ކޮވިޑް-19 އާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރާއި އެމިނިސްޓްރީގެ ބައެއް އިސްވެރިން ތިއްބެވިއިރު، ފިރިހެން ބޭފުޅުންގެ ކޮޓަރިތަކަށް އަންހެނުން ވައްދައިގެން ނަހަމަ ގުޅުންތަކެއް ހިންގި ކަމުގެ ތުހުމަތުތަކެއް ކުރެވިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދު ކޮށްފައި އޮތްއިރު މާގިރި ހޮޓެލްގައި މިއަދު ވަޒީރު ކަމުން ދުރުކުރި އަލީ ވަހީދުގެ އިތުރުން މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ތިބި އަލީ ހާޝިމް (ސްމިތު) އާއި ޠައްޔިބު ޝަހީމް ވެސް ތިބި ކަމަށް "ދިޔަރެސް" ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ. އެނޫހުގައި ވަނީ މާގިރި ހޮޓެލްގައި ތިބި ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ ނަން ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި އަލީ ވަހީދާއި އޭނާ ބޮޑީގާޑްގެ އިތުރުން ނުވަ މުވައްޒަފަކު ހިމެނެއެވެ.

"ދިޔަރެސް" ގައި ބުނެފައިވާ ގޮތުގައި އެނޫހަކަށް ވަނީ މާގިރި ހޮޓަލުގެ ސީސީޓީވީ ފުޓޭޖް ލިބިފައެވެ. ފުޓޭޖުން ފެންނަ މަންޒަރުތަކުން ވަރަށް ގިނަ ރޭރޭ ދަންވަންދެން މަޖާ ކުރުމުގައި މިނިސްޓްރީގެ މުވައްޒަފުން އުޅުނު މަންޒަރު ފެންނަ ކަމަށާއި މިގޮތުން ބައެއް އަންހެން މުވައްޒަފުން، ރޭގަނޑުވުމުން ފިރިހެން މުވައްޒަފުންގެ ކޮޓަރިއަށް ބަދަލުވެ، ހެނދުނު އަލުން އަމިއްލަ ކޮޓަރިއަށް އަންނަތަންވެސް ފެންނަ ކަމަށް އެނޫހުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މިނިސްޓްރީގެ އެގްޒެކިޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ އިތުރު އަންހެނުންތަކެއް ތަފާތު އެކި ފަހަރު މަތިން އޭނާ އުޅުނު ފްލޯއަށް ގެންގޮސް އޭނާގެ ކޮޓަރިއަށް ވައްދާ މަންޒަރު ފެންނަ ކަމަށް ވެސް ނޫހުގައި ބުނެފައި ވެއެވެ.

"އަލީ ހާޝިމް މާގިރި ހޮޓަލަށް އެމީހުން ގެންދަނީ ވިސްޓާ ބީޗް ގެސްޓް ހައުސް ނަަމަކަށް ކިޔާ ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސް އެއްގެ ވޭނަކުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވޭން ވަނީ ޓުއަރިޒަމް މިނިސްޓްރީގެ ބޭނުމަށް ނަގާފައެވެ. ކަޅު ކުލައިގެ މިވޭނުން އަލީ ހާޝިމް މާގިރި ހޮޓަލަށް އަންހެން ކުދިން ގެންނަތަން އެ ހޮޓަލުގެ ކެމެރާތަކަށް އަރާފައި އެބަހުއްޓެވެ." ދިޔަރެސްގައި ބުނެފައި ވެއެވެ.

ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ދިރިއުޅުނު ފްލޯގެ ކޮރިޑޯތަކުގެ ތެެރޭގައި ބައެއް ފިރިހެން މުވައްޒަފުން ހުސް ގަޔާ ދެކޮޅަށް ދުވާތަންފެންނަ ކަމަށައި އަދި އަންހެން ބައެއް މުވައްޒަފުން ބާތުރޯބުގަ ދެކޮޅަށް ދުވާ މަންޒަރުވެސް ފެންނަ ކަމަށް އެނޫހުން ރިޕޯޓް ކޮށްފައި ވެއެވެ.

ޓްއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ޕާޓީއަކަށް ތައްޔާރުވި މަންޒަރު ވެސް ފުޓޭޖުން ފެންނަ ކަމަށް "ދިޔަރެސް" ގައި ރިޕޯޓް ކޮށްފައި ވެއެވެ. އެޕާޓީގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ރަނާ

  ޢަންހެނުން ތައްވެސް ގަބޫލު ގަ ދޮއްތަ ތިކަމެއް ހިންގީ ފަޅާއަ ރާފާނެ ހެން ހީވީމަ ރަށްމެދަށް ކަ ރާ މިފަޅާލީ ސާބަހޭ އަންހެންކުދިންނަށް ކަ ރާ ބުނި ވާހަކަޔަކީ ތިޔައީ ތޯއްޗެ ގަބޫލުގަ ހިންގި އަމަލެއް ހިންގީ

  68
  1
 2. ހައިވަކަރު

  ސްމިތަކަށް ނުވާނެ އެއްް ވެސް ކަމެއް އަޅެ ބަލަން ތިބެމާ

  65
  1
 3. ޝަފީއު

  ޖިންސީ ޕާޓީ ބޭއްވި އެންމެން ހައްޔަރު ކުރޭ. ޢަދި ތިޔަ މާގިރި ހޮޓެލް ޖޫރިމަނާ ކުރޭ. ތިތާ ސީސީޓީވީއަށް އެކަން ފެންނައިރު ތިތާގެ މެނޭޖްމަންޓައް ތިތާނގައި ތިފަދަ އަމަލުތަކެއް ބަޔަކު ހިންގާކަން އެނގޭނެ. އެހެންވިއްޔާ ފުލުހައް އެކަން އެންގުން މެނޭޖުމަންޓުގެ މައްޗައް ގާނޫނީގޮތުން ލާޒިންވާނެ. އެކަން ރިޕޯޓު ނުކުރީމަ އެއޮތީ ޖިނާއި ކުށްފޮރުވުމުގައި ބައިވެރިވެވިފަ އަދި އެކަމުން ފައިދާވެސް ނެގިފަ. ވީމާ މާގިރި ހޮޓަލުގެ މައްޗައް ޖިނާއީ ދައުވާ އުފުލަންޖެހޭ.

  56
  4
 4. Anonymous

  ކަރާބޭ މައްސަލަ ނެތީ
  ޗުމިތު މައްސަލަ ނެތީ
  ޗޮއްޔިބު މައްސަލަ ނެތީ
  ދެން ކަލޭ ކޮން މައްސަލަ ހުންނަނީ
  ހުރިހާ މީހާ އަބަދު ކިއްލި ތަޅާ ހުންނަނީ
  ބޭބޭ ކިއްލި އިނގެނީނު
  ނޭނގޭ ؟

  41
  2
 5. ޒާ

  ފާހިޝް އަމަލުތަކަށް ބަނޑުކެނޑިފަތިބިބައެއް. ލަދުން ބޯފަޅައިގެންދާވަރުވޭ. ތި އެންމެން ވަޒީފާއިން ވަކިކޮށް ތިޔަ މިނސްޓްރީ ޠާހިރުކުރަންގޮވާލަން. ތީދެން ބޮޑުވަރު ހަޔާތްމަދަސް.

  66
 6. ނިކަނބިލީއްސަޖިންނި

  ބިރަކާއި ނުލާ މަޖާކޮށްލީ އުތަ ! ދެން ފަހެ ދުޢާ ދެންނެވި ފަދަ ތަ !

  59
 7. ބޭނޭ

  ކީއްކުރާނީ.. ސަރުކާރުގެ އިސް ވެރިން ވިއްޔަ.... ތިޔަދަނީ ފެންނަމުން... އަދި ކުރިޔައް އޮތްތާ ފެންނަން އޮތީ... ރައްޔިތުން ތިއްބަވާ ބަލަން... 👏👏👏👏

  61
 8. ކިނބޫ

  ތީ ޖިންސީ ފުރައްސާރައެއް ނޫނެއްނު ޒިނޭ ކުރީނު. ޒިނޭ ކުރާ ފިރިހެނާ އާއި ޒިނޭ ކުރާ އަންހެނާގެ އަދަބަކީ ރަޖަމު؟

  74
  6
 9. ގަދްރިއްޔާ މަނިކް

  ގޯސް ކަންތައްތައްވަނީ ނަމަވެސް ތިހުރިހާ ކަމެއްވާއިރު ޕީއެސްއޭ ކިޔާމީހާ ކޮބާތަ.

