ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން ފަސޭހަ އިން ކުށްވެރިވާނެ ގޮތެއް އޮންނަން ޖެހޭ ކަމަށާއި އެމީހުން ވަކި ހިސާބަކުން މިހާރު ބަދަލުވަނީ "ހީރޯއިންނަށް" ކަމަށް ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން ނަސީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދިމާ ވަނީ، މިކަން ކުރާ މީހުންނަށް ފަސޭހަކަމާ އެކުގައި ރެކިގަނެވޭ ފުރުސަތު އޮތުމުން ކަމަށެވެ. އެހެންވެ، އިންސާފު ހޯދައި ދޭން ތިބި މީހުން ވެސް، މި ކުށް ކުރާ މީހުން ކުށްވެރިވާނެ ގޮތަށް ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި ޖިންސީ ގޯނާ ކުރާ މީހުން ހައްޔަރު ކުރާ ފަހުން، ދައްކާ ވާހަކަތައް ގަބޫލު ކުރާ ފަހަރު އަންނަ ކަމަށެވެ. އެގޮތުން، އެމީހުން ރަނގަޅު މަސައްކަތެއް ކުރަން ވެގެން "ބަކަރި ހުއިހައްޕަނީ" ކަމަށް ބުނެ، މާތް މީހަކަށް ބަދަލުވެލާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"މިވެނި ކަމެއް ކޮށްފިއޭ ކިއާފައި މީސް މީޑިއާގައި އާއި ނޫހުގައި އެމީހެއްގެ ވާހަކަ އާއި ފޮޓޯ ޖަހާފައި އޮއްވައި އެމީހަކު ހައްޔަރު ކުރެވި ތިން ހަތަރު ދުވަހެއްގެ ތެރޭގައި އޭނާ ދޫކޮށްލީމަ ދެން އޭނާ މި ބުނަނީ ތިމަންނާ ބަންދު ކުރީ އަސްލުގައި ތިމަންނާގެ އަގު ވައްޓާލަން ވެގެން، ބަޔަކު މީހުން އަޑީގައި ތިބެ ކުރި ކަމެކޭ އެއީ. ތިމަންނާއަކީ އެކަހަލަ ކަމެއް ދަންނަ މީހެއް ވެސް ނޫނޭ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި އެންމެ ފަހުން ކުށްވެރިވާ ހިސާބަށް ކަންތައްތައް ދަނީ އިންސާފު ހޯދަން ނިކުންނަ މީހުންނެވެ. އެހެންވެ، ޖިންސީ ގޯނާ ކުރާ މީހުން ފަސޭހަ އިން ކުށްވެރިވާނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ތަކުރާރުކޮށް ނަސީމް ވިދާޅުވިއެވެ.

"ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމަކީ އެހާ ފަސޭހަ އިން ހެއްކާއި ގަރީނާ ހުންނާނެ ކަމެއް ނޫން ކިރިޔާ އެކަންކޮށްލާ އިރަށް. ހެއްކާއި ގަރީނާ ހުންނަ ހިސާބަށް ޑޮކްޓަރުގެ ރިޕޯޓުތައް ދާ އިރަށް ކުއްޖާ ހުންނާނީ އަދު ނޫން މާދަމާ އަށް ވެފައި. ކުއްޖާގެ ފުރާނަ ދާ ހިސާބަށް ގޮސްފައި އޮންނާނީ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ވިސްނުންތެރިކަމާ އެކުގައި މިކަންތައް ކުރިއަށް ގެންދަން ޖެހޭ،" ނަސީމް ވިދާޅުވިއެވެ.

ނަސީމްގެ ކުޑައިރުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ ކުޑައިރުގައި މިފަދަ ކަންކަން ވަރަށް ބޮޑަށް ފެނުނު ކަމަށެވެ. އަދި އެފަދަ ކަންކަމާ މެދުގައި އޭރާއި މިހާރު ވެސް ވަރަށް ބޮޑަށް ނަފްރަތު ކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އޭރުގައި އަޅުގަނޑު ހިތަށް އަރާ އޭނާ (ޖިންސީ ގޯނާ ކުރަމުންދާ މީހާ) ދުނިޔެއިން ދުއްވާލެވޭނެ ގޮތެއް އޮންނާނެބާއޭ. އެހާ ވެސް ވިޔާނުދާކޮށް އުޅުނު މީހެއް. ދެން ފަހުން ކަން ދިމާ ކުރި ގޮތުން، އަޅުގަނޑަށް އަތުން ފައިން ގޯހެއް ނުހެދޭން ވެގެން ކަންނޭނގެ އޭނާ އަމިއްލަ އަށް ދަން ޖެހިގެން މަރުވެ ނިމިފައި އޮތީ. އެހެންވީމަ އެ ވާހަކަ ދައްކާކަށް މާ ބޮޑަކަށް ބޭނުމެއް ވެސް ނުވޭ،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓެން އެބަޖެހެއެވެ.

