އިންޑިއާ ކަނޑުގެ ސިފައިންގެ މަނަވަރެއް އިއްޔެ ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އައިއެންއެސް ސުމޭދާ ނަމަކަށް ކިޔާ އެމަނަވަރު ރާއްޖެ އައިސްފައިވަނީ ރާއްޖެއާއި އިންޑިއާ ގުޅިގެން ބާއްވާ ތަމްރީންތަކެއްގައި ބައިވެރިވުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށެވެ.

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 12 އާއި ހަމައަށް ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ކަނޑުގެ އިޤްތިސާދީ ސަރަހައްދު ބެލުމަށް ނިންމާފައިވަނީ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ޖެހެންދެން ކަމަށް އިންޑިއާގެ މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ "ހިންދުސްތާން ޓައިމްސް" އިން ބުނެފައިވާ ގޮތުގައި އިންޑިއާ އަސްކަރިއްޔާގެ 12 ސިފައިން މިހާރު ވެސް މާފިލާފުށީގައި ޓްރޭނިންއެއް ހަދަމުން އެބަ ގެންދެއެވެ. އެ ޓްރެއިނިން އަކީ ކަނޑުގެ ސަހަރައްދުތަށް ބެލުމަށް އޮފިސަލުން ތައްޔާރުކުރުމަށް ބޭއްވޭ ޓްރެއިނިންގް އެކެވެ.

އިންޑިއާގެ މަނަވަރުގެ ޚަބަރު އިންޑިއާގެ މީޑިއާ އިން ރިޕޯޓް ކޮށްފައި ވީނަމަވެސް މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފް އިން އަދި މައުލޫމާތެއް ނުދެއްވައެވެ.

އިންޑިއާގެ މަނަވަރެއް ރާއްޖެ އައިސްފައި މިވަނީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ހީނަރުވެފަ އިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ގެންދިއުމަށް ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހެޔޮއެދޭ

    އެ ވެދާނެނު ހެލްކޮޕްޓަރު ބަލާއައީކަމަށް

  2. ނުރަބޯ

    އަމިއްލަ އެދުމަށްޓަކައި ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް އަރައިގަންނަން ކެތް މަދުވެފައިތިބި އިންޑިއާސިފައިން ނާ އެކު ދިވެހިރާއްޖެއިން އެއްވެސް ތަމްރީނެއް ހެދުމަކީ ބުއްދިވެރި ކަމެއްނޫން. އެހެނީ އެމީހުންނަކީ ޣައްދާރު ކެރަފާ ނަޝީދުގެ އެޖެންޓުން. އަމުދުން އިލެކްޝަން މިހާ ކައިރިވެފައި އޮއްވާ ތަމްރީނު ދިނުމުގެ ނަމުގައި މިގައުމަށްއަރާ ނުފައިބައިފިއްޔާ ކުރާނީކީއްތޯ؟

  3. ޖޮއްބެ

    ދެ ހެލިކޮޕްޓަރުވެސް ފޮނުވާލާ. ތިޔާ މީހުންގެ އަތުން އެއްވެސް އެއްޗެއް ހިފާނެކަމެއްނެތް. އެއުޅެނީ ކެރަފާ ނަޝީދު އެމީހުންނަށް އެއަރޕޯޓު އޭނާއަށް ކަޓް ލިބޭގޮތަށް ދިނުމުން ލިބުނުފައިދާގަނޑު ހިތައްއަރައި ލޮލުފިޔަނުޖެހިގެން.

  4. ނާދު

    އަވަހަށް ތިމަނަވަރު ފޮނުވާލާ. ތިވާނީ ރާއްޖޭގެ ވެރިކަން ވައްޓާލަން ކެނެރީ ނަޝީދުގެ ބަހަށް އައި އެއްޗެއްކަމަށް. ކެނެރީ ނަޝީދުބައިގަނޑު އޮތީ ބުނެފައެއްނު ރޯދަމަހުގެ ކުރީން ވެރިކަންވައްޓާލާނެކަމަށް.