ސަރުކާރު މުވައްޒަފުންނަށް ޖޫން 22 ގެ ކުރިން މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، އަޟްހާ އިދާއި ގުޅިގެން ޖޫން 25 އިން 29 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށާއި، އެހެންވުމުން ޖޫން މަހުގެ މުސާރަ އެ މިނިސްޓްރީން ޕްރޮސެސް ކުރާނެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 22 ވަނަ ދުވަސް ކަަމަށެވެ.

މިއާއެކު ދައުލަތުގެ ބަޖެޓުން މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ލުއިފަސޭހަކޮށް އަވަސް ކުރުމަށް ޖޫން މަހުގެ މުސާރަ އާއި އިނާޔަތްތައް ތައްޔާރު ކުރުމުގައި ވަކި ކަންތައްކަމަށް އަމަލު ކުރުމަށް އަންގާފައި ވެއެވެ.

އެގޮތުން މި އަހަރުގެ ޖޫން މަހުގެ މުސާރައިގެ އިތުރުންދޭ ދުވަހުގެ އަދަދުން ހިސާބު ކުރާ އިނާޔަތްތަކާއި، އިތުރު ގަޑި ފައިސާ އަދި ގަޑި ލާރި ހިސާބު ކުރުމުގެ މުއްދަތަކަށް 16 މެއި އިން 10 ޖޫންގެ ނިޔަލަށް ބޭނުން ކުރަން އަންގާފައި ވެއެވެ.

އަދި ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން ވައުޗަރތައް 19 ޖޫންގެ 14:00 ކުރިން ސިސްޓަމަށް ޕޯސްޓް ކުރަން އަންގާފައި ވެއެވެ.

އޭގެ އިތުރުން ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ "އެޗްއާރް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކަށް މުސާރަ ޕޯސްޓް ކުރުމަށްޓަކައި 18 ޖޫންގެ އިރުއޮއްސި 6:00އަކީ އެ މިނިސްޓްރީން ސިސްޓަމް "އެގްޒިޓް" ކުރަން ހަމަޖެހިފައިވާ ވަގުތު ކަމަށް ވުމުން އެކަމަށް ސަމާލު ވުމަށް އެދިފައި ވެއެވެ.

އޭގެ އިތުރުން ދައުލަތުގެ އެކައުންޓިންގ ސޮފްޓްވެއަރ "އެޗްއާރް މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުން 19 ޖޫންގެ 14:00 ކުރިން ސިސްޓަމަށް ޕޯސްޓް ކުރަން އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނ.

    ނ.އަށް އާންމުކޮށް ވ ލަހުން އަންނަނީ..ދުރުވީމަ ކަމަށް ވެދާނެ ދޯ

  2. އަލަޑަބިޔާ

    މިހާރު ދޭންވީ ކިއްކުރަން 22 އަށް މަޑުކުރަނީ ބޭނުމަކީ ކޮބާ؟މިހާރު ދިނަސް 22ގައި ދިނަސް ހަމަ މުސާރަ ނުދީވާނެ އެއްގޮތް ވެސް ހަމަނޯންނާނެ!

  3. Anonymous

    ޥާދޫ ސައިދުގެ ބައްޕަ ކުންފުނި ފެނަކައިން ނުދޭނެ މިމަހުގެ 30 ކުރިޔަކުން

    6
    1
  4. މުނާޒު

    ފާފަށް އަންނަނީ އެއް ލަކިން އެއީ ދިރާގު ބްރޯޑް ބޭންޑް ބޭނުން ކުރާތީ ކަމަށް ފެންނަނީ

  5. ޑައެލޯގް

    ވޯޓަށްކުރާކަންކަންތިއީ ކަލަންޑަރުން އެގޭގޮތުގައި 25،26 ވެސް ބަންދެއްނޫނެވެ. އެދުވަސްތަކުގައިވެސް މުސާރަދެވޭނެއެވެ. ކޮންމެއަކަސް އެހާއަވަހަށް މުސާރަދިނުން ބައެއްމީހުނަށް ރަގަޅުވާނެއެވެ. އަނެއްބަޔަކަށް ކަމަކުނުދާނެއެވެ. ސަބަބަކީ އަވަހަށް ހުސްވާނެތީއެވެ. އެއީއޮގަސްޓްމަހު މުސާރަ ލިބޭނީ 36 ދުވަސްފަހުންނެވެ.

    9
    1
    • ސަތޭކަ އެކާވީސް

      މާބޮޑަށް ތިއޮތީ އެނގިފާ. 25 އަދި 26 އެއީ ސަރުކާރު ބަންދު 2 ދުވަސް

  6. މޯޑް

    ޖޫން މަހުގެ މުސާރަވާހަކަ ނުދައްކާ ހުސްވިމަހު ހެލްތު ދާއިރާގެ މުސާރަނުލިބި ތިބި މީހުނައް މުސާރަ ދީބަލަ، ލަދުވެސް ނުގަނޭދޯ؟

  7. ރިޒާ އަހްމަދު

    އެއަރޕޯޓް މުވައްޒަފުންނަށް ބޯނަސްވެސް ނުދޭ.
    މިތަނަކުން ނުދޭނެ 30ގެ ކުރިން.

  8. ކ

    ކޮބާ ޕުރައިވެޓް ސެކްޓާ މުވައްޒަފުންނަށް ނުދޭށޭ ތަ ތިބުނީ