ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ފެށި ހިޔާ މަޝްރޫ ތާށިވެފައި ނެތް ކަމަށާއި ފެލްޓް ލިބޭ މީހުންގެ ލިސްޓު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިއުލާންކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހިޔާ މަޝްރޫއަށް 25،000 އަށް ވުރެން ގިނަ މީހުން ފޯމުލާފައިވާ ކަމަށާއި، އޭގެތެރެއިން 21،000 ފޯމު ފްލެޓް ކޮމިޓީން ދިރާސާކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކުރީގެ ސަރުކާރުން ފްލެޓް ލިބުނު ކަމުގެ ލިޔުން ދިންނަމަވެސް، މިހާރު ހިޔާ ފްލެތަށް އެދި ލީ ފޯމުތައް ވަކިވަކިން ޗެކްކުރުމަށް ފަހު މުޅިން އާ ލިސްޓެއް ދަނީ އެކުލަވާލަމުންނެވެ.

އެއީ މުޅިން އާ އިވަލުއޭޝަންއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ފުރަތަމަކަމަށް ސަރުކާރު ތާށިވެފަކައެއް ނުވެ. ޕްރޮޖެކްޓް ލަސް ހުރި ތާށްޓެއްގައި އިނީ. ޕްރޮޖެކްޓް ނިންމަން އިންއިރުވެސް ޕްރޮޖެކްޓް ނުނިމި ހުރި މަސައްކަތްތައް ވެސް ކުރަމުން އައީ. ފުރަތަމަކަށް މި ދައުލަތް ދެމި އޮވެ ކުރީ ސަރުކާރުތަކުން ފަށާފައިވާ ކަންތައްތައް ދެން އޮންނަ ސަރުކާރަކުން ކުރިއަށް ގެންދާނެ." އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރުމަށް މިހާރު ގޭގެއަށް ކޮމިޓީއިން ޒިޔާރަތް ކުރަމުންދާއިރު އެ މަސައްކަތުގެ 40 އިންސައްތަ ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ދޮރު ހަރުކޮށް ޓައިލްސް ޖަހާ ބޮކި ހަރުކުރުމަށް ފަހު ތަންތަން ހަވާލުކުރުމުގެ ވިސްނުން ގެންގުޅުނު ކަމަށާއި، އެއީ އޮރިޖިނަލީ ކޮންޓްރެކްޓުގައި އޮތް ގޮތް ނޫން ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ އަގު ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހިފަހައްޓަވާނެ ކަމަށެވެ. ފިނިޝިން އާއި ނުލާ ވެސް 11،000ރ. އަށް ހިޔާ ފްލެޓުތައް އަރާ ކަމަށް ބުނި ކަމުގައި ވިޔަސް، އެއީ ފްލެޓުތައް ލިބޭ މީހުން ދައްކަނ ްޖެހޭ އަގު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހާލުފޮޅި

    ސެޕްޓެންބަރުގަ އިއުލާނު ކުރަންޏާ ތަން ހުންނަން ޖެހޭނީ ދޮރާ ދޮރުފަތާ މުއްޓާއި އެކު.. އެތައް އަހަރެއް ފަހުން 4 ފާރު ހަވާލު ނުކުރިޔަސް ހެޔޮ.. ފުލެޓުތަށް ބަނޑުދަށަށް ލައިގެން އޮވެބަލަ.. ވެރިކަމުގެ 5 އަހަރު ނިމޭއިރުވެސް ހަދާ ނިންމާފަހުރި ތަނެއް ހަވާލުނުކުރެވުނު ބަޔަކަށް އެއްކަމެއްވެސް ވާނެތަ...

