ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާއަށް ހާޓްއެޓޭކެއް ޖެހުނީ ރޭގެ ވަގުތެއްގައެވެ. ހާޓްއެޓޭކް ޖެހުމާއެކު މުސްތަފާ އައިޖީއެމްއެޗަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ މުސްތަފާގެ ހިތައް ލޭ ފޮނުވައިދޭ ބައެއް ނާރުތައް ބްލޮކްވެފައި ހުރުމުން ރޭ ވަނީ ސާޖަރީއެއް ކޮށްފައެވެ. ސާޖަރީއަށް ފަހު މުސްތަފާގެ ހާލު އަންނަނީ ރަނގަޅު ވަމުން ކަމަށް އޭނާ ބުންޏެވެ.
މުސްތަފާ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީ 2009 ވަނަ އަހަރު އެވެ. އެފަހަރު ދައުރު ހަމަނުވަނީސް އޭނާގެ މެންބަރުކަން ގެއްލުމުން ދެން ބޭއްވި ބައި އިލެކްޝަންގައި ވާދަކުރިއެވެ. ނަމަވެސް އެއިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ. 2014 ވަނަ އަހަރު ވެސް މުސްތަފާ މަޖިލީހަށް އިންތިޚާބުވިއެވެ. އިންތިޚާބު ކާމިޔާބުކޮށް ޕީޕީއެމް އަށް ފަހުން ސޮއި ކުރެއްވުމަށް ފަހު ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅާއި ހަމައަށް މުސަތަފާ ޕީޕީއެމްގައި ހުންނެވިއެވެ. ނަމަވެސް ޕީޕީއެމް އިން ވަކިވި 12 މެންބަރުންގެ ތެރޭގައި ހިމެނިގެން މުސްތަފާ ފަހުން މަސައްކަތް ކުރެއްވީ އިދިކޮޅު ފަރާތްތަކާއި އެކުއެވެ. 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި ވެސް މުސްތަފާ ވާދަކުރެއްވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މުސްތަފާ ހުންނެވި ނަމަވެސް ފަހަކަށް އައިސް އޭނާ ގެންދަވަނީ ސަރުކާރަށް ބައެއް ކަންކަމުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަވަސް ޝިފާއަކަށް އެދެން!
Gws mustafa bެ
.މިފެންނަނީ ރ.ޔާމީންގެ 5 އަހަރު ރައްޔިތުންގެ ސިހައްތައްޓަކައި ކޮއްދެއްވި ކަންތައް. މިއަދު މި ފަރުވާތައް ލިބެންނެއްނަމަ. ކުރެވޭނެއެއްވެސް ކަމެއްނޯނާނެ. މުސްތަފާބެ އަށް އަވަސް ޝިފާކަށް އެދެން. އަދި މިފަދަ ފަރުވާ ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮއްދެވިކަމަށްޓަކައި ރައީސް ޔާމިނަށް ރަހުމައްލާވާށި. އާމީން.
ޢިބްރަތް ލިބިގަނެ ކުރިމަގު ހެޔޮގޮތުގައި ބޭނުން ކުރުމަށް ނަސޭޙަތްތެރިވަން.
ޝަފާކްﷲ
އަވަސް ސިފާ އަކައް އެދެން
އަހަރުމެންގެ ހަގީގީ މެންބަރައް އަވސް ސިފާ ދެއްވާށި..
އަވަސް ޝިފާއަކަށް އެދެން.
މުސްތަފާބެއަށްއަވަސްޝިފާއަކަށްއެދެން!
شفاك الله
ރައީސް ޔާމީން ފަދަގައުމަށާ ރައްޔިތުންނައް ހެޔޮއެދޭ ވެރިޔަކު ދިވެހިރާއްޖޭގަވެރިކަން ކުރެއްވިކަމީ ދިވެހިރައްޔިތުންނައް ލެއްވިހެޔޮރަހުމަތެއް އެމަނިކުފާނު ރައްޔިތުންނައް ކޮއްދެއްވި ޚިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކައް ރާއްޖޭގަތިބެގެން ބޭސްކުރެވޭގޮތް ހަމަޖެހިގެންދިޔައީ އެމަނިކުފާނާ ކިތަންމެ ނުރުހުނަސް މިހަގީގަތް ގަބޫލުކޮއް އެމަނިކުފާނައް ޝުކުރުކުރަންޖެހޭ
ޝުކުރިޔާ ރައީސް