ނަސީމް ވިދާޅުވީ އޭނާގެ އަށް އަހަރުގެ އަންހެން ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު ހުރި އިރު، އެ ކުދިން ސްކޫލަށް ފޮނުވަން ވެސް ބިރުގަންނަ ކަމަށެވެ. އެ ހިސާބަށް ކަންތައްތައް ދާން ޖެހުނީ މުޖުތަމައުގެ ކަންކަން ހައްދުފަހަނައެޅީމަ ކަމަށް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ބޭނުން ކުއްޖާ ސްކޫލަށް ފޮނުވިޔަސް، އަޅުގަނޑުމެންނަށް ބެލޭނެ މެކޭނިޒަމެއް އޮންނަން. އަޅުގަނޑުމެން ބޭނުން ސްކޫލްގައި ކެމެރާ ހަރުކޮށްފައި އަޅުގަނޑު ގޭގައި، އަޅުގަނޑު ފޯނުން ކޮންމެ ވަގުތެއްގައި ލައިވްކޮށް ކުއްޖާ ސްކޫލްގައި އިންނަ މަންޒަރު ފެންނަން، އެހެން ނޫނީ އަޅުގަނޑުމެންނަށް ކޮންފިޑެންސެއް، އުންމީދެއް ނެތް." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވަނީ ކުޑަކުދިން ސްކޫލަށާއި ކުޅިވަރު ކުޅޭ ތަންތަނުގައި ތިބޭ އިރު، އެ ކުދިން އުޅޭ ނޫޅޭ ގޮތް ބެލޭނެ ޓެކްނޮލަޖީއެއް ގާއިމު ކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ. އެހެން ނޫނީ ޖިންސީ ގޯނާ ކުރާ މީހުން، އެ އަމަލުތައް ނުހުއްޓޭނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަސަން

    ވަރަށް ރަގަޅު ވާހަކައެކެވެ. އެފަދަ އަދި ހަމަ ނުބައި އެހެން ކުށަތައް ކުރާމީހުންގެ ހިމާޔަތުގައި ބާރުހުރި އެހެން ފަރާތްތައް ނުކުމެ އެމީހުން ސަލާމަތްކޮށް މުޖުތަމަޢަށް ދޫވުމުން ދެން ނުކުންނަ ނަތީޖާމާގޯހެވެ. މިފަދަ ކަންކަމާ ދެކޮޅަށް ވާހަކަ ދައްކައިފިނަމަ ވަނީ ސިޔާސީ ނުދަންނަ ޤާބިލްކަމެއް ނެތް ލީޑަރަކަށެވެ. ޢުމަރު ނަޞީރަށް ވެގެން އުޅެނީވެސް އެހެންނެވެ. ކަންކަން ރަނގަޅުކުރުމަށް މޫނަށް ކަނދުރާއަށް ނުބަލައި ޢުމަރު ވާހަކަދައްކަވާތީ މީހުން ހިތްހަމަ ނުޖެހެނީއެވެ.

    21
    1
  2. އަލިބެއްޔާ

    ހޯރެ އިއްބެ އަކީ ހީރޯއެއްތަ؟ ދެން މޮޅެތި ވާހަކަ ދައްކަނީ..

    19
    4
  3. މޯރީ

    ކަލޯމެންނަށް ނޭގޭ ދޯ ޒިނޭކުރާމީހުންނަށް ދީނުގަ އޮއްނަ ހުކުމްވެސް؟

    "އޭރުގައި އަޅުގަނޑު ހިތަށް އަރާ އޭނާ (ޖިންސީ ގޯނާ ކުރަމުންދާ މީހާ) ދުނިޔެއިން ދުއްވާލެވޭނެ ގޮތެއް އޮންނާނެބާއޭ. އެހާ ވެސް ވިޔާނުދާކޮށް އުޅުނު މީހެއް. ދެން ފަހުން ކަން ދިމާ ކުރި ގޮތުން، އަޅުގަނޑަށް އަތުން ފައިން ގޯހެއް ނުހެދޭން ވެގެން ކަންނޭނގެ އޭނާ އަމިއްލަ އަށް ދަން ޖެހިގެން މަރުވެ ނިމިފައި އޮތީ. އެހެންވީމަ އެ ވާހަކަ ދައްކާކަށް މާ ބޮޑަކަށް ބޭނުމެއް ވެސް ނުވޭ،" ނަސީމް ވިދާޅުވިއެވެ.

    3
    4
  4. ދާއިރާ ދަރި

    ތިހަމަވާގޮތް އެކަމު އަބަދުވެސް ތެދުވެރިކަމާއެކު ކޮންމެމީހަކަށްވެސް ހުރެވޭނަމަ މަރުޙަވާބާ ކިޔާނަން ވަކިހިސާބަކުން ވެރިކަން ކުރާ ޕާޓީގެ ފިކުރަށް ގޮސްހސްވާތި ސުވާލަކީ

