ބ.އަތޮޅު ބޮޑުފިނޮޅުގައި ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތް ކުރަން ސިފައިންނާއި ފުލުހުން މާލެއިން އެރަށަށް ދިއުމަށް ފުރައިފިއެވެ.

ފުލުހުންނާއި ސިފައިންގެ ފައުޖެއް ބޮޑުފިނޮޅަށް ދާން މާލެއިން ފުރާފައި މިވަނީ، ތުޅާދޫ އިން ފުރައިގެން ބޮޑުފިނޮޅަށް އެރުމަށް ފުލުހުން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވަނިކޮށެވެ. މަޢުލޫމާތު ލިބޭގޮތުން ފުލުހުން ދެފަހަރެއްގެ މަތިންވެސް އެރަށަށް އަރަން ކުރި މަސައްކަތް ނާކާމިޔާބު ވިއިރު، ތުޅާދޫން ދިޔަ ފުލުހުން ތިބީ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެއެވެ.

މާލެއިން ފުރުމަށް ފުލުހުން ތައްޔާރުވަނީ - ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

މިރޭ ބޮޑު ފިނޮޅަށްދާން ފުލުހުން ފުރާފައި ވަނީ މާލެއިންނެވެ. އަދި ސިފައިންގެ ފައުޖު ފުރާފައި ވަނީ ހުޅުމާލެއިންނެވެ. މީގެ އިތުރުންވެސް އިތުރު ސިފައިން މާލެއިން ފުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސިފައިން ބޮޑުފިނޮޅަށް ދިއުމަށް ތައްޔާރުވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ދެ އިދާރާއިން ވެސް އެރަށުގައި ތިބި ދިވެހިން ސަލާމަތްކުރުމަށް މިހާރު ދަތުރު ފަށާފައި ވަނީ ތައްޔާރީ ހާލަތުގައެވެ.

ބޮޑުފިނޮޅުގައި ދިވެހިން ރަހީނުކުރި މައްސަލަ ފެންމަތިވުމާއި ގުޅިގެން ތުޅާދޫން ފުރައިގެން އެރަށަށް އަރަން އުޅުނު ފުލުހުންނަށް ރަށުގައި ތިބި ބިދޭސީން ވަނީ ހަމަލާވެސް ދީފައެވެ. މިގޮތުން ފުލުހުން ދަތުރުކުރި ދޯންޏާއި ދިމާލަށް ބިދޭސީން ވަނީ ވަރަށް ގިނައިން ގާއުކާފައެވެ.

މި ހާދިސާގައި ދޯނީގައި ތިބި ބައެއް ފުލުހުންނަށް އަނިޔާވެސް ވެފައި ވެއެވެ. އަދި ދޯނީގެ ބިއްލޫރި ދޮރުތައް ތަޅައިގެން ގޮސް، ދޯންޏަށް ވެސް ގެއްލުންތައް ވެފައި ވެއެވެ.

ބޮޑުފިނޮޅުގެ ބަނދަރުމަތީގައި ތިބި ބިދޭސީންގެ އަތުގައި ތޫނު ކޮށްފައި ހުރި ދަގަނޑު ވެސް އެބަހުއްޓެވެ. އެމީހުން ވަނީ ފުލުހުން ތިބި ދޯންޏާއި ދިމާއަށް ގަލާއި ތޫނު ކޮށްފައިވާ ދަގަނޑު ވެސް އުކާފައެވެ.

ބޮޑުފިނޮޅަށް ނޭރިގެން ތުޅާދުއަށް އެނބުރި ދިޔަ މަގުމަތީގައި ބޮޑުފިނޮޅު ކައިރިން މޫދު ތެރޭގައި އޮތް ދިވެއްސަކު ފުލުހުންގެ ދޯންޏަށް ނެގިއެވެ. އޭނާ އަކީ ބިދޭސީންގެ އަތްދަށުން ސަލާމަތް ވެގެން މޫދަށް އެރި އޮތް މީހެކެވެ.

ބޮޑުފިނޮޅުގައި ރަހީނުކޮށްފައި ތިބީ ސީދާ ކިތައް ދިވެހިން ކަމެއް އަދި ސާފެއް ނުވެއެވެ. އެރަށުގައި 200 އެއްހާ ބިދޭސީން މަސައްކަތްކުރާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަޖަމް

    ޜާކޭސްއަރުވާލާތި

    6
    1
    • ސިސްސިލާ

      އަލީ ރިޒާ ރާކޭސް އަރުވާލަންޖެހެނީ ފުރަތަމަވެސް. ހަޖަމް ކަލޭ އަށް މުސާރަނުދީ 3 މަސް މުސާރަ ނުލިބި އަނބި ދަރިންނައް ކާންނުދެވި އުޅުނު އިރު ބުނި ވާހަކަ ތިޔަގޮވާލި. ކަލޭ މޮޔަނުގޮވާ އަލީ ރިޒާ ޒިންމާ ވާންޖެހޭނެ 7 މަސް މުސާރަނުދީ އެހެން ބަޔަކު ގަންނުވަ މަސައްކަތް ކުރުވީމަ

      7
      1
  2. ތުނިޔަ

    މާލެއިން ފުރައިގެން ކަނޑުމަގުން އެރަށަށް ފުލުހުންނަށް ދެވޭނީ ކިހާއިރަކުންތޯ ވަގުތު ނޫހުން ސާފުކޮށްދީބަލަ!

    5
    1
  3. އަހަރެން

    ބަންގާޅީން ރޭޕް ކުރަންބާ .. ހެހެ

    2
    4
  4. ސަނާހް

    އަހަރެން ބަންގާޅުންގެ ބައި

    6
    10
    • ސަނާހް ގެ ބޯ

      ބަލަ ކަލޭ ތީ ބަންގާޅީ އެއް ދޯ..ކޮން ބަންގާޅުންގެ ބައި އެއް ކިޔާކަށް.. ކަލޭ ކަހަލަ އެތަށް ދިވެހިން ނެކޭ އެ މީހުން އެ ރަހީނު ކޮށްގެން އެ އުޅެނީ...... :@

  5. ޥެޓެރެންސް

    "ގޯ އިން ބިގް ގޯ ޓު ވިން" މައި ބްރޯސް.

    5
    1
  6. ބޯކިބާ

    ދެން އެންމެ އަވަހަށް ބަލަންވީ ތިޔަ ރަށްހަދާ މީހުނަށް ހުރިހާ ޓެކުހެއް މާފުކުރެވޭނެގޮތެއް އޮތްތޯ.

  7. ޢަލިއާ

    މަޖްލިސްގެ ފޯސް އެއް އެކޮޅަށް ނުދޭބާ! މައްސަލަ އާއި ވަކި ހިސާބަކުން ހަވާލުވާ ބައެއް ވީމަ، 10 ވަރަކަށް ޕެއަރ ހަދާފަ ފޮނުވަން އެބަޖެހޭ..