އެންމެ އަވަހަށް އިޤްތިސާދު ހުޅުވާލި ޤައުމަކަށް ދިވެހިރާއްޖެ ވުމަކީ ފަޚުރުވެރިކަމެއް ކަމަށާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަކީ "ހީރޯ" އެއް ކަމަށް، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބުނެފިއެވެ.

އިއްޔެ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއި ގުޅިގެން، ރާއްޖެއަށް އައި ގަތަރުގެ ފްލައިޓްގެ ފޮޓޯއެއް އާންމުކޮށް ޑީއާރުޕީން ކުރި ޓްވީޓުގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ފުރަބަންދަށްފަހު ބޯޑަރު އެންމެ އަވަހަށް ހުޅުވާލި ޤައުމަކީ ރާއްޖެ ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހަކީ ހީރޯއެއް ކަމަށް ބުނެ އެމަނިކުފާނަށް ޝުކުރާއި މަރުޙަބާ ދަންނަވާ ކަމަށް ޑީއާރުޕީން ބުނެފައި ވެއެވެ.

"ކޮވިޑް-19ގެ ލޮކްޑައުންނަށްފަހު ބޯޑަރު އެންމެ އަވަހަށް ހުޅުވާލާ އިޤްތިސާދު ހުޅުވާލި ޤައުމަކަށް ރާއްޖެ ވުމަކީ ފަހުރު ވެރި ކަމެއް. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ހީރޯއެއް. ޝުކުރިއްޔާ ރައީސް. މަރުހަބާ" ރައީސް ސޯލިހުގެ ޓްވީޓާ އެކައުންޓު ޓެގުކޮށް ޑީއާރުޕީން ކުރި ޓްވީޓުގައި ވެއެވެ.

https://twitter.com/drpmaldives/status/1283468583624781825

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އިއްޔެ އަލުން ހުޅުވާލީ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާވޭސްގެ ފްލައިޓުން ރާއްޖެއަށް 128 މީހުން އައިސްފައި ވެއެވެ. އޭގެތެރޭގައި ފަތުރުވެރިންގެ އިތުރުން 24 ދިވެއްސަކުވެސް ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިޔަސް ގިނަ އެއާލައިންތަކުން ދަތުރު ފަށާނީ އަންނަ މަހުއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ރާއްޖެ އިން ވަނީ ޗައިނާ ފަތުރުވެރިން ރާއްޖެ އައުން ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު މަނާ ކޮށްފައެވެ. އޭގެ ފަހުން އެކި ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އައުން އެކި ފަހަރުމަތިން މަނާކޮށް ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދު ކުރީ މާޗް މަހުގެ ފަހުކޮޅުއެވެ.

ސަރުކާރުން ވިދާޅުވީ، ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިކަން ފެށުމުން މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާއެކުވެސް މިއަހަރުގެ އަމާޒަކަށް ވާނީ ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މީސް މީޑިއާ

    ޢެކަމަށް ދެވިހިފާފަހުރި މީހަކު އުޅޭ ޕާރޓީއަކުން ތިހެން ބުނެގެން އަހަރެމެން އުފަލެއްނުވޭ އަދިވެސް ނުރައްކާއޮތީ

    60
    • ޒައޭ

      ތިކަމާ ވެސް އެންމެ ދެރަވާނީވެސް ކެނެރީގޭ ނަޝީދު.. އަހަރުން ހިތަށް ކެހެރުވަކެކޭވެސް ނާރާ..

  2. ބޭބެ

    ކޮވިޑް19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ ބައިތުލްމާލުން 900+ މިލިޔަން ރުފިޔާ ދަވާލި އެވޯޑު ހިންނަވަރު ބުއްޅަހުއްތު އަށް ދޭން ވާނީ. ރައްޔިތުންގެ ބައިތުލްމާލުން އެޑްވާންސްއަށް ފައިސާ ދީގެން އޯޑަރު ކުރި 2/1 ވެންޓިލޭޓަރަށް ވީނުވީއެއް ނޭނގޭ... ބުއްޅަހުއްތު ވަގު

    49
    1
  3. ހީރޯ

    ސޯލިހު ހީރޯ ޒީރޯއަށް ވެއްޓޭތަން ފެންނާނެ.

    59
    3
  4. Anonymous

    ކޮއްކޮގެ ފިރިސޮރު ކެންޔާ އަންހެންކުއްޖާ ރޭޕްކުރުމުން އެ މައްސަލަ އަށް ނުފޫޒުފޯރުވި މީހަކު އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކުރުމޭ ބުނުމުން ޖޯކަކަށްވަނީ.

    44
  5. އަލީ

    ހީރޯ ޓޮލެރަންސް އެބަފެނެ.

