ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭސްފަރުވާއަށް ގެއަށް ބަދަލު ކުރުމަކީ މިހާރު ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމެއް ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީންގެ ބަލި ހާލު ހުރިގޮތުން ބޭސްފަރުވާ އަށް ގެއަށް ބަދަލު ކުރުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް." ކަމަށެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެ، އަމިއްލަފުޅަށް ހިންގަވައި އުޅުއްވަން ވެސް ދަތިވެފައިވާ ކަމަށާއި އެހެންވެ، އެ މަނިކުފާނު ގެއަށް ބަދަލުކުރަން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ވަނީ މިމަހުގެ 05 ވަނަ ދުވަހު ވެސް ގޮވާލާފައެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެމަނިކުފާނު "ސްޓްރެސް ފްރީ" މާހައުލެއްގައި ހުންނެވުމުގެ ފުރުސަތު ދެއްވުމަށް ޑޮކްޓަރުން ލަފާދެއްވިތާ ވެސް މިހާރު އަށެއްކަ މަސް ވެއްޖެއެވެ. ނަމަވެސް އަދިވެސް އެމަނިކުފާނު ހުންނެވީ ޖަލުގައެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް މީގެ ކުރިން ވެސް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި އާއިލާ އިން ވަނީ އެތައް ފަހަރަކު އެދިފައެވެ. ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވާއިރު އެމްއެމްޕީއާރްސީ ޚިޔާނާތުގައި އެންމެ އިސްކޮށް ބައިވެރިވި ކަމަށް ދައުލަތުން ތުހުމަތު ކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީ ޚިޔާނާތް ހިނގިއިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު، ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގަތުމާއި އެކު ވަނީ ގެއަށް ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ލަކީ

  ހެހެ ކޮބާ އުމަރު ނަސީރު ދެން ފަހުބަސް ބުނާނީ އުމަރު ނަސީރު ރައީސް ވަހީދަކީ މިހާރު ކޮން ސަޕޯޓެއްތޯ އޮތީ ވިދާޅުވެ ދެއްވާ

  2
  4
 2. ހަޖަމް

  ޑޮކްޓަރެ ފާތުމަ އަށް ނުދައްކާ ރަގަޅެއް ނުވާނެ.

  3
  14
  • އަލީ

   ޑރ ފާޠިމާއަށް ވެސް ދައްކަން ޖެހޭ. ހުސް އެކަނި ލދ ލައިލާއެއް ނޫން އެއްޗަކީ

   6
   2
 3. 19 ނަވާރަ

  ރ ޔާމިން ޖަލުގަ ބަހައްޓުމުން ނޫނީ ރ އިބްރާހިމް އަށް ވެރިކަމުގައިނުހުރެވޭ ވީމާ އެމަނިކުފާނު ގުދާރު ބިދުނަސް ބަހައްޓާނީ އެތަނުގައި

  2
  3
 4. މީހާ

  ޔާމިން މެން ގެއިން ބޭސްކުރެވެން ހުރޭތޯ؟؟؟؟؟/

  4
  3
  • ޟޯދު

   ޅިޔެފައޮތް އެއްޗެރަނގަޅަކިޔާބަލަ އޭގައި އެބައޮތްދޯ ޓްރަސްފްރީ މާހައުލަކަށް ބަދަލުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް ' މޭލް އެއް މާލެ އެއް ނޭގޭ ކުދިންނަށް މިހެންވެދާނެ

   1
   1
  • Anonymous

   މިހިރަ ރީނދޫތައް ހޭބަލިވެގެން މިއުޅެނީ. ޑޮކްޓަރުންނަށްވުރެވެސް

 5. ުއުނދުޅި

  ވަހީދު ކުއްވެރިން ބަލިވީމަ ގެއަށް ގެންގޮސް ދައްކަނީ ކާކަށް. ޕާޓީން މަގާމެއްލިބޭއިރަށް ކިހިނެއްވެފާތަ މިބުރާންތީނައް މިހުންނަނީވެފަ

  2
  6
 6. ޢަބްދުލްމުހައިމިން

  ވަޙީދުއަކީ އަންނި ވެރިކަމުގައި ހިންގި ބަޣާވާތުގެ ބައިވެރިއެއް. އޭގެ އެއް ހެއްކަކީ ހޭވައްޓާލާފައި ރައީސްކަމާ ހަވާލުވުން. އެހެންނޫންނަމަ، އެދުވަހު ވަޙީދުވެސް ޖެހޭނެ އިސްތިއުފާ ދެއްވަން. އެހެންކަމުން ވަޙީދަށްވެސް ޖަލުގެ ތޭރިތަކުގެ ނިވަލުން ހިޔާ މިނިވަންކަން ދެއްވާ މުގު ރިހައިގެ ފަރިއްކޮޅު އަރުވަން ޖެހޭ. މިހާރުވެސް މާ ލަސްވެއްޖެ.

  1
  3
 7. ވ

  މީހަކު ހޭ ދެބައިވެގެން އިސްތިއުފާ ދިނަސް ގާނޫނު އަސާސީގައ ނޯވޭ އިސްތިއުފާ ދޭކަށް ހުރިހާ މިނިސްޓަރން ލައްވާވެސް އަންނި އިސްތިއުފާ ދީފައި ނާޗަރަނގީ ކުޅުވި ފްލޮޕްވީ އެދުވަހުވެސް ބުނަްން ވީއެއްނު ބަގާވާތެކޭ