ސްޕޯޓްސް ކައުންސިލްގެ ރަޢީސް އިބްރާހިމް އިސްމާޢީލް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އިބްރާހިމް އިސްމާޢީލް ކޯވިޑް-19 އަށް ޓެސްޓުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ނަތީޖާ ލިބިފައި ވަނީ ރޭގެ ވަގުތެއްގައެވެ. ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި އިބްރާހީމް އިސްމާޢީލް ވަނީ ހުޅުމާލޭ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް އިސްމާޢީލްގެ އާއިލާގެ މެމްބަރުންނާއި އޭނާ އާއި ގާތުން ބައްދަލުވެފައިވާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އިބްރާހިމް އިސްމާއިލްގެ އުމުރުފުޅުން 70 އަހަރެވެ. އެހެންކަމުން އޭނާ އަކީ ކޮވިޑް-19 ޖެހުމުން ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ އުމުރުގެ ބޭފުޅެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަކީ ކުޅިވަރުގެ ދާއިރާ އިންނާއި ތައުލީމީ ދާއިރާ އިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 43 އަހަރު ދައުލަތުގެ އެކި މަގާމުތައް އަދާކުރައްވާފައެވެ.

މިހާތަނަށް ރާއްޖެ އިން 2762 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަނާ

    މާތްﷲ ގެ ހެޔޮރަހުމަތުން އަވަސް ޝިފާއަކައެދެން..

    36
  2. ޢަލިބެ

    އަވަސް ޝިފާއެއް މިންވަރުކުރައްވާށި. އާމީން.

    30
  3. ާއަސަދު

    މުސްކުޅިން ނަކީ ޤައުމުގެ ތަރިކަ

    16
  4. އާއިޝަތު

    މާތްﷲ ގެ ހެޔޮރަހުމަތުން އަވަސް ޝިފާއަކައެދެން

    17
  5. އަޙްމަދު

    އަވަސް ޝިފާއަކަށް އެދެން.

    18
  6. ޝަކީލާ

    މާތްﷲ ގެ ހެޔޮރަހުމަތް ފުޅުން ސަރ އަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި ސާއަށާއި ޢާއިލާއަށް ކެތްތެރިކަން އިތުރު ކުރައްވާށިއެވެ. އާމީން

    11
  7. Anonymous

    އެމަނިކުފާނާއި ޢާއިލާއަށް އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން. މީ އަސްލު ދިވެހިލޭހިނގާ ދަރިން. އަގުނުކުރެވޭވަރު ޚިދުމަތްތެރިން.

    13