ކޮވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން މަސައްކަތް ކުރެއްވި ކަމަށާއި، އެގޮތަށް މަސައްކަތް ކުރަން ފެށުމުން އެ މަސައްކަތް ކުރި މީހުން ފެނުމުން ބިދޭސީން ދުވީ ފިލަން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ލާމަރުކަޒީ ކޮމިޓީގައި ވާހަކަދައްކަވަމުން ސިފާ ވިދާޅުވީ، ކޮވިޑް-19 ދުނިޔޭގައި ދެކެވެން ފެށުމުން މާލެއަށް ދިމާވެދާނެ އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީން ރެކޯޑްކުރެވިފައި ނެތުން ކަމަށް ފެންނާތީ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަން މަސައްކަތް ކުރެއްވި ކަމަށެވެ.

"ފާހަގަވީ ބިދޭސީން އުޅޭ 703 ތަނެއް ވަރަށް ހާލަތު ދަށްކަން. ބިދޭސީން ނަންތައް އެކުލަވާލަން އުޅުނީމަ ފިލަމުން ދަނީ. އެހެންވީމަ އެގޮތަކަށް އެކަމެއް ނުކުރެވި ވަރަށް ބޮޑު ޗެލެންޖަކަށް ވެފައި ވަނިކޮށް އަޅުގަނޑުމެންނަށް އެލްޖީއޭއިން އެހާ ގިނަ ދުވަހު ފެށިފައި ނުކުރެވި އޮތް މަސައްކަތެއް ގެވެން މޮޑެލް އެހާ ރަނގަޅަށް ރޯލް އައުޓް ކުރެވެން ފެށުމާއި އެކު އެންމެ މުހިންމު ދެވަނަ ކަމަކަށް ނެގީ ބިދޭސީންގެ ދަފްތަރު އެކުލަވާލުން." ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ބިދޭސީންނާއި ގުޅޭ ކަންކަން ބެއްލެވުމަށް މިހާރުވެސް ދައުލަތުން ޚަރަދު ކުރާ ބަޔަކު އެބަ ތިބި ކަމަށާއި، ރަނގަަޅު ގޮތެއްގައި ބިދޭސީންގެ ކަންކަން މޮނިޓަރ ކުރެވޭނެ މަގު ފަހިކުރަން ޖެހޭ ކަމަށެވެ.

އަދި ކޮވިޑް-19 އަށް ފަހު ކޮންސްޓްރަކްޝަން ކުންފުނީގައި މަސައްކަތް ކުރެވޭނީ ޤަވާއިދާއި އެއްގޮތަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ނިންމަވާފައިވާކަން ސިފާ ހާމަކުރެއްވިއެވެ. އެކަމުގެ ސަބަބުން ކޮންޓްރެކްޓަރުންގެ ބަޔަކު ޤަވާއިދާއި އެއްގޮތަށް ބިދޭސީން ގެންގުޅެން ފަށާފައިވާކަމަށް ސިފާ ވިދާޅުވިއެވެ.

އެެހެންކަމުން އެފަދަ އުސޫލުތަކެއް އެހެން ދާއިރާތަކަށް ވެސް ކަނޑައެޅިއްޖެ ނަމަ ބިދޭސީން ގަވާއިދާއި އެއްގޮތަށް އުޅެން ބާރު އެޅޭނެ ކަމަށް ޤާބޫލުކުރައްވާ ކަމަށް މޭޔަރ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، އާއްމުންނާއި އެކު ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގައި މަޝްވަރާ ކުރެވި، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން މަދު ކުރުމަށް މަސައްކަތް ކޮށްފައިވާކަން ސިފާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން އައި އިރު އެއްފަހަރާ އެންމެ ގިނަ ބިދޭސީންނަށް ބަލި ޖެހެން މެދުވެރިވީ ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި ބައިތިއްބާފައި ތިބުމުންނެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ގެންގުޅެމުންދާ ބިދޭސީންނާއި މެދު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ދާދިފަހުން ވިދާޅުވީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް ދުވަހެއް ވަންދެން ހައްލު ނުކުރެވިވާ ސީރިއަސް މައްސަލައެއް ކަމަށާ، ބިދޭސީންނާއި މެދު ކަންތައް ވެފައިވާ ގޮތުން ދިވެއްސެއްގެ ހައިސިއްޔަތުން ލަދު ގަންނަކަމަށެވެ.

އަދި މި ސަރުކާރުން ގަވައިދާ ހިލާފަށް އުޅޭ 4000 އެއްހާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ސައްހަ ލިޔެކިޔުން ހުރި ބިދޭސީނންނާއި ލިޔެކިޔުން ނެތް ބިދޭސީން ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން އެ މައްސަލަ ހައްލު ކުރަން އަޅަމުންދާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށާއި މިވަގުތު މި ކަންކަމުގައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކާ ބިދޭސީން ބޭނުން ކުރުމަަށްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފިލާވާޅު

    އިސްތިޢުފާދީފަ ގޭގަ މަޑު ކޮލާ ، މާލޭގެ މެޖޯރިޓީ ވޯޓުން ހޮވާފަ ތިބި މީހުން ނަތީޖާ ވަރައް ސާފު

    13
  2. ހަނަފަސް

    ކުނިގަނޑު

    7
    1
  3. މާމީ

    މޭޔަރު މެނައް ކަމެއް އެބަވޭތަ ގައިމު ކޮންމެ ދުވަހަކު އަހަރެން ގުޅަން ސިޓީކައުންސިލްގެ ޝަކުވާހުށަހަޅާ ނަމްބަރު ކަމައްވާ 3011913 އައް މ.މަނާޒިރުގޭގެ މަތިން ތިރިއައް ބާލާފަހުންނަ ހޮޅިއަކުން އެއްޗެހިދޮންނަ އޯމޯފެންތައް މަޖީދީމަގައް ވާގޮތައް މުޅިމަގައްފެތުރި ހިނގާމީހުނައް އުދަގޫވެ މަގު ނަޖިސްވެ ދުވާވަހުން .މިކަން މިހެން ކުރަކީ މިގޭ ވެރިމީހާއަކީ މަވޯޓާ ޝަރީފައް ދީފައޮންނަ ހުއްދަ އަކުންތޯ އަހަން ވެގެން ގުޅާ ފޯނުވެސް ނުނަގާ، ވީމާ ކަލޭމެން ހަދަނީ ހުސްދޮގު.

  4. ދަރަނި ދަންތުރަ

    ދެން ފެންނުވަރާ މަންޖެވެސް ދުވެފިލާބަލަ ހާދަ ފޫހިވެޔޭ...

  5. Anonymous

    ފުޅަގިރި ގަނޑު ގޭގަ އިނދެ އޭރު ކަންތައް ދާނީ ޜަނގަޅައް އޯކަެ

  6. ކާޅު

    ބިދޭސީންގެ ދަފުތަރެއް ހެދޭނީ ކިހިނެތް. އެމީހުން މިރާއްޖޭގެ ރައްޔިތުން މަރާ ހުސކުރިއަސް ކަލޭމެނަށް ރޭކާވެސް ލަނީކީ ނުން. ވަރައް ތާކުންތާކު ނުޖެހޭ ބައެއް މީ.

  7. ސަޓޯ

    ބަންގާޅި މަސައްކަތް ތެރިންނަށް މިގައުމުގަ ފިލައިގެން އުޅެވިގެންވެސް ނުވާނު..