    29
  6. ސުސް

    ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްހޫ މް ތިއޮތީ ވަރަށް ފަހުރުވެރިކަ މެއް ކުރެވިފަ.، މި ރާއްޖޭގެ އެއް މެން މަރަން ތިއުޅެނީ.،

    32
  7. އާބިދާގެ ޖިންނި

    މިޤައުމު ހަލާކަށް އެދޭމީހުންތިއީ، ތިމީހުންގެ ސަބަބުން މިހާބޮޑަށް ދިވެހިރާއްޖޭގައި ކޯވިޑް ފެތުރިގެން ދިޔައީ، ބަލި ޖެހިފައި ހުރި އިޓަލީ މީހަކު މުޅި މާލެ ތެރެއަށް ދޫކޮށްލީ ކޮންބައެއް.. އެހެންވީމަ ވަރަށް ހީރޯވާނެތާ ދޯ...

    20
  8. ބޯގޯސް

    ކޮން ކަހަލަ ހީރޯއެއް...ޖާބިރަށް ހަމަހޭމަހޭވެރިކަން ވާއިރަށް ގޮވަން ފަށާނޭ ތިޔަ އަނގައިން ތިބުނިބަސް ހަމަ ދިމާ އިދިކޮޅަށް....ތިކަހަލަ ދެއުޅި އެއްނުވާ ހީރޯއެއް...

    24
  9. ރަބަރޭ

    ފަހުރެއްނޫން އަދި ކުރިޔަށް އޮތް ތަނުގާއި އަލާކެޑޭވަރަށް ކަރުބުޑުގާއި ހިތިރަހަލާނެ
    ބޮޑުވަރު

    17
  10. ވެރިން

    2023 އިންތިހާބަށް ފަހު ހާވާލީމަ އިނގޭނީ ހީރޯ އެއްކަން ނޯނީ ޒީރޯ އެއްކަން. ޖާ ސަންސެޓު ބަލަން ދިޔަ ޓްރިޕް ކަންތައްވެސް ނުނިމި އަދި އެބައޮތް.

    16
  11. 19 ނަވާރަ

    ރ ހީރޯ ނިކަން ރީތިގޮތަކަށް ތިޔާ ކަންތައްދާނެ ތިޔާ ކަންތަކުން ކިތައް ފުރާނަ ބާ ވަކިވެގެންދާނީ މައިމޫނާ ބޮލަށް ޗިޕް ޖަހާފަ ކުރަން ފެށިކަމެއްތީ ﷲ އިރާދައިގަ ހުރިކަމެއްނޫނީ ނުވާނެ

    13
  12. ނިކަމެތި

    ކަލޭމެން ކާނެ އެއްޗެހި ހުސްވީމަ ބޯޑަރުތައް ތިޔަ ހުޅުވީ ، ރާއްޖޭގަ ބަލި ކޮންޓުރޯލު ނުވެއުޅެނިކޮއް އިތުރު ބިރުވެރިކަމަކާ ދިވެހިރައްޔިތުން މިވަނީ ކުރިމަތިލާން ޖެހިފަ ޖާބިރު ލަދެއްނުގަނޭތަ އަނގަފުޅާ ކޮއްފަ ހީރޯ ކިޔަން.

    13
  13. ނާދިރާ

    ޙޮނޑައިދޫ ވެސް ހުޅުވައިލައިފި.

  14. މަބޭ

    1 ފައްސިވީމަ ބަންދުކުރީ މިހާރު ދުވާލެއްގެމައްޗައް 30 އަދިރިޒޯޓް މުވަެްޒަފުންވެސް ފައްސިވަމުން ދަނީ ޑޮކްޓަރުމް ބުނަނީ ތިމަންނާމެންގެ ލަފަޔެއްއަޑެއްނާހަޔޭ ކަންކުރަނީސަރުކާރައް ފެންނަގިތަކަށޭ

  15. ދިޔާނާ

    ތިއީ ފަކުރެއް، ޒީރޯއެއް!

  16. ދަރަނި ދަންތުރަ

    އެއްމެ އަވަހަށް ބޯޑަރު ހުޅުވާނެތާ އެއްމެ އަވަހަށް ހަޒާނާ ހުސްވި ގައުމަކީވެސް މިގައުމުވިއްޔާ ، އެއްމެ އަވަހަށް ހަޒާނާ ދަވާލުންވެސް އެއީ ފަހުރެއްތާދޯ ސޯލިހަކީ ހީރޯއެއް ދަވާލުމުގެ ގައުމުދަވާލައިފި

  17. ނާ

    ގައުމުގެ ރައްޔިތުން ދެކެލޯބިވާ މީހުން ! ބޯހަލާކު؟ މިޔަދުވސް 68 ޕޮޒިޓވް. މި މީހުންނަށްް ބޮޑު މޮޅެއް.