ސަރުކާރުން ރޭޕިސްޓުންގެ ހިމާޔަތުގައި އުޅޭތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ނައިބު ލީޑަރު މުހައްމަދު ޣައްސާން މައުމޫން ރޭ ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެފައިވާ ޑިމޮކްރަސީއާ ގުޅުން ހުރި ބޮޑު ވައުދެއް ކަމަށެވެ. ނަމަވެސް ދާދި ފަހުން ރާއްޖޭގެ ބޮޑެތި މީޑިއާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިނންނަށް އެކަށީގެންވާ މިނިވަން ނުލިބިދާނެ ކަމުގެ ބިރު އޮތް ކަން ފާހަގަ ކުރި ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވި ސިޓީގައި އެދިފައިވަނީ މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އިޖުރާއަތްތައް ބަޔާން ކުރާ ގަވާއިދު އެކުލަވާލުމަށެވެ.

މީޑިއާތައް ޖޫރިމަނާ ކުރުމުގެ ވާހަކަ މިއައީ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ މީޑިއާތަކުން ގެނެސްދިން ގޮތް ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފަށާފައި އޮތް ދަނޑިވަޅެއްގައެވެ.

ޣައްސާން ވިދާޅުވީ ރޭޕިސްޓުން ހިމާޔަތް ކުރުމަށް ސަރުކާރުން ވަނީ ހައިރާންވާ މިންވަރަށް ދަށު ދަރަޖައަށް ވެއްޓިފައި ކަމަށެވެ.

މި މައްސަލައިގައި މިޑިއާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކޮށްފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ކިތަންމެ ކުޑަ އަދަދަކުން މީޑިއާތައް ޖޫރިމަނާ ކުރަން މަސައްކަތް ކުރި ކަމުގައި ވިޔަސް، މައްސަލައަކީ ފައިސާ ދައްކަން ޖެހޭތީ ނޫން ކަމަށާއި، މައްސަލަ އަކީ އެކަންކޮށް މީޑިއާތަކަށް ބިރު ދެއްކުމަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ހައިރާންވާކަށް ނުޖެހޭ ސަފާރީ ރޭޕް ކޭސްގައި ޝާމިލްވާ އެކަކީ މިހާރުގެ ރައީސް ގެ ކޮއްކޮ ޖިހނ އިނދެގެން އުޅޭ މީހާ. ދެން ޕޮލިސް ކޮމިޝަނަރުކަމުގައި ހުރި ހަމީދަކީ ރައީސް ގެ އަންހެނުންގެ ކޮއްކޮ އާއި އިނދެގެން އުޅޭ މީހާ.

    20
    1
  2. ސލ

    ބަލަ ރޭޕިސްޓުންނަކީ ސާހީ ރޭޕިސްޓުންނެވެ އެބޭފުޅުން
    ނިކަ މެތިވާ ގޮތެއް މިސަރުކާރަކުން ނަހަދާނެއެވެ ޝަރީއަތެއްވެސް ނުހިންގާނެއެވެ މަޖިލީހުގައި ކުއްލިމައްސަލަ
    އެއްގެ ގޮތުގައި ބަހުސް ކުރީ މަ އެއޮތީ ނުހަނު ރީތިކޮށް
    އެކަން ނިމިފައެވެ ސިޔާސީ އުކުޅު ދަންނަ މީހާ އެތާގައި އިންނާނެއެވެ.

    24
    1
  3. ކެލާކުރޮޅި

    ކީއްކުރަންތަ ހައިރާންވަނީ ރަން30އަހަރުގަވެސް މިކަހަލަ ކަންތަށް ހިގަޔޭ އަހަރުމެން އަޑުއަހަން އޭރުގެ ރޯޔަލް ޅިޔަންބޭފުޅުން ބެރުޖަހާފަ ރަށްރަށުގެ ގޭގެއިން ނެރޭ ވާހަކަ މީވަރަށް ވާހަކަ ގުދޯ ގުދޯ އޭ ތިގޮވެނީ

    4
    7
  4. ޗާލު

    ރޯޔަލް ރޭޕިސްޓުން ސަލާމަތްކުރަން ހަދައިގެން އަތަށް ނުގޮއްވާތި.

    9
    1
  5. މ

    ޢެންމެން ފަލީހަތް ކުރަމުން ދުވި ތޮއްޔިބު ޝަހީމް މިއަދު އެވަނީ ފަލީހަތް ވެފައި...ﷲ ގެ ކުޅަދުން ވަންތަ ވެރިކަން
    ނިކަން ދެކެބަލާ...ޓުވިޓަރ އަދި ފޭސް ބުކުގައި މިއަދު ކީކެބާ ކިޔާނީ

    9
    1
  6. ނ

    ޢަންހެނުން ގެ އިއްފަތް ފޭރުމުން ހިމާޔަތް ކުރާމީހުން
    މި ބިންމަތީގައި ދާދި އަވަހަށް ނިކަމެތިވާނެ
    ބަލަން ތިބޭތި...މިއީ ވަރަށް ވާހަކަ

  7. ނ

    ކޮބައިހޭ...ތޮއްޔިބު ޝަހީމް...
    މިއަދު ތިޔަ އޮތީ .. މުޅިރާއްޖެއަށް ބޭޒާރު ވެފައި
    ޢަދި ވެސް އެހެން މީހުންގެ ފަތިފުށް ލިޔާތި

    8
    1
  8. ލައިޓް

    ފޯތް ސްޓޭޓް (މިނިވަން މީޑިއާ)އަކީ ޑިމޮކްރެސީގެ ޢެއް ތަނބު. 4 މީހުންގެ 8 ލޮލުން ރިޕޯޓް ކުރަން މަޖިލީހުން އެދޭނަމަ މީޑިއާ ޖެހޭނީ ވެންޓިލޭޓަރުގަ ބާއްވަން

