ސިޔާސީ އިދިކޮޅު ލީޑަރު ހުންނަވާ ތަނަކަށްވުރެ އިދިކޮޅު ލީޑަރު ކަނޑައެޅޭ ގޮތް އެނގިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހުލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިން ނުވަތަ ސަރުކާރާ އިދިކޮޅު ޕާޓީގެ ކަމެއް ކަމަށެވެ. ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި އަދި ވާދަވެރިންގެ ތެރެއިން ލީޑަރަެއް ކަނޑައެޅޭ ގޮތް ރައްތިތުންނަށް ސާފުވާން ބޭނުންތެރި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިއްމު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ގޮވާލާފައިވާ ވަނިކޮށް އިއްޔެ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރާއި އެކުގައި މަޝްވަރާ ކުރުމަށް ޖަލަށް ދާން ޖެހުނު ނަމަވެސް އިދިކޮޅުން އޮތީ ތައްޔާރަށް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނިކޮށެވެ.

މަޝްވަރާއަށް ޖަލަށް ދާން ޖެހުނަސް ތައްޔާރު ކަމަށް ޝިޔާމް ވިދާޅުވެފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާތީއެވެ. އެމަނިކުފާނު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށި ޖަލުގައެވެ.

މީގެއިތުރުން ރޭ ނޫސްވެރިންނާއި ބައްދަލުކުރައްވާ ނަޝީދު ވަނީ މަޝްވަރާ ކުރެވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން އެނގިގެން ކަމަށް ވިދާޅުވެފައެވެ. އިދިކޮޅުން ވަނީ އެކަމަށް ރައްދު ވެސް ދެއްވާފައެވެ. އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު (ޝުޖާ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި މިއީ ސުވާލެއް ވެސް އުފެދެންވީ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަސަނު

    އަހަރުމެނަ ކައްވެސް ވެރިޔާ އޮޅުމެއް ނުފިލާ ބުއްޅަބޭ ކަމެއް ކިނބޫ ކަމެއް އާނ ތިބުނާ ހެން ހުރިތަން ނޫން މުހިއްމީ

    28
  2. Alibe

    ބޮޑުވަޒީރުކަމުގެ ހުވަފެނުގަ ތެޅިތެޅިހަ ލާކުވަނީ. މިގައުމަކުން ނެތް ތިޔަކަމެއް ވާކަށް، އަވަަހަށް ވަޑައިގަންނަވާ ޔޫކޭއަށް، ފަހަރުގަަ އެތަނުން ލިބިދާނެ، އެވެސް ހުވަފެނުގަ،

    "ހުންނަންތަވީ އުމުރަަށް މިހެން / ހިތުގާ އެދުންވާ
    ނުފުދިފާ" ދެން ތެޅިތެޅި ހުރޭ، ދުވަސްކޮޅަކުން
    ހުޅުނބު ހިނގައިދާނެ.

    27
  3. މުތީ

    ބަލަ ދެބަންދިހާރާ ،،، އިދިކޮޅުން އެބުނަނީ އިދިކޮޅު ލީޑަރަކީ ރައީސް ޔާމީން. އޭ ލީޑަރު ކަނޑައެޅޭ ގޮތް ފާއިތުވި ފަސް އަހަރުގެ ތަރައްގީ މިއޮތީ ދެލޯ ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް ވެސް ފެންނަން. ދައުރު ހަމަވިއިރު ރިޒާވް އެއޮތީ ފެންނަން....

    25
  4. މައިބަ ދަ

    ގޮ ޑި ދުއްވުމަށް ވު ރެ ޖަލުގައި ހުންނެވުން މުހިތްމު!

    19
    1
  5. ލާދީނީ

    ރާބުއިމަށް ވު ރެ އިސްލާމްދީނަށް ޓަކައި ތައުބާވުން ވަ ރަށް މުހިއްމު! ެ

    27
  6. މުހިއްމު

    ބި ރަކާއިނުލައި ރާބޮއެގެން މަޖާކު ރުމަށްވު ރެ ރައްޔިތުން މަޖިލީހުގެ މިހާ ރުގެ ރައީސް ޖައްޖާލަ އިސްތިއުފާ ދިނުން ވަރަ ރަށްމުހިއްމު!

