ކޮވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ އާއި އެއަތޮޅު ވަށަފަރު ކަރަންޓީނު ކޮށްފިއެވެ.

މި ދެރަށް ކަރަންޓީނު ކޮށްފައިވާއިރު މިރޭ ހދ. ނޮޅިވަރަންފަރުވެސް ވަނީ ކަރަންޓީނު ކޮށްފައެވެ.

މި ތިން ރަށްވެސް ކަރަންޓީނު ކޮށްފައި ވަނީ ހއ. ކެލާ "ސަވާރީ" ބޯޓުން ފައްސިވި މީހުންނާއި ގުޅިގެންނެވެ.

މި ބޯޓުގެ ކެޕްޓަން މީގެ ދެ ދުވަސްކުރިން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ބޯޓުން ދަތުރުކުރި އިތުރު 9 މީހަކު އިއްޔެ ވަނީ ފައްސިވެފައެވެ. މި އެންމެން ވެސް ބައްޔަށް ފައްސިވެފައި ވަނީ ކެލާއިންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މި ތިން ރަށުގެ ކައުންސިލަށް ފޮނުވި އެންގުމެއްގައި އެ ރަށްތައް މޮނިޓަރިންގެ ހާލަތައް ގެނައިކަން މިހާރު ވަނީ އަންގާފައެވެ.

ތިން ރަށެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައި ވާއިރު ރާއްޖޭގެ ރަށްރަށުން ކޮވިޑް-19 ގެ ވޭދަނަތައް އަންނަނީ ފެންމަތިވަމުންނެވެ. މިގޮތުން މާލޭގެ އިތުރުން ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ހަ އަތޮޅަކުން ނުވަ ރަށަކުން ކޮވިޑް-19 ގެ ވޭދަނަތައް ފެންމަތިވެފައި ވެއެވެ.

ރައްރަށުން ކޮވިޑް-19 އަށް ފައްސިވާ ގިނަ މީހުންނަކީ މާލެއިން ބަލި ޖެހިފައިވާ މީހުންނެވެ. މިގޮތުން ގިނަ ރަށްރަށުން ފައްސިވެފައިވާ މީހުންނަކީ މާލެއިން ރަށަށް ދަތުރުކޮށް ކަރަންޓީނުގައި ތިބި މީހުންނެވެ.

ރާއްޖެއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު މިހާތަނަށްބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3719 އަށް އަރާފައެވެ. މީގެ ތެރޭގައި ބައްޔަށް ފަރުވާކުރާ 1120 މީހަކު އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިމާދު

    ހަމަ ގަސްތުގާ ކޮވިޑު ފަތުރަން ސަރުކަަާރުގެ ނުފޫޒް ގަދަ ބަޔަކު ހިންގި އިންސާނިއްޔަތާއި ޚިލާފު ޖަރީމާއެއް

    3
    1
  2. މުސައްރަފު

    ބަލި މީހުންގެ އައިޑެންޓިޓީ އާންމުކުރުމަކީ ކުށެއް! ހއ.ކެލާ، ސަވާރީ ބޯޓް ކެޕްޓަނޭ ބުނީމަ ނޭގޭ މީހެއް އުތުރުގަ މަދުވާނެ!

  3. ކާފަ

    ތިކަހަލަ ކިތައްމެ ބޯޓެއް އެބަދުއްވާ، ފަޅުވެރިން މާލެ ގޮސް އުޅެނި އުޅެނެ ގޮތަކަށް، މާލެއިން ބޯއްޓައް ކޮންމެ މީހަކައްވެސް އަރާފައިބޭ އެއްވެަް ހުރަހެއްނެތް. ރަށަށް އައިސް އެމީހުން ކަރަންޓީނު ވާކަށް ނުޖެހޭ.. ދެން ބަލި ފެތުރުނީމަ ކިޔާނީ ކައްޕިއޭ، ފަރުދީ ޒިންމާއޭ، މާސްކެޭ، 1000 ރުފިޔާއޭ، ޖޫރިމަނާއޭ، ޤަވައިދު ހަދަނީ ހަމަ ހަދަނީ، ދެކޮޅެއް ނުޖެހޭ،

    5
    1
  4. ޙަސަން

    މާލެއަށްވެސް އަރާފޭބޭ. ދެން ކީއްވެބާ އެހެން ރަށަކުން ކޮވިޑު ފެންނަ އިރަށް ބަންދު ކުރަންވީ.
    ބޯގޯސް