އިއްޔެ ނިޔާވުމުން ކަށުކަމާއި ކެމީގެ ކަންކަން ނިންމަން އާ ސަރަހާއަށް ގެންދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވިކަން އެނގުނު މީހާގެ ކޮވިޑް-19ގެ ޓެސްޓުގެ ނަތީޖާ ހާމަކުރިއިރު، އޮޅުންތަކެއް ހުރިކަން އާއިލާއިން ހާމަކޮށްފިއެވެ.

އެ މީހާއަކީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މީހެކެވެ. އުމުރުން 70 އަހަރުގެ އެ އަންހެން މީހާ ނިޔާވިކަން ކަށަވަރު ކުރުމަށްފަހު، އައިޖީއެމްއެޗްއުން ތައްގަނޑުޖަހައި ދޫކޮށްފައިވާ ކޮވިޑް-19 ކާރިސާގެ ތެރޭގައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ފޯމުގައި ބަޔާންކޮށްފައިވަނީ “ކޮވިޑް-19 އާއި ގުޅުމެއް ނެތް” ފަރާތެއްގެ ގޮތުގައި ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

އެހެންވެ އެ މީހާގެ ހަށިގަނޑު ގެންގޮސްފައި ވަނީ އާ ސަހަރާއަށެވެ.

ކޮވިޑް-19 ބަލީގައި ނިޔާވާ މީހުންގެ ހަށިގަނޑު ގެންދަނީ ހުޅުމާލެ ސަހަރާއަށެވެ. އަދި އެ މީހުންގެ ހަށިގަނޑު ވަޅުލަނީ އެކަމަށް ހާއްސަ ތަމްރީނެއް ލިބިފައިވާ، ބައެކެވެ.

އެ އަންހެން މީހާގެ ދަރިފުޅާއި ކައިވެނިކޮށްގެން އުޅޭ މީހަކު ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާގެ މަންމަ ނިޔާވީ އިއްޔެ ހެނދުނު ކަމަށެވެ. އަދި މަންމަ ނިޔާވުމުން ހޮސްޕިޓަލުން މަންމަ ދޫކޮށްލީ ވަޅުލުނުގެ ކަންތައް ކުރިއަށްގެންދިއުމަށް ކަމަށް އޭނާ ބުނެފައި ވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މީހާ އާ ސަހަރާއަށް ގެންދިޔައީ މެންދުރު 1:30 އާއި 2:00 އާއި ދެމެދުގެ ވަގުތެއްގައެވެ.

އެ މީހާ ބުނީ، އާއިލާ މީހުން އާ ސަހަރާގައި ތިއްބާ އައިޖީއެމްއިން ގުޅާފައި މަންމަ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަަމަށް ބުނި ކަމަށެވެ.

"އާއިލާ އެންމެން އައިޖީއެމްއެޗްގައި ތިބުމަށްފަހު، ސަހަރާއަށް ޖަނާޒާ ކަންތައް ކުރިއަށްގެންދިއުމަށް ގޮސް ތިއްބާ ގުޅާފައި ބުނީ މަންމަ ކޮވިޑް-19 އަށް ފައްސިކަން". އެ އަންހެން މީހާ ފޭސްބުކްގައި ލިޔެފައި ވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން، އެ މީހާ ވަޅުލަން ފުރަތަމަ އޮތީ އަސްރު ނަމާދަށް ފަހުއެވެ. އޭގެ ކުރިން މޫނު ދެއްކުން އާސަހަރާގައި ކުރިއަށް ދިޔައެވެ. އަދި އެ އަންހެން މީހާގެ މޫނު ދެއްކުން އޮންނާނެ ވަގުތު ބަޔާންކޮށް ކަނުނަމާދު ޕޭޖުގައިވެސް ޕޯސްޓެއް ކޮށްފައި ވެއެވެ. ފަހުން ޕޯސްޓް ވަނީ ޑިލިޓްކޮށްލާފައެވެ.

އެ އަންހެން މީހާ ވަނީ ހެލްތް ސެކްޓަރއަށް ސުވާލު ތަކެއްވެސް ކޮށްފައެެވެ. އޭނާ ބުނެފައި ހޮސްޕިޓަލްގައި ހާއްސަ ޕްރޮޓޮކޯލްއެއް ނެތްތޯސުވާލު ކޮށްފައެވެ. އަދި މަންމަގެ ކޮވިޑް-19ގެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ދޫކޮށްލީ ކީއްވެތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

"މިކަމާއި ހެދި އަހަރެންގެ މުޅި އާއިލާ މި އޮތީ ބޮޑު ރިސްކެއްގެ ތެރޭގައި. އަހަރުމެން ބޭނުން މިކަން ތަހުގީގު ކުރަން، އަަހަރުމެން ބޭނުން ނޫން މިފަދަ ގޮތަކަށް ދެން ކަންތައް މެދުވެރިވާން". އެ އަންހެން މީހާގެ އާއިލަ މީހަކު ކުރި ޕޯސްޓެއްގައި ވެއެވެ.