  43
 10. ލަކީ

  ހެހެ މީދެން މާބޮޑު އިންޓްރެސްޓެއް ހުރިކަމެއްނޫން
  މީ އަބަދު ހިންގާކަމެއް އެ އަންހެން ބޭފުޅުން ވިދާޅެއްނުވޭ
  ޢެބޭފުޅުންނަށް ގަނެދިން އެންމެ ފަހުގެ އައި ފޯނު ތަކާ
  ޢެންމެ ފަހުގެ ސެންޓްތަކުގެ ވާހަކަ އަދި ކޮބާ އެޕާޓްމެންޓް
  ގެ ކުލިވެސް ދެން މިކަން ދާނެ ވަރު ތިބޭފުޅުން ވިސްނާ

  20
 11. ކިއުން ތެރިއެއް

  މިހުރިހާ ސަކަރާތަކަށް ހަރަދުވީ އެންމެ 3000 ރުފިޔާ. އެއީވެސް މިނިސްޓްރީ ގެ ބޭފުޅުންގެ އަމިއްލަ ޖީބުން.

  22
 12. ތަައް މަހާ

  އަނެއްކާ މި މީހުން ބޭއްވި ފުރަ ބަންދު ޕާޓީ ގެ ޚަރަދު ވެސް ކޮވިޑު ލާރި ކޮޅުން@

  17
 13. ޞާރި

  ދަރުބާރުގޭގަ ތިބެފަ ސެޓް ކޮށްގެން ހުޅު މާލެ ހޮޓާތަކަށް ވެސް ގެންދިޔަ ... ހޮޓެލް މެނޭޖާޜ

  24
 14. އަސްތު

  މީހެއްގެ ފިރިޔެއް ނޯވެ އަންހެނުންތައްވެސް ވެއްޓިގަނޭ. މޑޕ ގަ ތިނޫންމީހަކު އުޅޭތަ؟ އެންމެމަތިންފަށައިގެން، ވިޔަފާރިވެރިން، އެކްޓިވިސްޓުން،. ސިލޯނުގަ، މާލޭގަ އެންމެ އަބުއިކަމައްދެއްކިގެން އުޅޭ މީހުން، މިސްކިތައް ބަރާބަރައް އަރަމުން. ތި އެންމެންގެ ފޮޓޯތައްވެސް އަދި ފެންނާނެ “ބިރަކާ ނުލާ މަޖާކުރަނި” ކޮއް! ކެކެކެ

  8
  3
 15. މިއަދު

  ޓޫރިޒަމް މިނިސްޓްރީގެ ނަން ރީބްރޭންޑް ކޮށްލާ މުޅިދައުލަތް ފަޟީހަތްވެއްޖެ

 16. މިއަދު

  ސްމިތަކީ މުޒާހަރާތަކުގެ ކުރީސަފުން ވަޒީފާލިބުނު މީހެއް އެހެންވީމަ ސްމިތްތިއީ ތިމައްސަލައިގެ ބޮނދު

