2023 ވަނަ އަހަރު ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ދޭނެ ކެންޑިޑޭޓެއް ހޮވަން ޓްވިޓާގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓެއް ބޮޑު ތަފާތަކުން ޣައްސާން ކާމިޔާބު ކުރެއްވުމުން "ވަގުތު" ގައި ގެނެސްދީފައިވާ ޚަބަރެއް މިއަދު ޓްވީޓް ކުރައްވަމުންނެވެ.

ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ކައުންސިލުން އޮންނާނީ ނިންމާފައި ކަމަށެވެ. މިއަދު އެހެން އަނެއްކާވެސް ވިދާޅުވީ އެކަން ސާފުކޮށްދިނުމަށް ކަމަށް ޣައްސާންގެ ޓްވީޓްގައި ވެއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އަށް ތާއިދުކުރާ ޓްވިޓާ އެކައުންޓަކުން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓްގައި ސުވާލު ކޮށްފައި ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ދޭނެ ކެންޑިޑޭޓަކާއި ގުޅޭ ގޮތުންނެވެ.

އެވޯޓްގައި ހަތަރު ކެންޑިޑޭޓެއްގެ ނަން ހުށަހަޅާފައި އޮތެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ޣައްސާން، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް އިބްރާހިމް އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަލްހާން ފަހްމީއެވެ.

ނަތީޖާ ދައްކާ ގޮތުގައި ވޯޓް ދިން 2129 މީހުންގެ ތެރެއިން %51.9 މީހުން ބުނެފައި ވަނީ އެމީހުން ވޯޓް ދޭނީ ޣައްސާނަށް ކަމަށެވެ. ވޯޓްގައި ދެވަނަ އަށް ދިޔައީ އަލްހާނެވެ. އަލްހާނަށް %23.2 މީހުން ވޯޓް ދީފައި ވެއެވެ. ރައީސް ނަޝީދަށް %18.7 މީހުން ވޯޓް ދީފައި ވާއިރު ގާސިމަށް ވޯޓް ދިނީ %6.1 މީހުންނެވެ.

ކުރީގެ ރައީސް ޔާމީން ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާނީ މިވަގުތު ހާލަތު އޮތްގޮތުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ. ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނަމަ އެމަނިކުފާނު ތާއިދު ކުރައްވާނީ ޣައްސާން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަރާއު

    ރިޔާސީ ކެނޑިޑޭޓަކީ ޔާމީން! އެހެން ނުވެއްޖެނަމަ ޔާމީން ދެއްކި ފަރާތަކަށް އަހުރެެމެން ވޯޓުދޭން ތައްޔާރު! ޣައްސާނު މިހާރު އެހުންނެވީ ސިޔާސީ ދާއިރާއަށް ފަރިތަވެލައްވައިގެން! ޔާމީންގެ ހިންގުންތެރިކަން ޣައްސާނުގެވެސް މިހާރު ހުންނާނެ!

    26
    5
  2. މުއްތު

    ހަމަ އަސްލުވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީނު.....ޣައްސާނު ރަންކޮޅާ މޮޔަ
    ނުގޮވާ ހުރެބަލަ ޔާމީނަކަށް 2023 ގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމަކަށްކުރި
    މަތިނުލެވޭނެ ހަމައެކަނި ހުންނަވާނީ ރައީސް ނަޝީދު

    2
    23
  3. ޒަކް

    އޯކޭ.. އިބޫ ވެސް އެމްޑީޕީއިން ތިޔަހެންކީ އިލެކްޝަންއިން އިންތިޚާބު އިޢުލާނުކުރަންދެންވެސް.. ތިޔަ ކިޔަނީ ދަންނަ ލަވައެއް އިނގޭތޯ

    6
    4
  4. ކެޔޮޅު

    އަހަރުމެން އެންމެ ބޭނުންވަނީ މިގައުމު ތަރަށްގީކޮށްދެއްވި ރައީސްޔާމީން ވެރިކަމަށް ގެންނަން އެއީ އެންމެބޭނުންވާ ކަންތަށް .

    27
    5
  5. ރިހި ރާންބާގަސް

    ކިތަންމެވަރަކަށް ޣައްސާނު ޕްރަމޯޓް ކުރަން އުޅުނަސް ބަލައެއްނުގަންނަން!

    1
    8
  6. ވަތަނީ

    ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭހާލަތެއްގައި ޣައްސާނު ކުރިމަތި ލެއްވުމަ ކުން މައްސައެއް ނެތެވެ ޣައްސާނަ ކީ ވަތަނީ ބޭފުޅެ ކެކކެވެ މިހާތަނަށް ޕާފޯމް ކުރައްވާފައިވަނީ އާއްމު މަސްލަހަތުގައެވެ އަމިއްލަ މަސްލަހަތުއިސް ކުރެއްވިތަނެއް ފެންނާ ކަށް ނެތެވެ އެހެން ކަމުން ވެރި ކަމަށްވާދަ ކކުރެއްވުމަށް ވަރަށް އެ ކަށޭނަ ބޭފުޅެ ކެވެ.

    9
    2
  7. އޮޅުވާލި

    ސަތޭކައިގެ ވާހަކަފުޅެއް