    16
  2. އެމަންޖެ

    ''އަދި ސަރުކާރުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ދޮރު ހަރުކޮށް ޓައިލްސް ޖަހާ ބޮކި ހަރުކުރުމަށް ފަހު ތަންތަން ހަވާލުކުރުމުގެ ވިސްނުން ގެންގުޅުނު ކަމަށާއި، އެއީ އޮރިޖިނަލީ ކޮންޓްރެކްޓުގައި އޮތް ގޮތް ނޫން ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ'' ކަލޭމެން ވެރިކަމައް އަރާ ކަންކަން ކުރަމުން ތިޔަދަނީ އޮރިޖިނަލީ ބުފަ އޮތްގޮތައް ނޫނޭ، އަދި މިވީހާތަނައް ކަލޭމެނައް ވިކަމެއްވެސް ކޮއްދެވުން ކަމެއްވެސް ހަރާމް.

    19
  3. ނިކަމެތި

    އަސްލަމޫ އަސްލަމުއައް ކިހާވަރެއް ލިބޭތަ ދޮގުހަދާ އޮޅުވައިލައިގެން މަށައް ހަމަ ޔަގީން މުސާރަޔައްވުރެ ބޮޑުއެއްޗެއް ލިބޭނެކަން.

    11
  4. އަންނި

    ހިޔާ ފުލެޓުތައް ދޭނީ އަހަރެމެން ބޭނުން ބަޔަކައް ، މިވެރި ކަމުގަ އަހަރެމެން ބޭނުން ގޮތެއް ހަމަ ހަދާލާނީ.

    2
    11
    • ލޮލް

      ނުހެދޭނެ.. ބޭނުންހާ ގޮތެއް ހެދޭ ބައެއްނަމަ އިސްތިއުފާ ދީފަ ފައިބައިގެން ނުދިޔައީސް.. ލޮލް

    • ޚާން

      ﷲ ވޮޑިގެންވާކަން ހަނދާން ނެތިގެން ނޫޅެބަލަ.. ނިކަމެތިންގެ ދުއާވެސް އެކަނލާގެ އައްސަވާ.. ނިއުމަތައް ބޮޑާވާ މީހުންގެ އަތުން ނިއުމަތް ބީވެގެން ހިނގައިދާނެ... އެކަލާންގެ ނިޔާފުޅަށްވުރެ މަތިން އެއްވެސް ބަޔަކަށް އެކައްޗެއްވެސް ނުނިންމޭނެ..

    • ބީރުބޭ

      ދޫނު ދިރި ހުންނަ އިރު އޭތީގެ ކާނާއަކީ ހިނި.. ނަަވެސް ދޫނި މަރުވުމަށްފަހު ހިނީގެ ކާނާއަކީ މަރުވެފަ އޮތް ދޫނި.. ވަގުތާއި ހާލަތު ބަދަލުވާން ނަގާނީ މަދު ސިކުންތު ކޮޅެއް.. މިހާރު ގަދަ ބާރު ވެރިންގެ ނިކަމެތިވާނެކަން އެއީ ވެސް ދާދި ކައިރި ކަމެއް.

  5. މާރިޔާ

    މޑޕ ކުދިންނައް ބައިއަޅާފަ ބާކީވާ ބައެއް މާލޭ މީހުނައް މާލޭ މީހުނައް ދީފަ ބާކީ ވެއްޖާ ބާކީވާބައިވެސް އަންނިޔާ އިބޫސޯލިހައް.

    9
    1
  6. އައްޓަމަސް

    ސެޕުޓެމްބަރ މާ އަވަސް

    7
    1
  7. ބްރޯ

    ތިޔަ ދީބަލަ ކަލޭމެން ބައިކުދިންނައް ހެޔޮނުވާނެ. އަދިވެސް ތަނެއްއޮތިއްޔާ އައިސް ބޯކޮއްޕާލާތި އަހަރުމެނައްށޭ ވާނީ ކިޔާފަ. ކުރެވިއްޖެއްނު ކަމެއް؟ އަންނަ ދައުރުގަވެސް ކަލޭމެން ވާނެ ސަރުކާރައް ބޯމަހާލަން. ވޯޓު ލިބޭނެ ވިއްޔާ ކަލޭމެނައް އެއްކަމެއް ނުވިޔަސް. ތަނެއްދޮރެއް އުޑެއް ބުޑެއް އިންގޭ ބަޔަކު ތިބި ސަރުކާރެއް ނޫން. މިސަރުކާރެކޭ ހެޑައް އޮޅިފައޮޔް ކެސެޑު ރޯލެކޭ އެއްގޮތޭ. އިބުރާހިމު ސޯލިހޫ...ބޯހަލާކު ކަލެޔާހެދި ސަހާދެ.