  5. މިސްޓަރ ކާޕެޓް

    އެއްވެސް މީހަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ނުވާނެއެވެ. ވިސްނާށެވެ. ތިބާގެ އަންހެނުން ދުވަން ދަނީ ގަޔަށް ބާރު ޓައިޓެއް ލައިގެންގެނެވެ. އެކަމަކު މީހަކު ބެލީމަ ގޯސް ވަނީ ބަލާ މީހާއެވެ. ތިބާގެ ދަރިން ސްވިމިން ކިލާހަށް ދަނީ އައުރަ ނިވާ ނުކޮށެވެ. ސްވިމިން ޓްރެކް ގައި އެހެރަ ބޮޑެތި ކުދިން ލައްވައިގެން އުޅޭ އަންނައުނެކެވެ. މި ޒަމާނަކި "އުރު ހުންނާ ކުއްދާޓަސް" އިތުބާރު ނުކުރެވޭ ޒަމާނެވެ. އެހެންވީމަ ސްވިމިން ޓީޗަރަށް އިތުބާރުކޮށް އެކުދިން އައުރަ ނިވާ ނުކޮށް ނުފޮނުވާށެވެ. ފަރުވާތެރި ވާށެވެ. ދަރިންނަކީ އަމާނާތެކެވެ. އިހުމާލުވެއްޖެ ނަމަ ސުވާލުކުރެވޭނެ ދުވަހެއް އެބައޮތެވެ. މުދިމުންނާއި އިސްލާމް ޓީޗަރުންގެ ވާހަކަ އަކީ އެހެން ވާހަކަ އެކެވެ. ފަހުން އެބައި ހިމަނާލާނަމެވެ.

    9
    2
    • އަލީ

      އަޅެ ކަލޭ މޮޔަތަ! އަމިއްލަ ދަރިފުޅާ ބެހެނީ ކޮންގޮތަކަށް ހެދުން ލާތީތަ؟ ހުރިހާވެސް ގޯހަކީ ތިކަހަލަ މީހުން...

      7
      5
  6. އަހުމަދު

    ލާދީނީ ނަޝީދުމެންޕާޓީ މީހުންނަށް ކުޑަކުދިންނާއި ބެހޭމީހުން ވާނީ ހީރޯ އިންނަށް. މިސާލަކަށް ހީރޯ ހޯރަ އިއްބެ.

    11
  7. ގައިގަދުރު

    ނަސީމަށް ތިހިރީ ނަފްސާނީ މައްސަލައެއް ޖެހިފަ. ކުޑައިރު ދިމާވިގޮތަކުންކަން އާޓިކަލް ކިޔާލުމުން އެނގިއްޖެ. ދެން ދަރިންގެ ބޮލުގަ ކެމެރާ ހަރުކޮށްފަބަހއްޓާ. ތިހެން އުޅޭ މީހުން ފަހުން ދަރިންނަށް ޖގޯނާކުރަނީ. މީހަކާވެސް އިނދެގެން ނޫޅެވޭނެ. ބައްޕަގެ ނޮހޮރޮއްޕާން ބޮޑުކަމުން. މާބޮޑަށް ދަރިންގެ ލޯބިތިވަނީ.

    1
    2
  8. ދުންތަރި

    ޖިންސީ ގޯނާގެ ވާހަކަ އެމްޑޕީ މެމްބަރުން ދެއްކުމަކީ އެހާ ރީތިކަމެއްނޫން ވެރިކަންލިބުނީމާ އެންމެ ފުރަތަމަވެސސް މިނިވަންކުރީ ޖިންސީގޯނާކޮށްގެން ޙުކުމްކޮށްފަވާ އެމްޑީޕީގެ މުއްލާއެއް ދެން ކޮން ވާހަކައެއްދައްކާކަށް ހުރިހާ ޖަރީމާއެއްވެސް ހިންގަނީ އެމްޑީޕީން މާ މޮޅުވާހަކަ އަޑަށް ބާރުލާފަ ދެއްކިޔަސް ސަފާރީ ރޭޕްކޭސްވެސް 5 ވަނަ ގޮޔަރުގަ ތަޙްޤިޤުކޮށްނިންމާލީނު އެންމެންގެ ލޯމަތީ ކަންކަން ކުރާގޮތް އެންމެނަށް އެބަ ފެނޭ އިންސާފޭ ޙައްޤޭ ޒީރޯ ޓޮލެރެންސޭ ފޭއްޔޭ ކިޔާނެކަމެއްނެތް

  9. ފިޔަވަޅު

    ބޮޑެތި މީހުންނާ ބެހޭ މީހުންނޯ .

  10. Anonymous

    އެންމެ ބޮޑު ހީރޯ އަކީ މިސަރުކާރު ވެރިކަމަށް އައުމަށްފަހު، ކުޑަކުދިންނާއިބެހުނު މަޝްހޫރު ހޯރަ އިއްބެ ހީރޯއަކަށް ހަދައި ޖަލުން މިނިވަންކޮށްދީ ރައީސް އޮފީހުގެ މަތީ މަޤާމުދީ ހީރޯއަކަށް ހެދުން.

  11. ޙެެެދެޔިރު

    ޥަރަށް ރަގަނޅު ވާހަކަ އެއް ....

  12. ނާސިރު

    ރޭޕް ކުރާ މީހުންވެސް ނޫންތޯ؟