    23
  7. ިއިމްރާން

    ބުއްޅަބެ އެބުނީ ތެދެއް ވާހަކަ ނޫން މުހިއްމީ ކަންކުރުން

    6
    4
  8. އޭނާ

    މާތް ﷲ މި އަނިޔާވެ ރި ލާދިނީ ނަޝީދުގެ ކިބައިން ސަލާމަތްކޮށް ދެއްވާށި.އާމީން!

    28
    1
  9. ހަނި

    އެދިކޮލުގާވެ ސް އެތް ކޮލުގާވސް އަ ރެމެންގެ ރައީސެކީޔަމީީން

    21
  10. ރައީސްގެ ޝަރުތު

    ރައީސަކަށް ހޮއްވަވަންވީ ކީރިތި ގްރުއާން ހިތުދަސްކޮށް، ހަދީޘް އިލްމު ހުރި، ގާނޫނީ އިލްމަކުން މާސްޓާސް، ޕޮލިޓިކަލް ސައިންސް އިންވެސް މާސްޓާސް، ސައިންސްގެ ކޮންމެވެސް ދާއިރާއަކުންނާއި ޕޮލިޓިކްސް އިންވެސް ކޮންމެވެސް ދާއިރާއަކުން ޑިގްރީ ފެންވަރު ހުރި މީހެއް. ރައީސަކަށް ވާން ބޭނުންވިއްޔާ ކިޔަވަންވީ. މަގުމަތީގައި ހަޅޭލަވައި ޖަނަވާރު އުސޫލުން އުޅޭ މީހުން ގައުމު ހިންގުމާ ހަވާލުކުރުމަކީ މޮޔަކަމެއް. ގައިމުންވެސް މިހުރިހާ ޝަރުތުތައް ހަމަވާއިރު 40 އަހަރު ނޫނީ 50 އަހަރު ފުރޭނެ. ވަޒީފާގެ ހުނަރާއި ދިރިއުޅުމުގެ ހުނަރުވެސް ހުންނާނެ. މިކަމާ ދެކޮޅުވާނީ ހަމައެކަނި ބޮލެއް ނެތް ގޮތެއްނެތް ބަޔެއް.

    18
  11. ދެންހަކުރު ގިނަވޭ

    މަސްވަ ރާ ކު ރުމަށް ދާޖެހޭނީ ކޮން ރައީސެއް ކައި ރިޔަށް ތޯ ގަ ރައީސް ބުނެދީބަލް:

    18
  12. އަޙްމަދު

    މަޖްލީހުގެ ރައިސާ ވާހަކަ ދައްކާނީ މަޖްލީހުގެ މެންބަރުން! ދެން ކޮންބަޔަކާ ވާހަކަ ދައްކާވާހަކަ ތިދައްކަނީ! މަޖްލީހުގެ ރައީސަކާ ދައްކާނެ ވާހަކައެއް ނެތް! ރައްޔިތުންނަށް ފާއިދާހުރި ބިލްތަށް ފާސާނުކުރެވެންޏާ ލަންޑަނަށް ވަޑައިގަންނަވާ!

    16
  13. ޙާލަތު

    ލީޑަރަކީ އިރުން ހިނދުން ހިނދުކޮޅު އަންނަމީހެއްތޯވެސް ބަލަންޖެހޭ.

  14. ޟަގޭ

    ނަޝީދު ބުނަން ރަނގަޅުވާހަކައެއް ކަލޭ މިޤައުމުދޫކޮއް ދޭބަލަ ހެޔޮނުވާނެ ނޫނީ ގަދަކަމުން ފޮނުވަން ޖެހިދާނެ މި އީ ވަރަށް ވާހަކަ

  15. މިއަދު

    އިދިކޮޅުލީޑަރަކީ ރޔ އެލީޑަރު ކަޑައެޅީ ސަޕޯޓަރުން އެކަން އަމިއްލަފުޅު ބޮޑުވަޒީރަށް އެނގޭކަށްނުޖެހެ އެކަމު ވެރިކަމުގެ އަމުރުމައުރޫފް ނެރެނީ ކޮންރައީސެއްކަމެއްނުއެގެ އެއީ ގައުމުގެ ރައިއްތަތުންނަށް އެނގެންޖެހޭކަމެއް