ކޮވިޑް-19 ފެތުރެނީ މޫނާއި މޫނު ދިމާވުމުން ކަމަށް ޑރ.މުހައްމަދު އިޔާޒް ވިދާޅުވުމުން ގިނަ ބަޔަކު މީސް މީޑިއާގައި އޭނާ އަށް ފާޑުކިޔަމުން އެބަގެންދެއެވެ.

ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވައިރަސް ފެތުރެނީ ފޭސްޓް ފޭސް ކޮންޓެކްޓް (މޫނާއި މޫނު) ދިމާވެގެން ކަމަށް." ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ. ނަމާދަށް ހުންނަ އިރު މޫނާއި މޫދު ދިމާނުވާނެ ކަމަށް ވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެނީ މޫނާއި މޫނު ދިމާވުމުން ކަމަށް ޑރ.އިޔާޒް ވިދާޅުވި ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި އަދި ސައިންސްވެރިންނާ ޑޮކްޓަރުން ވެސް ބުނާ ގޮތުގައި ކޮވިޑް-19 ޖެހެނީ މޫނާއި މޫނު ދިމާވެގެންނެއް ނޫނެވެ.

ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ބަލި ހުރި މީހާ ކެއްސައި ކިނބިހި އެޅުމުން، އަނގައިން ބޭރުވާ ކުޅު ތިކިތައް ވައިގެ ތެރެއަށް ދިއުމާއެކު ކައިރީގައި ހުންނަ މީހާގެ ހަށިގަނޑަށް ވައިރަސް ވަދެ، ބަލިޖެހިދާނެއެވެ. ކައިރީގައި ހުންނަ މީހަކާއި މޫނާއި މޫނު ދިމާނުވި ނަމަވެސް ހަށިގަނޑަށް ވައިރަސް ވަދެ، ބަލިޖެހިދާނެއެވެ.

ކޮވިޑް-19 ޖެހިފައިވާ މީހަކު އަތްލާފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައި އަތްލުމުން ވެސް މި ބަލި ޖެހިދާނެއެވެ. ދޮރުގެ ތަޅު، އައިސް އަލަމާރީގެ އަތްގަނޑު، މޭޒު ފަދަ ތަންތާނގައި ޖަރާސީމު އެތައް ގަޑިއިރެއް ވަންދެން ހުރެއެވެ. އެހެން މީހަކު މިއިން ތަނެއްގައި އަތްލުމަށްފަހު އަނގައިގައި ނުވަތަ ނޭފަތުގައި އަތްލެވިއްޖެ ނަމަ މީހާގެ ހަށިގަނޑަށް ވައިރަސް ވަދެ، މި ބަލި ޖެހިދާނެއެވެ.

ކޮވިޑް-19 ފެތުރެނީ މޫނާއި މޫނު ދިމާވުމުން ކަމަށް ޑރ.އިޔާޒް ވިދާޅުވުމުން ފާޑުކިޔަމުންދާ މީހުން ބުނާ ގޮތުގައި ޑރ.އިޔާޒް ފަދަ ތައުލީމީ ބޭފުޅަކު މިފަދަ އަސާސެއް ނެތް ވާހަކަތައް ދެއްކުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ. ބައެއް މީހުން ވަނީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއަކު މިފަދަ އަސާސެއް ނެތް ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ސައްހަ ނޫން މައުލޫމާތުތައް މީސް މީޑިއާގައި ފަތުރަމުން ދިއުމަކީ ބަލިން ރައްކާތެރިވުމަށް މީހުން ހޭލުންތެރި ކުރުމުގައި ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެކެވެ. ސައްހަ ނޫން މައުލޫމާތުތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ވެސް ނުރައްކާ ވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޝޭޙް

    އޭނާގެ މޫނާ މޫނު ދިމާވުމުން ހީވޭ ތިޔަ ޖެހޭނެ ހެން

    12
    7
  2. އަލީ

    ދީނީ އިލްމުވެރިއަކަށްވުރެ އިންޑިޔާގެ ބާބާއަކާއި ވައްތަރުވާން އުޅެނީ މިހާރު..

