެސް އިސްލާމް ދީނައްވުރެ އިންސާނީ ހައްގު ކުރިއައްނެރެ އޮ
  ލުވާލުމެއް އޮޅުވާލަނީ...

 11. އަރީ

  ތީތިކަޑައޭ... އެހެންކަމެއް ނުވިޔަސް ހުކުރު ކުރެވޭގޮތް ހަދައިދީ.. ނޫނީ އިސްލާމިކް މިނިސްޓަރ އިސްތިއުފާދީ

 12. އަޙްމަދު

  ރެސްޓޯރެންޓްތަށް ހުޅުވާފައި ކޮންމެ ޙާލެއްގައި އެމީހުން ތިބިޔަސް އޯކޭ! ނަމާދު އެއީ މައްސަލައެއް! ހުކުރު ކޮށްގެން ލާރި ނުލިބޭނެދޯ!!!!!!!!!!!!!!!!!! ބަލަ މޮޔައިންނޭވެ! އެއަޅުކަމުން ލިބޭލާރި ގޮނާ ޢަދަދު ވެސް ނުކުރެވޭނެ! ނަމަވެސް ފެންނާނީ އިޙްލާސްތެރި ކަމާއެކު އެކަން ކުރާބަޔަކަށް!