ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާއްލު ބެއްލެވުމަށް އެ ރައްޔިތުން ދިރިއުޅޭ ގެތަކަށް ޒިޔާރަތް ކުރަން ފައްޓަވާފައިވާއިރު، އިއްޔެ ހެންވޭރުގައި ދިރިއުޅޭ ބައެއް ރައްޔިތުންނާ އެކަމަނާ ބައްދަލުކުރައްވައިފިއެވެ.

މިއީ މެޑަމް ފާތުން ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ކުރައްވާ ޒިޔާރަތެކެވެ. އިއްޔެ މެންދުރު ފަހު މެޑަމް ފާތުން ވަނީ ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކޮށް ހާލު އޮޅުންފިލުއްވާފައެވެ.

އިއްޔެގެ ޒިޔާރަތުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނަށް ޞަދަގާތު ފައުންޑޭޝަންގެ ފަރާތުން ހަދިޔާވެސް ވަނީ ދެއްވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން މެޑަމް ފާތުން މާލޭގެ ހުރިހާ ހިސާބަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މެޑަމް ކުރިއަށް ގެންދާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން އަތޮޅު ތަކަށް ކުރައްވާ ޒިޔާރަތްތަކުގެ އިތުރުން މާލޭގައިވެސް އެ މަސައްކަތް ފަށައި އެންމެ ފުރަތަމަ، މިދިޔަ ހޯމަ ދުވަހު ވަޑައިގަތީ މައްޗަންގޮޅީގެ ބައެއް ގެތަކަށެވެ.

މާލޭގެ ގެތަކަށް ޒިޔާރަތް ކުރައްވަން މެޑަމް ފާތުން ފައްޓަވާފައިވާއިރު އެކަމަނާ މިދިޔަ ހަފްތާގައި ވަނީ ފުވައްމުލަކު ސިޓީ އަށް ވެސް ވަޑައިގެންފައެވެ. އަދި އެ ސިޓީގައި މިދިޔަ ހުކުރު ދުވަހު ވަނީ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް ވެސް ބާއްވާފައެވެ.

މީގެއިތުރުން ތ.އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ދާދިފަހުން މެޑަމް ފާތުން ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ފާވާން

  ކޮބާ މިފަހަރު މެޑަމް ގެ ފައިވާން ވަދު ކަޑާގެން ދިޔައީ ތަ ؟

 2. ބޮކި ބޮކި ބޮކި

  ތީހަމަ ދެއްކުން !

 3. ސޭޑޫ

  ކޮނތާކު!!!! ނުވެސް އާދޭ!! މަ އުޅެނީ އެތާ ގައިމު!!!!!! ފޭކު ހެދީ!

 4. ލޮލީދިޔާނާ

  ކޫލް ސަޅި މެޑަމްއެއް

 5. ރީޒަން

  މެޑަމް ފާތުން ހެންވޭރުގެ ގެތަކަށް ޒިޔާރަތް ކުރައްވައި ހާލު ބައްލަވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިރާއްޖޭގެ ތާރީޚް ވެސް ނުދެކޭ ފަދަ ފަސްޓް ލޭޑީ އެކޭ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް ގެ އަނބި ކަނަބަލުން ނަކީ ޕްރައިމަރީން ފެށިގެން ދެ ގޮތެއް ނުވެ ވަރު ބަލި ކަމެއް ނެތި މިހާރު ވެސް ބެކް ބޯން ގައި ބްރޯ ގޮއްވާލި ބޮމުގެ ސަބަބުން ރެނދު އަޅާފައި ހުއްޓާވެސް ހިންމަތާއި މިންނަތާއި އެކު މަސައްކަތް ކޮށްގެން މަމެންގެ ވެރިކަން ދިފާއު ކޮށްދޭން ނިކުމެ ހުންނަ ކަމީ އެއީ މަމެންނަށް އުފާވެރިކަން ލިބިގެން ދާނެ ކަމެކޭ އެއީ މަމެންގެ ހިތުގެ ވިންދޭ. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަަން އިޒް ދެއަަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ..

