މިއަދުގެ އަސުރު ނަމާދު ޖަމާއަތާއެކު މާވެޔޮ މިސްކިތް ހުޅުވަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސުރު ނަމާދަށް މިސްކިތް ހުޅުވާލާ އާއްމުކޮށް ނަމާދުކުރަން ފަށާނެ ކަމަށެވެ.

މާވެޔޮ މިސްކިތަށް ކިއުމަށް ހަމަޖެހިފައި ވަނީ މަސްޖިދުލް އަލީ ހުސައިންއެވެ.

މާވެޔޮ މިސްކިތް، ރަނގަޅު ފެންވަރަކަށް ހެދުމުގެ ހުއްދައަކަށް އެދި މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ނޮވެމްބަރު 14، 2014 ގައެވެ. މިސްކިތުގައި ނަމާދު ކުރުން ޑިސެމްބަރު 2015 ގައި ހުއްޓާލިއިރު، މިސްކިތް ތަޅާލުމަށް ހުއްދަ ދީފައި ވަނީ ޖެނުއަރީ 20، 2016 ގައެވެ.

މިސްކިތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށުނީ ޑިސެމްބަރު 7، 2017ގައެވެ. މިސްކިތުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަން މިނިސްޓްރީ އަށް އަންގާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީގައި އިމާރާތްކުރި އެ މިސްކިތަކީ ތަފާތު އަދި ރީތި ތަނެކެވެ. އެއީ ޖަނާހުގެ ބައްޕަގެ ހަނދާނުގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ. މާވ