ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންހެނެއްގެ އުރަމަތީގައި ހިފި ކަމަށް އަންހެނަކު ބުނާ އަޑު އިވޭ އޯޑިއޯގެ ސައްހަކަން ފުލުހުން ބަލަން ފަށައިފިއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ އޯޑިއޯއާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ އިމްރާންއާ ގުޅޭ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އެކަމަކު، އޯޑިއޯ މީސް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިހާރު މީސް މީޑިއާ ދައުރުވަމުން އަންނަ އޯޑިއޯއިން އެނގޭ ގޮތުގައި ވާހަކަ ދައްކަނީ މިނިސްޓަރު އިމްރާންގެ ފަރާތުން ޖިންސީ އަނިޔާތައް ލިބުނު ކަމަށް ބުނާ އަންހެން މީހާއެވެ.

ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ އެ މީހާ އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް ދެ ފަހަރެއްގެ މަތިން މިނިސްޓްރީއަށްވެސް ގޮސްފައި ވެއެވެ. އެހެން ނަމަވެސް އެކަން ޖެންޑަ މިނިސްޓްރީން ބަލާފައި ނުވާ ކަމަށްވެއެވެ.

ޖެންޑާ މިނިސްޓަރުގެ ނައިބުންގެ ތެރޭގައި މިނިސްޓަރު އިމްރާންގެ މިހާރު އަނބިކަނބަލުން ފާތިމަތު ޔުމްނާ ވެސް ހިމެނޭއިރު، އެ އަންހެން މީހާ ދެ ފަހަރެއްގެ މަތިންވެސް ޔުމްނާއާ ބައްދަލު ކުރުމަށް ހުށަހެޅިއެވެ. ނަމަވެސް އެ ފުރުސަތު ދީފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް މިނިސްޓަރު އިމްރާންގެ މައްޗަށް ކުރެވުނުތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މީގެ ކުރިންވެސް މިކަން ކަށަވަރު ކުރުމަށް "ވަގުތު" އިން މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް ކަމާއި ގުޅުން ހުރި އިދާރާތަކުގެ އެއްބާރުލުން މިކަމަށް ލިބިފައެއް ނުވެއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ޞަހީފާ

    ބޭރުކުރޭ ހިޔަޅު!

    20
    27
    • ނަކް

      މަވަސް އޯޑިއޯ އެއް ހަދައިފާނަން ޔާމީނުވެސް މަގޭ މިވެނިތަނެއްގަ ހިފިޔޭ ކިޔާފަ.. ތިޔައީ ސްޓަންޓް

      27
      27
      • ކާފަރު

        ކޭކު އިމްރާން.. ކާކު އޭނަޔަށް ޝޭޚުކަން ދިނީ..

        23
        15
    • ކާފަރު

      ބޭރުކުރޭ ޔަހޫދީ ޝަހޫދީ ޝޭޚް..

      16
      18
  2. އެލްޖޭ

    ރޭވުމެއްހެންހީވަނީ! ސިޔާސީ ކަމަކާވައްތަރީ ދުވަސްވަރުގެގޮތުން!

    53
    12
  3. ރެފްރީ

    މިވެރިންގެރޭވުން ވަރަށްވެސްހީލަތްތެރި ... އެމްޑީޕީ ނޫންމީހަކުނުބަހައްޓަން ރާވާރޭވުންމިފެންނަނީ ... ވަރަށްވެދުން ..