އާއިލާ މީހަކާއި ހަވާލާދީ ފެށުން ނޫހުގައި ބުނެފައި ވަނީ، ވަޅުލުމުގެ ކުރިން ގުޅާފައި ކޮވިޑް-19 އަށް ފައްސިކަމަށް އެންްގު ކަމަށާއި، އޭގެ ފަހުން ގުޅާފައި އާއިލާއަށް އެންގީ މަރުހޫމާ ކައިރިއަށް ދިއުން އެންމެ ރަނގަޅު ކަމަށެވެ. އާދައިގެމަތިން ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެއާއެކު އާއިލާ މެންބަރުން އަނެއްކާވެސް އާސަހަރާއަށް ޖަމާވެ އެކުގައި އުޅެފައި ކަމަށް އެ ނޫހުގައި ވެއެވެ.

އެހެންނަމަވެސް ރޭ އެޗްޕީއޭ އިން ވަނީ އެ މީހާ ކޮވިޑް-19 އަށް ފައްސިކަމަށް ކަށަވަރު ކޮށްދީފައެވެ.

އެޗްޕީއޭ އިން ރޭ ކުރި ޓްވީޓެއްގައި ވަނީ ނިޔާވި 70 އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް ފައްސި ކަމަށް ވިދާޅުވެފައެވެ.

މިއީ އަންހެން މީހާގެ ނިޔާވި ފަހުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވި ތަފާތު ހަތަރުވަނަ ޖަވާބެވެ.

މިކަމާއި ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މިހާރު އެ އާއިލާގެ ބައެއް މީހުން ވަނީ ކޮވިޑް-19 އަށް ޓެސްޓު ހަދާފައެވެ. އެހެން ނަމަވެސް އެ އަންހެން މީހާގެ މޫނު ބަލަން ދިޔަ ބައެއް މީހުން އެ މީހާގެ ކޮންޓެކްޓަކަށް ވެދާނެތީ ބިރުން އުޅޭ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަލީ

    ފައްސި،. ނައްސި ، އައްސި އަޅެ މީ ޖޯކެއް ނު. ބޯ ހަލާކު.

    22
    1
  2. ރަނާ

    ހަހަހަ..... ސުރުހީ ކިޔާފަ ހީހީ ހަލާކު ވެއްޖެ??????

    18
    1
  3. އަހްމަދު

    ނުކުޅެދޭސަރުކާރަކަށް ކުޅެދޭއެއްވެސްކަމެއްނުކުރެވޭނެ

    28
    2
  4. މަހާ

    އެޗް.ޕީ.އޭ އަކަށް ވާއެއް ނުވާއެއް ނޭގެ. ފައްސި ނުވާ ކިތައް ފަރާތް ފައްސިއޭ ކިޔައިގެން އެ ގެންދަނީ، މީގެ ދެ ދުވަހެއް ކުރިން ތިމާގެ ފަރާތަކުންބުނި އޭނާގެ ދައްތަވެސް މަގުމަތިން ޓެސްޓުހަދައިގެން ނަތީޖާ ނުލިބި ލަސްވާތީ، އޭޑީކޭ އިން ޓެސްޓް ހަދާގެން އެދުވަހު ނަތީޖާ ލިބެން ވަގުތު ކޮޅެއްކުރިން އައިޖީ އެމް އެޗުން ގުޅާފަ ފައްސިކަމަށް ބުނެ ފެސިލިޓީއަށް ގެންގޮސް ބެހެއްޓީ ފައްސި ބައެއްގެ ތެރޭގައި. އެދުވަހު އޭޑީކޭ ގެ ނަތީޖާ ލިބުނީ ނައްސި ކަމަށް، މިކަމާ ފޯރިގަދަކޮށް ހަދާ އެންޓިބޮޑީ ހެދުމުން ކޮވިޑް ނުޖެހޭކަން ހުރީ އެނގުނު ނަމަވެސް ކޮވިޑް ހާއްޔަކަށް އެ ދައްތަ ލުމުން އޭނާ އާއިލާގެ މީހުންގެ ގާތަކަށް ދޫނުކޮށް އެތާގަ ބެހެއްޓީ، މިއީ ކޮންފަރާތެއްގެ އިހުމާލެއްބާ؟ ބަލަން ވާ ވަރަށް ނުބެލުމުގެ ނަތީޖާ، ނޫނީ ކޮވިޑް ފަތުރަން ދޫކޮށްލުންބާ؟ މިއީ އެޗް.ޕީ.އޭގެ ފަރުވާ ކުޑަވުން ކަމަށް އަޅުގަނޑު ދެކެން، އަދި މިކަން އެންމެ ހަރުކަށިކޮށް ކުއްވެރި ކުރަން!

  5. .....

    އައިޖީއެމްއެޗް ހޮސްޕިޓަލް އެއް ނޫން، އައިޖީއެމްއެޗް ނޫނީ އައިޖީއެމް ހޮސްޕިޓަލް.

    1
    1
  6. ފަރީދށ

    ދޮގު ހަދައިން މީހުން ފައްސި ކުރުވަނީ

  7. ކކކކ

    ޓިކް ޓެކް ޓޯ