    6
    1
  9. ލ.ގަމު

    ބައްޕާ ފުޅުގެ ގޮތްދޫނުކު ރުމާއި މެދުގައި ހައި ރާނެތް ނުވޭތޯ އިސްލާމްދީނުގައި ގޮތްދޫނުކު ރުމަކީ ކިހާވަ ރެއްގެ ކަމެއްތޯ ބައްޕާ ފުޅުކު ކު ރެންއަށްސަވާ ބައްލަވާފާނުތޯ 30އަހަ ރު ދިވެހި ރާއްޖޭގައި ބޭނުން ފުޅުވާގޮތަކަށް ވެ ރިކަން ކު ރައްވަމުން ގެންދެވީ ހަމަހިމެންކަމާއި އެކުގައި ރައްޔަތުންގެ އިހު ރާމާއި ލޯބިލިގެން އެހެންނޫންތޯ ނަމަވެސް ކޮށްކޯފުޅުގެ ދުސްވަދުއްވާލުމަށްޓަކަ މިދިވެހިބިމަ 19 ދިވެހީން ޝަހީދުކޮށްލި ކެ ރަފާޢާއިލާގެ ދިފާއުގައި ބައްޕާފުޅު ތެދުވެވަޑައިގަތީ ބޮޑުކުށްވެ ރިޔަކަށްވެ މުޅިދުނިޔޭގެ ކު ރިމަތީބޭޒާ ރުވެގެން ނަމަވެސް ކޮށްކޯފުޅުގެ ދުވަސްދުއްވާލުމަށް ބާޕާފުޅު ކެ ރަފާޢާއިލާ ދިފާއުކުރުމަށް ތެދުވެވަޑައި ގަތްހިސާބުން ރައްޔިތުންގެ ހިތުގައި މަނިފާނުގެ ބައްޕާފުޅަށް އޮތްލޯބާއި ގަދަ ރުގެއްލިގެންދިޔައީ ހިތާމަޔާއި އެކުދަންވަޖެހެނީ މަނިފާނުގެ ބައްޕާފުޅު އެހުންނެވީ ބަޑިބު ރާފަތީ ގައި ނަވާ ރަދިވެހީގެ ލޭ އެބައެއްގެ ސަބަބުންމިބިމަށް އެވެސް ރަޖުމަތް ނެތި މިދިވެހިބިމަށް އޮހޮ ރުވާލި ބޮޑު ބާޣީކެ ރަފާ ޢާއިލާގެ ދިފާއުގައި އެބައިމީހުނަށް ބައިއަހިފައި އެބަގަނޑުގެ ދިފާއުގައި މިއަދުވެސް މަނިކުފާނު ފިޔަވައި ދެނިބި އެންމެހައިބޭފުޅުން އެތިއްބެވީ އެބޮޑުބާޣީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެޢާއިލާގެފަހަތުގައި އެލާދީނީ ބައިގަނޑު ހިޔާޔަތް ކޮށްގެން ރައީސްޔާމީން އަށްޓަކައި މަނިކުފާނުގެ ހިތުގައި ޒައް ރެއްގެ މިންވާނަމަ އަލްހަމްދުލިއްﷲޝުކު ރު!

    8
    3
  10. ކަޅުބެ

    ރޭޕިސްޓުންނަކީ މިހާރުގެ ސަރުކާރަށް ވަރަށްމަތީ ދަރަޖައެއް ކަނޑައެޅިފައިވާ ރޯޔަލްހާންދާނުގެ ޝާހީ ބައެއް މިކަންގުޅިފައިވަނީ ސަރުކާރާ ކަމަށް ވަނީ ބެލެވިފައި......!!!!!!!

    7
    1
  11. ހަސަދު

    މަނިކުފާނު ތިޔަކިޔާ ރަން 30 އަހަރު ސަރުކާރުގައި އުޅުނު ނަމަ ހައިރާނެއް ނުވީސް. އިއްޒަތްތެރިން ރަށްރަށް ގޮސް އެގަތް ގަނޑު ތަކޯ.

    3
    1
  12. ރާޅު

    މިދިޔަފަސް އަހަރު ލަމޭމެން ހަމަ ހައިރަން ނުވޭދޯ ؟؟

    1
    2
  13. ނައިސް

    ޖީހާން އަކީ ރައީސްގެ ކޮއްކޮ އެއް ނޫން. ޢެއީ ރައީސްއާ ތިމާގެ ކުއްގެއް.. މަންމަ ފަ ރާތުން .

  14. ފަތުހުﷲ

    ތިމާގެ މުސްކުޅިބަފާ ' ކުރީގެ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް މައުމޫން ، ޖަލައްލައި ގެން ރައީސްޔާމީނު އުޅުނުއިރު ކަމުގެތެރޭ އުޅެވުނުލެއް ބޮޑުކަމުން ޔާމީނު ދެކެބިރުން އަނގަހުޅުވާލަން ނުކެރުނު ފިނޑިއެއް، މިއަދު ރަނގަޅުނިޔަތެއްގައި ބަހެއްބުނާނެ ކަމަށް ޤަބޫލެއްނުކުރެވޭ! ޢަޑީ ގައި ނުބައި ރޭވުމެއް އޮތީ ، މީޑިއާއަށް ފެންނަން، ރަޢީސްކަމުގެ ގޮނޑި ފެންނަހެންހީވޭ! ބުނަން ކަލެއައްވުރެ ހައްގު އެފަދަ ކަމަކަށް ކުރިއަށް އޮތްތަނުގައި ބުރުމާގެންގުޅުނު ސައީދުވެސް ނޫނީ އަދުރޭވެސް..ނޫނީ ދުންޔާވެސް!!!!

    1
    4