    60
    2
    • ޢަބްދުއްލަޠީފު

      ތީޖަލުގެ ތޭރިތަކުގެ ފުރަގަހުގަ އޮންނަން ޖެހޭމީހެއް. މާބޮޑުމޮޅެއްވާން ވެގެން އޭނަ ނެރެގެން ގެނެސް ދާޚިލީ ވަޒީރުކަން ދިނީމަ ހީވީ ބަޔަކަށް މާބޮޑު ކެއްސެއްދެވުނީކަމައްދޯ؟ ފެށުންގޯސް. ދެން ކޯއްޗެއްބާ ރަގަޅުވާނީ؟ ފެށުނުގޮތަށް ނިމިގެންދާނީވެސް. އަހަރެން ހުރިން އެއްދުވަހު ތި އިމްރާނު ހިލޭ އަންހެނަކާ ފޯނުން އަނގަތެޅި އިރު އެ އަންހެންމީހާ ކާރީ ބަލަހައްޓައިގެން. އޭނަ ނިމުނީމަ ވާހަކަ ދައްކަންކަމަށް. 30 މިނިޓް ވީ އިރުވެސް ކޯލް ނުނިމިގެން މަ ޖެހުނީ ދާން. އަހަރުމެން ފިރިހެނުން ގުޅީމަ ފޯނެއް ނުނަގާނެ. މި އަންހެން މީހާ އާ ސްޓޯރީ ޖައްސައިގެން ކޮން ސަކަރާތެއް؟ އެހާވެސް އަންހެނުންނަށް ދޯޅުމީހެއް އިމްރާން އަކީ. 30 މިނިޓުންވެސް އޭނަޔާ ވާހަކަ ދައްކާލެވޭވަރު ނުވި ވިއްޔަ

  4. ޓ

    ޒީރޯ ޓޮލެރެންސް....
    ޙުރިހާ ކަމެއްގައި....އެކަމު ވަކިބައެއްގެ
    ކޮބައިހޭ. ޓޮއްޔިބު ޝަހީމް...ސްމިތު...

    55
    1
  5. ޚ

    ޢަނެއް ގަސް ކަނޑާލަނީ
    ޢޭރުންތާ ރަނގަޅަށް ހިންދެމިލާ ޖަރީމާ
    ޙިންގޭނީ....އެމް ޑީ ޕީގެ އަސްލު ސޫރައަށް
    ޜުޖޫއަވަނީ

    68
    1
  6. ވަރުވާ

    ޢިމްރާން އެ މަޤާމްގައި ހުރެ، ފުލު ހުން އެ މައްސަލަ ބަލައިގެން ސައްޙައެއް ނުވާނެ.

    28
    21
  7. ސްނޯ

    މުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކިހާ ބޮޑު ކަމެއްކަން ހަމަ ނޭނގެނީތަ؟ މިކަހަަލަ ޔަޤީން ނުވާ ވާހަކަ ނޫސްތަކުގައި ނުވަތަ އެނޫން ތަނެއްގައި ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރުކުރޭ. ސަބަބަކީ ބައެއް މީހުން އެވާހަކަތައް ޤަބޫލުކުރުން ޔަޤީން ނުވާއިރުވެސް އަދި އަނެއްބައި މީހުން ޝައްކު މަތީގައި ތިބުން. ނޫސްވެރިކަން ވެސް މިއަށްވުރެ ޒިންމާދާރު ކޮށް ހިންގަން ވެއްޖެއެއްނު. ދުނިޔޭގެ މަޝްހޫރު މުސްލިމް އެތްލީޓެއްގެ ބައްޕަ ނިޔާވުމުން އެވާހަކަ ގެނައިންތަ؟ އޭނާ ދައްކާފަ ހުރި ރަނގަޅު ވާހަކަތައް ގެނައިނަމަ...... ނޫސްވެރިކަމުން ދީނަށް ނަޞްރުދީ މުޖްތަމަޢަށް ފައިދާ ކުރެވޭނެ. އަހަރުމެންނަށް ކޮންކަމެއް ފިލްމު ކުޅޭ މީހަކު ބަނޑުބޮޑު ވެއްޖެއްޔާ ނުވަތަ އަނެކަކު ވަރިވެއްޖެއްޔާ. އެކަހަލަ ކޫސަނި ޚަބަރު ނުގެނެސް ރަނގަޅު ޚަބަރުތައް ގެނައުމަކީ ވަރަށް ބޮޑު އެދުމެއް.

    29
    7
    • ކާފަރު

      ކަލެޔައް ކޮންކަމެއް މިނިކާވަގާ..