 6. އަލީ

  މަމެން، ތަމެން ކިޔައިގެން ތިލިޔާ ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލާލުނަ ރަގަޅު

 7. އެވްރީ

  މެޑަމް ފާތުން ހެންވޭރުގެ ގެތަކަށް ޒިޔާރަތް ކުރައްވައި ހާލު ބައްލަވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކޮށް އެކަމާއި ފަޚްރުވެރި ވާ ކަމެކޭ. މަމެން ޕިންކީން މިރާއްޖޭގައި މިކުރާ ކަމަކީ އެއީ ދިވެހިރާއްޖެ މިކިޔާ ގައުމުގައި އުޅޭ މީހުން ނަށް ޓަކައި ކޮށްދޭ ހަމަ އެކަނި ޖެންޓުލްމެން ސްޓައިލްޑް ވެރިކަމޭ ވެރިކަމޭ މަމެންގެ ވެރިކަމާއި އެމެރިކާ އަށް ވެސް އަދި އަލިފުދާލަށް ވެސް ނުކުޅެވޭނެ ކަން މަމެން އޮންނާނީ އެމެންނަށް ބުނެދީފައޭ އެމެން ކުރިމަތީގައި އެމެން ނަށް ބޯން ދީގެން. މަމެން ޕިންކީންގެ ވެރިކަން ދަމަހައްޓާ އަދި ކާމިޔާބު ކުރެވޭތޯ މަމެންގެ ފަސްޓް ލޭޑީ ކުރާ ބުރަ މަސައްކަތް އެއީ މަމެން ހަމަ ބަލައިގަންނަ ކަމެކޭ މަމެން ބޭނުންވަނީ ދުވާލަކު 18 ގަޑިއިރު ބުރަ ކޮށް މަސައްކަތް ކުރާ ފަސްޓް ލޭޑީ އެކޭ މަމެން ޕިންކީންގެ ވެރިކަމުގައި އެކަމުގެ ޝަރުތު އެބަފުރިހަމަވެއޭ މަމެންގެ ފަސްޓް ލޭޑީގެ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް މަމެންގެ ވެރިކަން ވައްޓާވެސް ނުލެވޭނެ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް މަގާމުން ދުރުކޮށްގެން ތަމެން ނަށް ކުޅަދާނަ އެއް ނޫން މިރާއްޖޭގައި ރިޔާސީ އިންތިޚާބެއް ބާއްވަން ވެސް އެހެން ވެއްޖެނަމަ ދިވެހިރާއްޖެ މިކިޔާ ތަނުގައި އޮންނާނީ މުޅިން ވެސް ކަނޑޭ މަމެން ޕިންކީންގެ ވެރިކަން ވައްޓާލަން ކުޅަދާނަ އެއް ނޫނޭ އެމެރިކާ އަށް ވެސް އަދި ޔޫކޭ އަށް ވެސް ހަމަ މަހަށް ދާން ޖެހޭނީ މަހަށް މަހަށް މަހަށް ދާން ޖެހޭނީ ރަންރީނދޫ ޓްވިޓަރޭ ތަމެން މަހަށް ދޭބަލަ ދެން. އެވްރީ ސިންގަލް ޑޭ އެވްރީ ވޯރޑް ޔޫ ސޭ އެވްރީ ގޭމް ޔޫ ޕްލޭ އެވްރީ ވެލިއު ޔޫ ބްރޭކް އެވްރީ ބޮންޑް ޔޫ ބްރޭކް ެެއެވްރީ ސްޓެޕް ޔޫ ޓޭކް ވީ ވިލް ބީ ވޮޗިންގް ޔޫ ވޮޗިންގް ޔޫ ވޮޗިންގް ޔޫ އޯއް ކާންޓް ޔޫ ސީ އޯއް ކާންޓް ޔޫ ސީ ކީޕް ލުކިންގް އެޓް އިޓް ލުކް އެރަައުންޑް ޔޫ ބޭބީ ބޭބީ ޕްލީޒް ޕްލޭ ދަ ބޭސް ގިޓަރ އެން ކީޕް ޑާންސިންގް އޮން ދަ ސްޓޭޖް ވިދް ގިޓަރ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ އޯއް ކާންޓް ޔޫ ސީ ޔޫ ކާންޓް ބީޓް އަސް..

 8. އަހުމަދު

  މީސްތަކުންނޭ މިފަހަރު މެޑަން އޭނދީ ފައިވާން ބާލައިގެން. އެ ގޭ މީހުން އަރައިގެން. ކީކޭބާ ދެން ކިޔާނީ.

 9. ޟރ

  ސިލެކްޓެޑް ހައުސް ތަކަށް އެކަނި