އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަންވީ ރާއްޖޭގެ ކޮން ރައީސަކާ ކަން އޮޅިފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު (ޝުޖާ) މިއަދު ވިދާޅުވެއްޖެއެވެ.
އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކާކު ކަން ސާފުކޮށްދީފައި ސަރުކާރާއެކު މަޝްވަރާ ކުރަން އަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި މިއީ ސުވާލެއް ވެސް އުފެދެންވީ ކަމެއް ނޫން ކަމަށެވެ.
"އިދިކޮޅާ ކަމަކާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ކުރާ ނަމަ، މަޝްވަރާ ކުރަނީ ކޮން ރައީސްއެއް ކަން ވެސް އެނގެން އެބަޖެހޭ، ތިތަނުން އެގަހުކޭލެއް މިގަހު ކޭލެއް ނޭނގޭ، ރައީސުލްޖުމްހޫރިއްޔާ އޮޅިއްޖެ،" ޝުޖާއު ވިދާޅުވިއެވެ.
Idhikolhu Leader akee Raees Yameen.Miee Suvaaleh Oiy kameh noon.Idhikolhaa Kamakaa Gulhey gothun Evves Mashvaraa eh kuraa nama,Mashvaraa Kuranee Kon Raees eh kan ves Eba egen jehey.Thithanun Egahukeyleh,Migahu Keyleh neygey.Raeesul Jumhooriyyaa Olhijje🤔 https://t.co/Wy4IeGStwD
— Ibrahim Shujau (@IbrahimShujaau) July 30, 2020
މިނިވަން ދުވަހު ގައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ގައުމުގެ ކަންކަމުގައި ސަރުކާރާއި މަޝްވަރާކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކޮންމެ ކަމެއް ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި ސަރުކާރާއި އެކު ކަންކަމުގައި ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް އެމަނިކުފާނު ދައުވަތު ދެއްވިއެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ޕީއެންސީ/ޕީޕީއެމް އިން ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް އެދި ޖަވާބެއް ނުލިބިފައި އޮންނަތާ މިހާރު ތިން މަސް ވެފައިވާ ކަމަށެވެ. އަދި އިދކޮޅުން ސަރުކާރާ މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށާއި، ނަމަވެސް އެ ފުރުސަތު ނުދީ އޮތީ ސަރުކާރުން ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ މަޝްވަރާތައް ނުފެށި އޮތީ އިދިކޮޅު ލީޑަރު ސާފު ނުވާތީ ކަމަށެވެ.
ރައީސް ސޯލިހުއަކީ ހުދުމުހުތާރުކޮށް އެއްވެސް ކަމެއް ނިންމަވާނެ ބޭފުޅެއް ނޫންކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އިހުލާސްތެރި އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވާން ޖެހޭ ކަމަށާއި އެ ލީޑަރުގެ ކެބިނެޓަކީ ކޮބައިކަން ވެސް އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ޚުދުމުޚުތާރެއްވާ ނުވެއި ނަޝީދުބުނާހާ ގޮތެއްހަދައިގެން މިކަލޭގެ ވެރިކަންކުރާއިރުވެސް. ޔާމީނު ނުހައްގުން ޖަލަށްލައިފައި އިންއިރުވެސް
ބޮޑުވަޒީރަށް ގުރައިދޫ އިން ޖާގަ ހަމަޖެހިައިވާކަމަށް މަޢުލޫމާތުލިބޭ! އެތާ އެބައުޅޭކަމަށްވަނީ ބައްދަލުކުރަން ބޭނުންވާ ބަޔަކު.....
މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އިސްތިއުފާ ދޭންވީއޭ މިހާރުން މިހާރަށް ކެނެރީގެ ނަޝީދު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
މިގަ އުމުގާރަށެކު އެބަހުރިހޭ ވެރިިކަންހިންގަނީ މަޖިލީހު އއއއ އަދިސަރު އީނިޒާމުު ހިގަނީ ވެސް މަޖިލީސް ހުރިހާ ނިޒާމެެެތް ވެސް ؟؟؟؟މިގަމު ބޮސުންލާފާ
ޑީލަރުންނަ ފަހަރެއްގާ ނޭނގިދާނެޔޯ އެއީ ތެދެއްތޯ؟
ވަަރަށް ބަރާބަރު ވާހަކަ އެއް. ހިތުން ކެނެރީގޭ ނަޝީދަކީ މިތަނުގެ ރައީސޯ . ލަދު ގެ ކަންފުޅެއް ހުތި މީހެއް ނޫން
ރައީސް ރައީސް ރައީސް ނަސީދު
ބޮންދުއަންނި ބުނާގޮތް ނޫން އެހެން ގޮތެއް ހެދޭކަށް ނޯވޭ ޕަޕެޓް ރައީސް އަކަށް ދެން އަތްޖަހާ
އިދިކޮޅުލީޑަރަކީ އަދިލީޑަރަކީވެސް ރައީސް ޔާމީން އެމަނިކުފާނާނުލާ މަޝްވަރާއެއްނުކުރެވޭނެ ކޮއްގެންވެސް ނުވާނެ ރައީސްޔާމީންދޫކޮއްލާ
ޢޮޅޭގޮތްވަންނާ ހުއްަޓާލާފަ މަހައްދޭ!!
ސިޔާސީ ފަރާތްތަކާއިހެދި ޤައުމު މިހަލާކުވަނީ . ހުރިހާލީޑަރުންނާ ޕާޓީތައް އުވާލާ.