      1
      21
  8. ޒުހޫ

    ހާދަ މައިތިރިނުވެގެން އުޅޭ ބައެކޭދޯ މަތީފަޑީގަ މިތިބެނީ

    34
    4
  9. އެޖެންޑާ 19 ސީރީޒް

    ޗިޗަންޑާ 19
    ޖިންސީ 19
    ކީރިތި 19
    ކޮތަރުކޮށި 19
    ފޮށޭ 19
    ލާދީނީ 19
    އިހުމާލު 19
    ނާސްތާ 19
    ކާޕެޓް 19
    ނާޗަރަންގީ 19
    ބަދުއަހުލާގީ 19
    ކޭބަލް ކާރު 19

    50
    3
  10. ސިރޔފާން

    މަވެސް ހެކިދޭނަން ކަނޑައެޅިގެން ފޮލިހުން ހެދި ދޮގެއްކަން. މައްސަލަ ހުށައަޅާފަ އިންނާނި ފޮލިހައް ފޮލިހުން ބުނަންވެސްބުނެފަ އިނީ ކިހިނެއްހޭ މައްސަލަ ބަލާނީ ބޮޑަކަށް ހުރީ އިމްރާނުއޭ މަޑުމަޑުން ހުންނާށޭ. އިމްރާނު، ސިދާތާ ފޮލިހުގެ ބައެއް މީގަ ޒިންމާވާންޖެހޭނެ.

    14
    5
  11. ލލ

    އޮފީސްތަކުން އަންހެން ވެރިން މަދުކުރަންވީ މި ޤައުމު ފަސާދަވަނީ އޮފީސްތަކުގައި އަންހެނުން ގިނަކަމުން !⁰

    59
    7
  12. ކަމަނަ

    މިހާރު ތިޔަދާވަރުން މިސަރުކާރުގެނަން ބަދަލު ކުރަންޖެހިއްޖެދޯ (ޖިންސީ ގޯނާކުރުން ހައްދުން ނައްޓާފައިވާ ސަރުކާރު) ރޯޔަލް ސަރުކަރު

    37
    3
  13. ބަކުރު

    ސައްހައެއް ނުވާނެ ސައްހަވެއްޖިއްޔާ ހޯމްމިނިސްޓަރަކަށް ގެންނާނީ ކާކު؟

    33
    2
  14. ސިޔާސީ

    ތީ ސިޔާސީ މީހުން އަޑީގަ ތިބެގެން ކުރާ ކަންކަން. މީގެ ކުރިން ވެސް އުޅުނު ތިހެން އަގުވަށްޓަން

    15
    3
  15. ސްނޯ

    މުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކިހާ ބޮޑު ކަމެއްކަން ހަމަ ނޭނގެނީތަ؟ މިކަހަަލަ ޔަޤީން ނުވާ ވާހަކަ ނޫސްތަކުގައި ނުވަތަ އެނޫން ތަނެއްގައި ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރުކުރޭ. ސަބަބަކީ ބައެއް މީހުން އެވާހަކަތައް ޤަބޫލުކުރުން ޔަޤީން ނުވާއިރުވެސް އަދި އަނެއްބައި މީހުން ޝައްކު މަތީގައި ތިބުން. ނޫސްވެރިކަން ވެސް މިއަށްވުރެ ޒިންމާދާރު ކޮށް ހިންގަން ވެއްޖެއެއްނު. ދުނިޔޭގެ މަޝްހޫރު މުސްލިމް އެތްލީޓެއްގެ ބައްޕަ ނިޔާވުމުން އެވާހަކަ ގެނައިންތަ؟ އޭނާ ދައްކާފަ ހުރި ރަނގަޅު ވާހަކަތައް ގެނައިނަމަ...... ނޫސްވެރިކަމުން ދީނަށް ނަޞްރުދީ މުޖްތަމަޢަށް ފައިދާ ކުރެވޭނެ. އަހަރުމެންނަށް ކޮންކަމެއް ފިލްމު ކުޅޭ މީހަކު ބަނޑުބޮޑު ވެއްޖެއްޔާ ނުވަތަ އަނެކަކު ވަރިވެއްޖެއްޔާ. އެކަހަލަ ކޫސަނި ޚަބަރު ނުގެނެސް ރަނގަޅު ޚަބަރުތައް ގެނައުމަކީ ވަރަށް ބޮޑު އެދުމެއް. ސަލާމް.

  16. މާހުޅުނބު

    އަންހެނުން މަދުކަމުން ކައުންސިލް ތަކުގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރި ސަބަބު މިއޮތީ...

