ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސް، މި މަސް ތެރޭގައި ޖަމާ ކުރަމުންދާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުން ހިމެނޭހެން ބައެއް މީހުންނަށް މިއަދު ވަނީ މުސާރަ ޖަމާ ވެފައެވެ. އެ މުސާރަތައް ޖަމާވިއިރު، އެލަވެންސް ލިބިފައި ނުވާ ކަަމަށް "ވަގުތު"އާ ވާހަކަދެއްކި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރަކު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން "ވަގުތު"އަށް މައުލުމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުޙައްމަދު ޝަނޫން ވިދާޅުވީ، ޕްރޮސެސް ވަމުންދާ ވަރަކަށް ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް އެލަވެންސްތައް ޖަމާވަމުން ދާނެ ކަމަށެވެ.

"މި މަހުގެ ކުރިން ދޭނެ އެ ޕްރޮސެސްވަމުންދާ ވަރަކަަަަށް. އެއް ފަހަރާ ހުރިހާ އެއްޗެއް ނުލިބިދާނެ ،އެކަމަކު ފައިނަލް ކުރަމުންދާ ވަރަކަށް ދެމުން ދާނެ، މި މަހުވެސް އަދި މުސާރަ ދެމުންދާ އެ ދަނީ. ބަންދު ތަކެއް އައީމަ، އާއްމު އުސޫލަށްވުރެ އަވަހަށްތާ މުސާރަ އެ ލިބުނީ، މި މަސް ނިމުމުގެ ކުރިން ބޭންކިންގ އެއް ދުވަސް އަދި އިންނާނެ، އެހެންވީމަ އެ ދުވަހު ނިމިފައި ހުރި އެއްޗެހި ޖަމާވާނެ.".ޝަނޫން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޖާބެ

  އެހެންމީހުންނައް ދޭންޖެހޭ އެއްޗެހި ހަނދާނެއް ނުހުންނާނެ މުޅިމްވެސް މިހެން މިދަނީ

  12
 2. ޣުލް

  ތީބައެތުލްމާލުބަހާލިމިނިސްޓަރެއްނުއޭނަބަހާނެ

 3. މިއަދު

  ތިބުނާއެލަވަންސްލިބޭނީ ކޮންތަނެއްގައިއުޅޭކޮނބަޔަކަށް ކިހާވަރަކަށްބާ އެއީ ކޮނމަސައްކަތެއްކުރިމީހުނެއްބާ އެ އެލަވަންސްއެއް ތިމާއަށް ލިބޭނެކަން އެނގެނީ ކޮނަބަޔަކަށްބާ ޕާޓީ ލައިނުން ލާރިކޮޅެއްބަހާލުންގޮތަކަށް ތިކަންވިއްޔަ ކިތަންމެހާވެސް ރަނގަޅު

 4. ސިއްތި

  ފްރަންޓް ލައިންގަ ތިބި މީހުން މިހާރު މޮޔައޭ ހިތައް އަރާނެ އަމިއްލަ މީހާގެ ސިއްހަތު ގުރުބާން ކޮށްފަވެސް ރައްޔިތުންގަ ހިދުމަތުގެ ރެއާ ދުވާލު ތިބުން. އެމީހުންނަށް ދެއްތޯ އެންމެ ފުރަތަމަ އިސްކަމެއް ދޭންވާނީ ...އަބަދާ އަބަދު ބޭރުން ހިލޭ އެހީ ލިބި ލިބި ހުުންނަނީ އޭގެ ބޭނުން ކުރަނީ ކޮންކަމަކަށްބާ

 5. ޅަދުން ބޯހަލާކު

  ބައެއް ކައުންސިލްތަކުގެމުވައްޒަފުންނަށް މުސާރަ ދޭވަރަށް ފައިސާ ޖަމާކޮށްފައި ނުވާއިރު ތިޔައެލަވަންސްވެސް ހިޔެއްނުވޭ ދޭނެހެން. ކައުންސިލްތަކުން މުވައްޒަފުންގެ މުސާރަ ދެމުން އެބަގެންދޭ ރައްޔިތުންގެ އެކައުންޓުން

  • ޙާލިދު

   ތިޔަ ކައުންސިލްތައް އުވާލަބަލަ. މުސާރަނެގުން ނޫން ކަމެއް ނެތް

 6. ޚަޭވައްލާ

  ކައުންސިލްތައް ވަރަށް ހާލުގަ އެ އުޅެނީ ކަރަންޓް ބިލްތައް ނުދެއްކި ރަށުތެރެސާފްކުރާމީހުންނަށް ފައިސާނުދެވި ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ފައިސާ ނުދެވި. ޢެކަމަކު މިނިސްޓަެރ އެބުނަނީ އެލަވަންސް ދޭނަމޭ.ކީކޭ ބުނާނީދޯ

 7. ޑަތި

  ހުސްދޮގު ކައުންސިލްތަކަށް ފައިސާ ދޭން ނުލިބިގެން އުޅޭއިރު އެ ދެނީ ކިހިނެއް.

 8. މަބޭ

  ލިސްޓްއާައެއްގޮތައް ޕްރޮސެސްވަމުންނޭ ދާނީ ބުނާއިރު ހީވަނީ ލިސްޓްފޮނުވީމމަ އެމީހުނައް ފައުސާޕްރިނޓް ކުރަނީހެން

 9. ޞާރި

  ކުރީ ސަރުކާރުން ކަންތަށް ކޮށްފަހުރި ގޮތުން އެލަވެންސް ލަސްވަނީ ދޯ؟

 10. ސްޓާފުން

  ކޮވިޑް ނިމެންދެން ތިޔަހެން ކިޔަ ކިޔަ ތިބެލާ ، ތިޔަ ނުދިނަސް ހެޔޮ ވަޒީފާގަ ކުރަންޖެހެ ހުރިހާ ކަމެއް ކުރާނަން ، ކޮންމެހެން ގުބޯ ނުހެއްދިޔަސް

 11. ސްޓާފުން (އައި ޖީ އެމް އެޗް)

  ކޮބާ ތޯ މިމަހަކީ (ޖުލައި ނޫނީ އޮގަސްޓް ) ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

 12. ކަމަނަ

  ސިއްޙީދާއިރާގައި މަސައްކަތް ކުރައްވާ ކޮންމެ ބޭފުޅަކީވެސް ވަރަށް މުހިންމުދައުރެއް އަދާ ކުރަށްވާ ބޭފުޅުން. މިކަމަށް އިދިކޮޅުން ކޮށްދެއްވާ މަސައްކަތަށް ޝުކުރުދަންނަވަން.

 13. ޅިޔަނު

  ޙާލިދު ބުންޔަސްކަތީބުބުންޔަސް މިނިސްތަރު ބުއްޔަސް މަޖިލިސް ބުންޔަސް ކައުންސިލްތއް އުވާލާނީ ކިހިނެއް.އުވާނުލަންތާ އަނެއްކާ މެމްބަރުން އިތުރު އެކުރީ ހާލިދު ތެޅިތެޅި އިނދޭ