(ދ. މީދޫ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރަނިންމޭޓު، އެމްޑީޕީގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންފިއެވެ.

ރައީސް ދ. އަތޮޅުގެ ހަ ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ދ. މީދޫއަށެވެ. މީދޫއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓްނަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ރައީސް އާއި އަސްލަމްގެ ޓީމު މީދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ.

ދ. މީދޫ ރައްޔިތުންތަކެއް ރައީސަށް މަރުހަބާ ދަންނަވަން އެއްވެފައި. --- ފޮޓޯ: އެމްޑީޕީ

އަސްލަމް ރައްޔިތުންގެ މަޖިލިސް މެންބަރު ކަމަށް ފުރަތަމަ ހޮވިވަޑައިގެންނެވީ 2005 ވަނަ އަހަރުއެވެ. އޭނާ މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ހަތަރުވަނަ ދައުރެވެ. އަސްލަމް އަކީ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށް ބަލާއިރު އެންމެ ގިނަ ދުވަހު މެންބަރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެ ގޮނޑި ފުރުއްވާތާ މިހާރު 15 އަހަރުވެއްޖެއެވެ.

އަސްލަމް މިއަދު ދ. މީދޫގައި. --- ފޮޓޯ: އެމްޑީޕީ

އަސްލަމް މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ އިޝާރާތެއް ވެސް ދެއްވައިފައެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ނިންމަވައިފި ނަމަ، އޭނާ ހުންނެވީ އެ މަގާމު ވެސް ފުރުއްވަން ތައްޔާރަށެވެ.

ދ. މީދޫ ދާއިރާގެ މެމްބަރު ސިޔާމް މީދޫގައި. --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ފެށުނީއްސުރެ ރައީސް ސޯލިހްއާ އެކުގައި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އަސްލަމް މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ނިމުނު ދުވަސްކޮޅު އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކީގައި ވަރަށް ގާތް ގުޅުމެއް ބޭއްވި ތަން ފެނިފައިވެއެވެ. އޭރު މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެންނެވުމަށް ލޮބީ ކުރެއްވި އެއް ބޭފުޅަކީ ވެސް ނަޝީދެވެ.

ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވުމާ އެކު، އަސްލަމް ނެންގެވީ ރައީސް ސޯލިހްގެ ފަޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންޑިއާއައުޓް

    މާތްﷲގެ ރަޙުމަތާއެކު އެމްޑީޕީގެ ތި ބައިގަނޑު ބަލިކުރައްވާނެ.

  2. ޔާސީނު

    ދުރާލާ ވިސާނުނަގާ!!!!!!ތަންތަނައް ދެވޭ.!!!!ﷲއަކްބަރު ......އެބުނީވެސް އެއްޗެކޭ،😁😁😁

  3. ނޫސްވެރިޔާ

    ދުނިޔޭގެ އެންމެ ކޮރަޕްޑު ގައުމުތަކުންތޯ؟ތި ބުނާ ވިސާ ލިބުނީ!!! ސާހިދު ހަމަޖެއްސި ކަމެއްތޯތި؟