  8. ކަމަނަ

    ހުރިހާ ފޯމެއް ބާތިލުކޮށްފަ އަލުން ފޯމު ލާން އިއުލާން ކުރަންވީނުން. ޔާމިނުގެ ސަޕޯޓަރުންނަށް ކީއްކުރަން އިބޫ ސަރުކާރުގަ ފްލެޓު ދެނީ؟ ވަގު ޔާމިނު ޖަލުން މިނިވަންވީ ދުވަހަކު އެމީހުންނަށް ފްލެޓު ދޭނީ . އަދި ސަރުކާރުން ފްލެޓު ދޭ ކަމަށްޓަކާވެސް އެހާ އެއްޗެހި ގޮވަންޖެހޭ

    2
    6
    • ކަކާ

      މި ކަމަކީ ގިނަ ރައްޔިތުން ތަކެއްގެ ލެޔާއި ގުޅިފައިވާ ކަމެއް އެހެންކަމުން ޔާމީނުއެއް އިބޫއެއް މިކަމުގައި ކިޔާނެކަމެއްނެތް..
      ކޮންމެ ސަރުކާރެއްވެސް އަންނަނީ ރައްޔިތުން ކިއުގައި ޖެހިގެން ވޯޓުލައިގެން އެހެންވީމައި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައި ދިނުމަކީ ވެރިކަމުގައި ތިބޭ މީހުންގެ ޒިންމާއެއް.އަބަދު އެކުލަ މިކުލަ ކިޔަކަސް ކަމަކު ނުދާނެ .ދުނިޔެ ކުރިއަރާ ވަރަކަށް މީހާގެ ސިކުޑިންވެސް ވިސްނައި ފިކުރު ކުރަންވާނެ..

      2
      1
      • Anonymous

        ދުނިޔަ ކުރިއެރިޔަސް ދިވެހިން ތިބެނީ ރީނދުލާއި ފިޔާތޮށި ކުލަޔާ ދެމެދު ތާށިވެފަ. މޮޅެތި ވާހަކަ ދައްކަން އެކަނި އިނގެނީ ރައްޔިތުންވެސް ގަމާރީ ހިސާބަށްވުރެ

        1
        1
  9. އަބްދޫ

    ހަނދުމަފުޅު ބަހައްޓަވަން ދަންނަވަން.ޔާމީނުގެ ސަރުކާރުން ފްލެޓް ދޫކުރެއްވިފާރާތް ނޫންފަރާތަކަށް ފްލެޓް ދިނަސް އެތަންތަން ބޭނުން ނުކުރެއްވުމަށް ދަންނަވަން.މިވެރިކަން ދެމިއޮތުމަމެދު ސައްކުވޭ 2023 ގަ ވެރިކަމަށް އަންނާނެ ކަމަކަށް ނުފެނޭ.އެހެން ދިމާވެއްޖެނަމަ ޔާމީނުގެ ލިސްޓް ގަ ނުހިމެނޭ ބަޔަކަށް އެ ފްލެޓްތައް ދީގެން ވަދެ ތިއްބަސް އެމީހުންނެރެ ޔާމީނުގެ ލިސްޓްގައިވަމީހުންށް ދޭނެ ކަން ހަނދުމަކޮށް އަރުވަން . ލިބޭގެއްލުމުގެ ޒިންމާ ތިބޭފުޅުން ދައުވާކުރައްވަންވާނީ ސާލިހުއާ ނަސީދު އަށް ކަންވެސް ހަނދުމަކޮށް އަރުވަން.