    19
    5
  3. ޔޯޠޫ

    މި އަނެއްކާ އަނެއް މަރުކޮސް މިވެރިކަންގެންނަން ތެޅުނު 1ކަންޖޫސް މި އާލަތުންނަށް މިބަލާ ބެރިކަމާ ދެކޮޅަށްހައްގުބަސް ފާޅު ކުރަންނުކެރޭ ގައްދާރުންތިތިބީ ހެޔޮނުވާނެ ތިއާލަތުން ތަންތަނަށް އަރާ ރައްޔިތުންނަށް ނަސޭހަތް ދޭންނަހަދާތި ކަލެޔާ ކަންނެލި އޮޑި އިލްޔާސާ މިގައުމު ލަދީނީ މީހުންގެ ސަފުގާ ތިތިބި ތީ މިގައުމުގެ އަދުއްވުން ދީނީ ތާކިހާ އަޅާގެންތިބި ހަމަ ކެނަރީގެ ނަސީދު ހައްތާ ދެއިރު ޔާމީނު ވެރިކަމުގަ ހީވަނި އަލިފާންރޯވެގެން ތެޅުނު ބުރާންޗެއްހެން ހަބަރުދާރު އަނގަނަރުވާ މަޑުންތިބޭ ކަލޭ ދައްކާ ކޮސް އަޑުއަހާނި ކަލޭ ގޭތެރޭން އެކަނި ްްްްްްްްްްްްްްްްްްްްްްްްްްްްް

    23
    6
  4. ޝާން

    މީނަ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު މެޑިސިން ޑޮކްޓަރ

    19
    7
  5. ނީތާ

    މި ވާހަކައަށް ވެސް އަމިއްލަ ބުއްދީގެ ބޭނުން ނުހިފައި ލޯމަރައިގެން ހުރެ ތާއީދުކުރާނެ ބަޔަކު ވާނެކަން ޔަޤީން..... ފެންވަރު

    22
    1
  6. އައްލާ

    މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ނަމާދުކުރަނީ ދުރުދުރުގައެވެ. މަސްޖިދުއްނަބަވީގަވެސް ހަމަ މި ބީދައިންނެވެ. ދެން ރާއްޖޭގެ މިސްކިތްތަކުގައި ދުރުދުރުގައި ނަމާދުކުރުމަށް މިގައުމުގެ ބައެއް އިލްމުވެރިން ދެކޮޅު ހަދަނީ ކީއްވެ ހެއްޔެވެ؟ ރާއްޖޭގައި ތިބީ މާ މަތީ ފެންވަރުގެ އިލްމުވެރިންތޯ އެވެ ؟

    22
    3
    • މަނާފް

      ނަމާދު ކުރާނީ ދީނުގައި އޮތް ގޮތަށެވެ. އެހެންނޫންނަމަ މާދަމާ ކުރީސަފުގައި އެންމެން ނަމާދު ކުރެވޭގޮތަށް އެންމެ ސަފެއްގެ ދިގު މިސްކިތެއްވެސް ހެދިދާނެއެވެ.

      5
      3
  7. މޫސަ

    މި އިޔާޒް އާ މިއުޅޭ ލޮލީޖާބިރުއާ ތިމާގެބާ! އެއްވައްތަރުގެ ވާހަކަ ދައްކަނީ.

