ރޮދިރޯލަކާއި ތިން އެއާޕޮޑެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ ޖުލައި 3 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި، ކަނބާއައިސާ ރަނިހިނގުން، އެސްޓިއޯ ހެޑް އޮފީސް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ރޮދި ރޯލަކާއި އެމީހާ އެވަގުތު ހުރި ސަރަހައްދުގައި ހުރި ސައިކަލެއްގެ ވަށިގަނޑެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތިން އެއާޕޮޑް ކަމަށެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުވައި އިންސިޑެންޓް ނަންބަރު 06195 ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާއި ހަވާލުވެލެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމްސިއްޔާ

    ރޮދިރޯލް އެއީ ކޯއްޗެއްތަ؟؟

    3
    1