    15
    1
  17. ބްރޯ

    މަބުނީ ބައެއް ކަންކަމައް ހާދަ އަވަހޭދޯ އެކްޝަން ނެގޭލެ. އިމުރާނޫ ކޮބާ ހީވޭކަމެއްހެން؟

    17
    2
  18. ސަރުކާރުގެ ޑޯލް

    ތުހުމަތެއް ކުރެވޭނަމަ ސައްހާ ވިޔަސް ނުވިޔަސް ރަނގަޅު ގޮތަކީ މަޤާމުން އެއްފަރާތްވެލުން

    15
    2
  19. ވަތަނަބެ

    މުޅި ސަރުކާރުގައި ހުސް ޖިންސީ އަނިޔާ. މުޅި ޤައުމުގައި ވެސް ޖިންސީ އަނިޔާ. ސާބަހޭ ސަރުކާރަށް . އެހެން ކަމެއް ނުކޮށް ތިކަމުގައި އުޅުއްވާ އެންމެން.

    18
    5
  20. ރާއްޖެ

    އެމްސީ ހަމީދު ޕާޓީ ކުރި މައްސަލަ ކޮބާ؟

    24
    1
  21. علي وحيد

    ސޭޚުކަން އޮޔާލާ ލާދީނީ ތާޖުބޮލުގަ އަޅައިގެން ލާދީނިއްޔަތައް ހިތްވަރުދޭ ބަޔަކަށް ބައިޢަތު ހިފައިގެން ހުއްޓަސް އިމްރާނުގެ މަގާމު ގެއްލުވާނީ ޖިންސީ ބުލެކްމެއިލްކޮގެން އަދި މީލާދީނީ ސަރުކާރުގެ ކޯލިސަން ކޮންމެ މިނިސްޓަރަކު ބޭރުކޮށްލާނީ ޖިންސީ ބުލެކުލިސްޓައް އަރުވައިގެން ތިއީ އެމްޑީޕީ

    18
    2
  22. މަޖުބޫރީހާލަތް

    މީ ހަކު ހަބަރަކައިގެން އަތުވެއްޖެނަމަ ކަމުގެ ދޮކޮޅު ބަލަންޖެ ހޭ ބުނުމަކައް މީ ހުންގެ އަބުރުކަތިލަން ހެޔޮނުވާނެ

    14
  23. Anonymous

    ކަލޯ އެންމެން ރޭ÷ޕްްއަށް ފައްސި ވަނީތަ

    15
  24. ާއަލީ

    ދެން އަންނާނީ ޕުރީޕެއިޑު އެފިސޯޑު ،، ހުރިހާ އެއްޗެއް ގޯނިން ނިކުންނަނީ. ދެން ލަލަލާ.

    14
  25. އަފުން

    ހަހަހަހަހަހަހަހަހަހަހަހަހަހަހހަަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހހހހަހަހަހަހަހަހަހަހަހަހަހަހަހަހަހަހހަހަހަހަހަހހަހަހަހަހަހަހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހހަހަހަހަަހހހހޮޮހޮހޮހހޮހޮޮހހޮހހޮހޮހޮހޮހޮހޙޯޙޯޙޯޙޯޙޯޙޙޯޙޯޙޯޙޯޙޯޙޯޙޯޙޯޙޯޙޙޯޙޯޙޯޙޯޙޙޯޙޯޙޯޙޯޙޯޙޯޙޯޯޙޯޙޯޙޙޯޙޯޙޯޙޯޙޯޙޙޯޙޯޙޯޙޯޙޯޙޯޙޯޙޯޙޯޯހަހަހަހހަހަހަހަަހހހަހަހަހހަހަހަހަަހަހހަަހަހަހހަހަހހަަހހހަހހހހ މަހަމަ ހީހީ ހީހީ ހޭނެތޭ އެބަ މިއަދު!
    އިމްރާނޫ މި އެޖެންޑާ 19 ދިރިގެން ވުޖޫދަށް ނުކުންނަނީ މި! ނަޝީދު ކުރިންވެސް ވެރިކަމަށް އައިސް ލޭޑީ ޕްރިޕެއިޑްތައް އުދުއްސީ! މި ފަހަރު އެހެން ލޭޑީތައް އެބަ އުތުރޭ އެކި ދިމަ ދިމާލުގައި! ތިއޮތީ ވަގުތު ޖެހިފައި! ހަހަހަހހަހަހަ ަ އަބުރު ވެސް ނަފުސުވެސް އިމްރާންވެސް އޮޔާލާނެ! ބޮޑުވަޒީރު ފިލާހުރެގެން ކުޅިކުޅެލަނީ! ހަހަހަ