    21
    2
  8. ީއިލްމް ލިބިފާވާ މީހުންނާއި

    ޢިލްމު ލިިބިފާމީހުންނާއި އިލްމު ލިބިފާނުވާ މީހުންނާއި އަދި ﷲ ސުބުހާނަހޫ ވަތައާލާގެ އިރާދަފުޅާއިއެކު އެބަޔަކައް ހިކުމަތް ލިބިފާވާމީހުންނާއި ހިކުމަތް ލިބިފާ ނުވާމީހުންވެސް ތަފާތުވާނެ...
    ..
    ޝޭހުގެ ވާހަކަ ބޮޑައް ބިނާވެފާވަނީ އާމުއުސޫލުން އިންސާނާ ނޭވާލާ ނޭވާލުމުގެ މައްޗައް.. އަދި އެއެއީވެސް ޑޮކްޓަރުންގެވެސް ބުނުމައް ނަކަލްކޮއްފަ.. (އާމު އުސޫލުން އިންސާނާ ނޭވާލުމުގާ ކިބިއްސެއް ނާޅާނެ އަދި ކެއްސުމަކީވެސް ނޭވާލުމުގެ އުސޫލެއްނޫން. ކެއްސުމާ ކިބިއްސަކީ އިންސާނާ ނޭވާލާ ނޭވާލުމެއްނޫން. އަދި ދުވަހަކުވެސް އިންސާނުން ނުކިޔާނެ ކެއްސުމަކީ ނޭވާލުމޭ އަދި ކިބިއްސަކީ ނޭވާލުމޭ އެދެކަމަކީ ނޭވާލުމުގެ ނިޒާމުކަމުގާ ނިވަގުތު ވާނަމަ ގިނަ އިންސާނުން ދުނިޔެދޫކޮއްފިސް އަދި އިންސާނާ ނޭވާލާން ބޭނުންކޮންމެ ފަހަރަކު އަންގަމަތީގާ އަތްއަޅާކަތްވެސް ނުޖެހޭ އަދި އަތުގެ ޒަރިއްޔާއިން ވައިރަސް ނޭފަތައް ފޯރުވުމުން ނުވަތަ އަނގަޔައް ފޯރުވުމުން އެއީ ވެސް ނޭވާލުމުން ހަށިގަނޑައް ވަންވައިރެސް އެކޭ ނުބުނެވޭނެ އެބުނެވޭނީ އަތުގެ ޒަރިއްޔާއިން ފޯރުކުރި ވައިރެސްއެކޭ.. )
    ..
    ޢެގޭތަ އިސްލާމްދީނުގާ ސާފުތާހިރުކައް ދީފާވާ އަހަމިއްޔަތުކަން އަދި ރަގަޅުގޮތުގާ ސުނަތާއެއްގޮތައް ނަމާދުތައް އަދާކުރާނަމަ އެފަދަ ގާންގަޔައްއަރާ ކޮރޯނާފަދަ ގިނަ ވައިރަސްތަކަކުންވެސް އިންސާނާ ރައްކާތެރިކޮތްދޭކަން..
    1 ކޮންމެ ނަމާދަކަތްވެސް ދައްއުގުޅުމަކީ ސުނަތެއް (އަދި މިއުމަތުގެ މީސްތަކުންނައް ބުރަޔަކަތް ނުވާނަމަ އެކަން ވާޖިބުކަމެއްކަމުގާ ވުމައްވެސް އެދޭކަން ރަސޫލާ ޞައްލައްﷲ އަލައިހިވަސަލަމް ގެ ހަދީސްފުޅުތަކުން ސާބިތުވޭ) ކޮންމެ ނަމާދަކަތް ދައްއުގުޅުން އެހާވެސް އަހަމިއްޔަތުކަން ދޭންޖެހޭކަމެއް.. އަދި އެއީ ސުނަތެއް.
    (އެކަމަކު މިވީހާތަނައް މިކޮރޯނާ ވައިރަހުގެ ވާހަކަ ދައްކަމުން ދުވަހަކުވެސް ބުނެފަވޭތަ ދައްއުގުޅާވާހަކަ ނުވޭދެއްތޯ.. އަބަދު ބުނަނީ އަތްދޮންނަން އަތް ސެނެޓައިޒާކުރަން އަދި ގާތްދުރުކަން (ސެނެޓައިޒާއަކީ އަލްކަހޯލްގެ މާދާ ގިނައެއްޗެއްކަންވެސް އަހަރެމްން މުސްލިމުން ދަންނަންވާނެ އަދި ނަމާދައް މިސްކިތައް އެރުމުގާ ސެނެޓައިޒާ އަތުގަ ކޭހުކުމައްވުރެން ނުހޭކުން އައުލާކަން ބޮޑު ރަގަޅުގޮތަކީ ނަމާދައް މިސްކިތައް އެރުމުގާ ސެނެޓައިޒާ ގާތްގަ ނުވަތަ އަތުގަ ނުހޭކުން ސަބަބަކީ އަލްކަހޯލަކީވެސް ރަލުގެ ބާތެއް ހިމެނޭ މާދާއްއެއް... އެވައިރަހުން ރަތްކާތެރިވާނޭ ރަގަޅު ދެގޮތެއވެސް އެބައޮތް އެއީ އަތްދޮވުން ނުވަތަ އަތަރު ލުން ނުވަތަ އަތަރު އަތުގާހޭކުން ވައިރަސް ފިލޫވާލެވިދާނޭ ބާވަރުގޮތްތައް އެބަހުރި.. ސައިންސުވެރިން އަދި ނުހޯދިކަމުގާވިޔަސް އަތަރަކީ ވެސް އޭގަހުން ދިލަނެގުން ނުވަތަ އުފެދޭ ދިލަހޫނުގެ ސަބަބުން ވައިރަސް މަރުވާނޭމާދާއެއް