ހއ. ދިއްދޫގައި އިސްލާމިކް ސެންޓަރެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ދިއްދޫގައި އިސްލާމިކް ސެންޓަރެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރާ ކަމަށެވެ.

އެގޮތުން މި ބީލަން ކުރިއަށް ގެންދާނީ ޕްލޭނިންގ މިނިސްޓްރީގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދުގެ ގަވާއިދުގެވާ ގޮތުގެ މަތިން ކަމަށް ބުނެފައި ވެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލާއި، އިކޮނޮމިކް މިނިސްޓްރީގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީބީ) އުސޫލުގެ މަތިން ކަމަށް ބުނެފައި ވެއެވެ.

އަދި މި މަސައްކަތުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/240,000ރ ށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސެންޓަރު

    ތިރަށުގައި ސެންޓަރެއް އެޅިދާނެ. އެކަމަކު އިސްލާމުން އުޅޭ ގޮތަށް އުޅެން އެމީހުންނަށް ދަސްވެދާނެބާ!

    4
    2
    • ސެނަޓަރު

      ދިއްދޫ މީހުނެއް ހަމަ ގައިމުވެސް މަސްތުވާ ތަކެއްޗާ ދުރު، ހުރިހާ ކުދިންވެސް ކުޅެން އުޅެފަ އެއްކޮން އަރާ ނަމާދުވެސް ކުރޭ!! އަމިއްލަ މީހާ ހިތް ސާފުކޮށް ދިއްދޫ މީހުނަށް ހިތްހެޔޮ ކުރެގަ!! އެއާ އަސްލާމުންގެ ގޮތޭ!!