 17. ބޭޗާރާ

  އަލީވަހީދަކީ އެއްވެސް އިރެއްގައި ރަނގަޅު މީހެއް ނޫން. އެކަމަކު އަލީ ނުބައި މީހަކަށް ހަދައި މަޖިލީހުގައި ހުރި ޕާޓީން ވަކިކޮށް މަގޭ ޕާޓީއަށް ގެނައި ގޮތް ހަނދާންކޮށްލާ! އަގުބޮޑު މާލޭގެ ބިމުން ކުއްލިއަކަށް ގޯއްޗެއް ގަތް ގޮތާއި ހުޅުމާލެއިން ތިންހަތަރު ގޯތި ގަތްގޮތް ހަނދާންކޮށްލާ! ކްރިމިނަލް މީހުން އުފައްދާފައި، އެމީހުން މަތީ މަގީމުތަކަށް ގެނެސްފައި، އެމީހުން ކުރާ ކަންކަމުގެ ޒިންމާ ހަމައެކަނި އެމީހާ އުފުލަން ނުޖެހޭނެއޭ ބުނެ ނިންމާލީމާ ކަމަކު ނުދޭ. ކްރިމިނަލް މީހަކަށް ހަދައިދިން މީހުންނާއި މަތީ މަގާމުތަކަށް ގެނައި މީހުންނާއި ދިން މީހުންނަކީ މިކަމުގައި ޝާމިލުވާ ބައެއް. މިގައުމުގައި އުފެދޭ ހުރިހާ ނުބައިކަމެއް ފެށޭގެ ކޮޅު މަގޭ ޕާޓީގެ ތެރެއަށް ވަންނަނީ ކީއްވެތޯ މަ ނާހަނީ ކީއްވެ؟

  11
 18. Anonymous

  ޖިންސީ ގޯނާއެއް ނޫން ދޯ ޒިނޭކޮށް ކޮށްފަ ބަސްޓު ވާން އުޅުނީމަ ޖިންސީ ގޯނާގެ ތުހުއްމަތު... ވަރަށް ތާހިރެއްނުން... ތިކަހަލަ ގޮތެއް ފޮތެއްނެތް ޖާހިލު އަންހުންނާ ހެދި އެހެން ފިރިހެނުންގަ އަގު ވެއްޓެނީ

  12
  2
 19. ހޮނިހިރު ބައްޕެން

  ފަރުދުން ގެ ޒާތީ ކަންތައްތކާއި ބެހުމަކީ އެދެވިގެންވާ ކަމެއް ނޫން!

  2
  3
 20. ދަރަނި ދަންތުރަ

  ކީއްވެ ސްމިތު ވަކިނުކުރީ

 21. ޏަމް

  ބިރުކުޑައަންނި މަޖިލީހުން ތިކަންތަށްކުރިގޮތް ބަލާފަ ބަދަލުދޭން ތަށްޔާރުތަ؟

 22. Anonymous

  ޓޫރިޒަމް މިނިސްޓްރީގެ ނަން ހަށިވިއްކާ މިނިސްޓްރީއަށް ބަދަލު ކޮށްލާ... ވަހީދަށްފަހު ދެންވެސް ގެންނާނީ ތާކުންތާކު ނުޖެހޭ މީހެއް ... ޑިސިޕްލިން ލެވެލް ޒީރޯ އެންމެންވެސް

 23. ހަސަން ތަކުރު

  ކޮވިޑޭ ކިޔައިގެން މިމީހުން ކުޅުނު ކުޅިވަރު އަދި ކިރިޔާތާ ފަޅާ އެރަނީ..ސާބަސް ސަރުކާރު.

 24. ޙ

  ޢެންމެން ފަލީހަތް ކުރި ތޮއްޔިބު ޝަހީމު އެންމެ ފަހުން މުޅި ގައުމަށް ފަލީހަތް ވީ ތޮއްޔިބަކީ...ދުވަހަކު މީހަކާ އިންމީހެއް ވެސް ނޫން ...ވައިތު ފިޔަކަމއެއް ކަނާތު ފިޔަކަމެއް ނޭނގޭ...

 25. ލަބީބު

  މާގިރިހޮޓަލަށް "މާލަޑަރުހޮޓެލް" ، މމިނިސްޓްރީ އޮފް ޓޫރިޒަމްއަށް "މިނިސްޓްރީ އޮފް ޝަހްވަތިޒަމް" ކިޔުން ރަގަޅުވާނެ!

 26. ހިޔާލު

  މި އަދު އަދަބު ނުލިބުނަސް ދުވަހެ އްވޭ ޙަ އްޤު އަދަބު ލިބޭނެ. ޠާހިރުވެ ތަ އުބާ ވާން އަވަސް ވެގަނޭ!