އިންސާ ﷲ. ޢަދި އެހެންމެ ހިރަފޫހަކީވެސް ސެނެޓައިޒާއަތް ވުރެން ވައިރަސް މަރާލުން އަވަސްވާނޭ މާއްދާއެއް .. އަދި އިރުގެ އަލްޓްރާވއިކެޓް ދޯދިތަކަކީވެސް ވައިރަސް މާރާލާ މާއްދާއެއް އަދި އިރުގެ ހޫނަކީވެސް އަދި ލޮނަކީވެސް ވައިރެސް މާރާލާ މާއްދާއެއް އަދި ވާރޭ ފެނަކީވެސް (ހާއްސަކޮން ތާޒާވާރޭފެން) ވައިރަސްގެ ގިނަވާތްވަތްތައް މަރާލާ މާއްދާއެއް އެކުލެވޭ ބުއުމެއް.. އަދި ޒަމްޒަމްފެނަކީވެސް ވައިރެސް މާރާލާ މާދާގިނަ ފެނެއް އަދި ބަރަކާތެރިފެނެން.. އަދި މާތްމުއް އަދި ކަޅުދިރި ކަދުރު (ހާއްސަކޮން އަޖުވާ ކަދުރު) އަދި އެކިވައިރަސް އެކިބާވަތުގެ ކާނަައަތް މަރުވޭ މިގޮތުން ކަނޑުމަސް ނުވަތަ ފަރުމަސް އަކީ މިކޮރޯނާ ވައިރަހައްވާ އެންޓި ބައިޓިކްއެއް އިންސާ ﷲ. )
    މި ހުރިހާ ކަންކަމުން އެގެނީ ﷲ ސުބުހާނަހޫ ވަތައާލާ އަހަރެމެން މި ނުރައްކާތެރު ބަލިތަކުން ދިފާއުވުމައް ލައްވާފާވާ ނިޒާމު މާގިނަކަން އަދި އެކަލާނގެ ރަހުމަތް މާ ބޯޑުކަން.. އެކަމަކު މަސަލައަކީ އަހަރެމެންގެ އަމިއްލަ އެދުމާ ހެދި އަދި އަމިއްލައަތް މޮޅުކަން ދައްކަންވެގެން މިހުރިހާ ކަމަކާ އަހަރެމެން އަމިއްލައަތް ދުރުވާކަން އަދި އަހަރެމެންގެ އިލްމުގެ މަދުކަމާއި އަދި އަމުދުން އިލްމުގެ މައްޗައް އަހަރެމެންގެ ގާފިލުކަމާއި ކަނެއްކަމާއި ދުނިޔޭގެ އެދުންވެރިކަން އިސްކުރާ އިސްކުރުން ނުވަތަ އިސްވާއިސްވުން..
    ..
    ދައްއުގުޅަން ޖެހޭވާހަކަ އެއްވެސް ޑޮކްޓަރަކު ބުނިތޯ ...؟؟؟
    ޢިންސާނަަގެ ހަށިގަނޑައް އާމު ގޮތެއްގާ ވައިރަސް އެތެރެވަނީ ދެދޮރަކުން އެއީ ނޭފަތުންނާއި އަންގައިން ދެން ކޮންމެސް ވަރަކަތް އިތުރައް ހުރިކަންކަމަކީ ލޮލުން އަދި އަތުގެ ޒަރިއްޔާއިން އެކަމައް ފަހިކުރާ ފަހިކުރުން..
    ..
    ދުނިޔެއާއި ދުނިޔޭގާވާ ހުރިހާތަކެއްޗެއް ﷲ ސުބުހާނަހޫ ވަތައާލާ ލެއްވެވީ ހަމަ އިންސާނުންނައްޓަކާ އަދި އިންސާނުން އިމްތިހާނު ކުރުވުމައްވެސްމެ. އެއީ ބިމުގެ ހަލީފާންކަމުގާ އިންސާނުން ﷲ ވަނީ ކަނޑައަޅުއްވާފަ.. ދެން ދުނިޔޭގާވާ ތަކެތީގެ ކަޮންމެސްވަރެއްގެ ހިއްސާދާރަކީ ޖިންނިން... މި ދެބާމީހުން ﷲ ސުބުހާނަހޫވަތައާލާ ހަލްގުކުރެއްވީ ހަމައެކަނި އެކަލާނގެއައް އަޅުކަންކުރުމައްޓަކާ.. އެއީ ޖިނިންނާއި އިންސިން..
    ..
    ޢެގޭތަ އިންސާނާއަތް ސުންނަތާއެގޮތައް ނަމާދުކުރުމުން ނަމާދުން ދޭހާރައްކާތެރިކަން.. އުހުރަވީގޮތުންވެސް ދުނިޔެވީގޮތުންވެސް ބޮޑެތި ފާދާތަކެއްވޭ ތިމާމެންނައް ތަަސަވުރު ނުކުރެވޭހާ ބޮޑެތި ފާދާތަކެއްވޭ...
    1 ނަމާދުކުރުމުގެ ކުރިން ދައްއުގުޅުން
    2 ވުދޫކުރުން ( ފުރަތަމަ އަތް ދޮވޭ ދެން އަންގައަތް ފެންލެވި އަންގަ ސާފު ކޮއްލެވޭ.. އަދި ނޭފަތައް ފެންލެވި ނޭފަތް ސާފުކޮއްލެވޭ.. މޫނުދޮވެވޭ އަތް އުޅަބައްޓާހަމައަތް ދޮވެވޭ.. ފާތިލަ ދޮވެލެވޭ)
    3 ނަމާދު ( ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮއްދޭ އަދި ދިފާއިނިޒާމު ވަރުގަދަކޮއްދޭ)
