ދައުލަތުގެ އިންޝުއަރެންސް ސްކީމް އާސަންދައަށް މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެއްޖެއެވެ.

މިއަހަރު އާސަންދައަށް ކަނޑައަޅާފައިވަނީ 1.045 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 6 ޖުލައިގެ ނިޔަލަށް އާސަންދައަށް ވަނީ 1.154 ބިލިއަން ރުފިޔާ ހަރަދުވެފައެވެ. އެހެން ކަމުން މިހާރު މިއަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ 100 މިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުކުރެވިފައެވެ.

ބަޖެޓް ކުރާ އަދަދަށް ވުރެ ކޮންމެ އަހަރަކު ވެސް އާސަންދައިގެ ހަރަދުތައް މަތިވެ، އިތުރުވާ ބައި ހޯދަން ޖެހެނީ ބަޖެޓް ކޮންޓެންޖެންސީގެ ތެރެއިންނެވެ.

ފާއިތުވި ތިން އަހަރު ވެސް އާސަންދަ އިން ވަނީ ބަޖެޓަށްވުރެ އިތުރަށް ހޭދަކޮށްފައެވެ. އެގޮތުން 2020 ވަނަ އަހަރު އިތުރަށް 255.6 މިލިއަން ރުފިޔާ، 2021 ވަނަ އަހަރުގެ އިތުރަށް 844.6 މިލިއަން ރުފިޔާ އަދި 2022 ވަނަ އަހަރު އިތުރަށް 214 މިލިއަން ރުފިޔާ ހޭދަކުރިއެވެ.

އެހެން އަހަރުތަކުގައި އާސަންދައަށް ބަޖެޓް ކުރާ އަދަދަށް ވުރެ ހޭދަ އިތުރުވިޔަސް، އާންމުކޮށް އާސަންދައިގެ ބަޖެޓް ހުސްވެ، އިތުރުކުރަން ޖެހިފައި ވަނީ އަހަރުގެ ފަހުކޮޅު އެވެ. މިއީ ބަޖެޓް އަހަރު ދެބައިވިތަނުން ހުސްވި ފުރަތަމަ ފަހަރެވެ.

އަހަރުން އަހަރަށް އާސަންދައިގެ ހަރަދުތައް ބޮޑުވާތީ އެ ހޭދަ ކުޑަކުރަން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ބަޖެޓްގައި ވެސް ލަފާތަކެއް ދީފައިވެ އެވެ. އެކަމަކު ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި އާސަންދައިގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒެއް ނުކުރެވެއެވެ.

އާސަންދައިގެ ހަރަދުގެ %60އަކީ ބޭހަށް ކުރާ ހޭދައަށް ވާތީ، އަސާސީ ބޭސް ވިއްކޭނޭ އެންމެ މަތީ އަގު ނުވަތަ ބޭހުގެ ބޭސް ލައިން އަގެއް ކަނޑައެޅުމަކީ ވެސް ބަޖެޓް ފާސްކުރިއިރު ދީފައި އޮތް ލަފައެކެވެ. ނަމަވެސް އެލަފާ ވެސް ތަންފީޒެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވެކާ

    ޕާޓީކުދިން ނައް ދީ ހުސްްކޮއްލީ

    18
  2. މުކޭ

    އެއީ ޕެޓީކޭސް

    19
  3. އިމާ

    ކަހާލީ

    18
  4. އިކުރާމު

    ކުމުޕޭނައް ބަހާ ހުސްކޮއްލީ

    16
  5. ވެކާ

    ޕާޓީ ކުދިން ނައް ބަހާލީ ދެން އާންމުން ޖެހޭނީ ސޯސަލުމީޑިޔާގަ ސަލާން ޖަހަން

    17
  6. މުހައްމަދު

    އާސަންދައިން އެންމެ ބޮޑު ފައިދާއެއްލިބެނީ އޭ.ޑީ.ކޭ އަށް. އެތަނުންދޭ ޙިދުމައްތަކަށް ރައްޔިތުންގެ އަތުން އެވަރަށް ނަގާފަ އަދި އާސަންދާއިންވެސް އެވަރަށް ދަމާލާ. ނަމަވެސް މިކަމަކާ އަޅާލާނެ ބައެއް ހަރުދަނާ އުސޫލެއްނެތް..

    12
  7. ޟަނޓޭ

    ޙާދަ ހަރާންކޯރު މީހެކޭ ސޯލިހުމީ

    7
    2
  8. އަލީ

    ހިސާބު ޖަހަން ނޭގެ މީހުން ވެރިކަމަށް ގެނޭމަ ވާނީ މިހެން.

    5
    1
  9. މުޖޫ 🎈

    އާސަންދަ އިން ހުޅުމާލެއިން އަގުބޮޑު ބިމެއްގަނެ ރިއަލް އެސްޓޭޓް އަށް ވަންނަން ދަނީ މަސައްކަތް ކުރަމުން . މަޖިލީހުން މިކަން ހުއްޓުވަންޖެހޭ

  10. Anonymous

    އަދި ދައުލަތް އެބަ އޮތެއްނުން 3 މަސް ތެރޭ އެވެސް ދޮވެލާ.

  11. ގުދޯ ގުދޯ

    ކުރީ ސަރުކާރޭ، ވަގޭ، ފަޅޮލޭ ގޮވާ ރައްޔިތުން ގުނބޯ ހައްދައިފަ ރޯ ދުވާލު މެންދުރު ބަޖެޓު ބަނޑުއަޅައި ހުސްްކޮށްލީ! ހަމަގައިމުވެސް އަހަރެން މި އަހަރު އާސަންދައިން 500ރ އަށް ވާވަރަށްވެސް ބޭސް ނުކުރަން.