    4 ނަމާދު ނިމި ދުއާކިރުން ( ސުނަތް ގޮތަކީ ދުއާކުރުމަތްފަހު މޫނުގާ އަތްނުފިރުމުން ނުވަތަ ހަމްދުކިޔާ މޫނުގާ އަތްނޭޅުން.. ކިހާ ރިވެތި އުސޫލެއް)
    ..
    އަދި ރޯދައަކީވެސް ވައިރަސްތަކަތްވާ ދިފާއީ އަޑަނައެއް އަދި ސަހުވާނީ އަމަލްތަކަތްވެސް ވާ ދިފާއީ އަޑަނައެއް..
    ޜޯދައަކީ ދިފާއީނިޒާމަތް ލިބިގެންދާ އިތުރު ކުރިއެރުމެއް..
    ( ވައިރަހަކުން ތިމާއަތް ނުރައްކާވާނަމަ ދުއާކުރުމާއިއެކު އެއައް ބޭސްވާނަމަ ބޭސް ބޭނުންކުރަމުން 3 ދުވަހު ނުވަތަ 7 ދުވަހު ސުނަތް ރޯދަހިފާ އަދި ގުރުއާން ކިޔެވުން އިތުރުކުރޭ އިންސާ ﷲ .. ﷲ ގެ އިރާދަފުޅާއިއެކު ރަގަޅުވާނެ .. ﷲ އިރާދަފުޅާއި އެކު އެކަން ތިބާއަތް އިހުސާސްވަމުންދާނެ އަދި ހަނދާންކުރޭ އެއްވެސް ނަމާދެއް ދޫނުކުރުމަތް ﷲ އިރާދަ ފުޅާއިއެކު ސިފާ ލިބޭނެ.
    އަދި ކީރިތި ގުރުއާނަކީވެސް އިންސާނާގެ ދިފާއީނިޒާމު ދޮޅަހެޔޮވާ ހެޔޮއަމަލެއް .. ގުރުއާން އަޑުއެހުމާއި ގުރުއާން ކިޔެވުން...
    ..
    1 ދުނިޔޭގަވާ ގުރެވިޓީ ނުވަތަ ބިމަައްދަމާބާރަކީވެސް ބައެއް ވައިރަސް ތަކަތްވާ ނުރައްކަލެއް . ޢިންސާނުންނައްޓަކާވާ ރައްކަލެއް..
    ޖައްވުގާވާ ކުދި ކުޑި ފުއްތަކަކީވެސް ލޫއެއްޗެއް އެކަމަކު އެވެސް ކުޑަ އެހެނެއްކަމަކު އިރުގެ ދޯދި އެޅޭގޮތުން ޒައްރީ އެކުޑިފުއްތައް ލޮލައްފެނޭ.. އެކަމަކު އެއްވުރެންވެސް މާކުޑަ ކުޑަކަމުންގޮސް އިންސާނާގެ ލޮލައްނުފެންނަ އަދި އާދާގެ މައިކުރޯސްކޯޕުންވެސް ނުފެންނަ ހާއްސަ ބާރުގަދަ މައިކުރޯސް ކޯޕުން ފެންނަ ކޮރޯނާ ވައިރަސް ތައްވެސް އެކުޑަ އެކަމަކު ލޮލައްފެންނަ އެކުޑި ފުއްތަކަތްވުރެން ބަރު އެކަމަކު އެއީ އިންސާނާގެ ލޮލައް ނުފެންނަ އެއްޗެއް .
    މިކަންކަމުންވެސް އެގެނީ ﷲ ގެ ކުޅަދުންވަންތަކަން..
    މަރުވެފާވާ ޔަކެތިން ދިރޭތަކެޔި ނެރުއްވީވެސް އެކަލާނގެ.. އަޖާބެއްނުވޭތަ ... އަހަރެމެން އިންސާނުންނައް މީކުރެވޭނޭކަންކަންތައް...
    ..
    ހުރިހާ ގޮތަކައްބަލާއިރު އެއީ ހަމަ ރަގަޅުވާހަކައެއް.. ކޮވިޓު 19 ފަޒާގެ ތެރޭ މާގިނައިރަކު މަޑެއް ނުކިރެވޭ.. އެކަމަކު އެއީ ކެއްސުމުން ނުވަތަ ކިނބިހި އެޅުމުން ބުރާގެންދާތަކެތީގެތެރޭން ދާތަކެތި އެހެނަސްް އެއީ ނޭވާލާއިރު ދާ ވައިރަހެއްނޫން .. އަދި ނޭވާލާއިރު ވައިރަސް މާބޮޑަކަތް ހަށިގަމޑުން ބޭރެއްނުވޭ އެހެނަސް އާދަޔާ ހިލާފަތް ނޭވާލާނަމަ ކޮންމެސްވަރަކަތް ބޭރުވެދާނެ.. އެހެނަސް މާބާރަތް ވާހަކަދައްކަންޔާ ކޮންމެސްވަރަކަތް ވައިރަސް ހަށިގަނޑުން ބޭރުވެދާނެ އެހެނަސް އެތަކެތި ވާގަތެރޭގާ މަދު ސިކުންތު ކޮޅަކުނޫނީ ނުހުންނާނެ.. އެކަމަކު ކިނބިހިއަޅާ ކެއްސުމުން ވާގެތެރޭގާ އެތަކެތި ކޮނެމެސްވަރަކަތް މިނެޓޮކޮޅެއްވަންދެން ހުރެދާނެ ވާޖެހޭނަމަ..
    .. އާމުކޮން ނޭވާލުމުގާ މޫމާމޫނު ކާރި ނުވަންޔާ މި ވައިރަސެއް ނުފެތުރޭނެ.. އިންސާ ﷲ

    3
    3
    • މޯލްޑިވިޔަން

      ހައްހައްހާ.އިލްމީ މޮޅު ލިޔުމެއް.ސަހާދަށް....

  9. ގަމާރު

    އަދި މިޖެހެނީ މިމީހުން ބުނާހާ ގޮތަކަށް އުޅެން. ނޫޅެފިއްޔާ ދެދުނިޔޭން ގެއްލި ހަލާކުވޭ އެބަ.

  10. އޭބީ

    މީނަ މޮޅުވެގެންގޮސް ހައްދުފަހަނަ އަޅާފަ އެހުރީ ތިމީހުން ހިތުން އެމީހުން ކޮންމެ އެއްޗެބުންޏަސް ތެދުކުރަންޖެހޭ އެހެންނޫނީ އޭނަ ވާނީ ކާފަރަކަށް.

  11. މާމީ

    މީކޮންކަހަލަ ޑޮކުޓަރެއް ބައެއްފަހަރު ސިއާސީ އަނެއްބާފަރު ހަށީގެ ޑޮކުޓަރަކައް މީވަރުގަދަ މީހެއް..

  12. ކުރުކޮއް

    ހާދަ ދިގުކޮއްލީ ކުރުކުރަން ނޭންގުނީތަ ބަލައެހެންވެގެންނު އެބުނަނީ ގިަގިނައިން ސައިބޯނިލައިގެން އަތްދޮންނާށޭ އެހެންވެގެންނު އެބުނަނީ ތަންތަނުގަ އަތްލާފަ މޫނުގާ އަތްނޫންގުޅާށޭ

  13. ޖަލީލު

    ލަފާކޮށްލާފަ އިލްމުވެރީން ވާހަކަ ދައްކާނަމަ ދީނީ ކަނަކަމުގަވެސް އެމީނުންގެ ވިސްނުމަށް ފެންނަ ގޮތަކަށް ވާހަކަދައްކާނެ. މިގޮތަށް ވާހަކަ ދައްކާމީހުން ދައްކާ ދީނީވާހަކަވެސް ހުންނާނީ ހަމަ މި ފެންވަރުގަކަން ކަށަވަރު.

    1
    1