މި ހިނގާ އޮގަސްޓު މަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެއަށް ޚާއްސަ ފްލައިޓްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލަނުން ބުނެފިއެވެ.

މިކަން ހާމަކޮށް ސްރީލަންކަން އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ދަތުރުތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. މިގޮތުން އޮގަސްޓު އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް، ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި ކޮލަމްބޯ އިން ރާއްޖެއަށް ޚާއްސަ ފްލައިޓްތަކެއް ބާއްވާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މި މަހު ސްރީލަންކަން އިން ޚާއްސަ ފްލައިޓުތަކެއް ރާއްޖެއަށް ބާއްވަން ހަމަޖެހިފައި ވީނަމަވެސް، ދަތުރުތައް އޮންނާނީ ކޮން ދުވަސްތަކެއްގައި ކަމެއް އަދި ހާމައެއް ނުކުރެއެވެ.

ސްރީލަންކައިން ބުނެފައި ވަނީ ރާއްޖެއަށް އަލުން ފްލައިޓްތަކެއް ފެށިނަމަވެސް، ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޚާއްސަ އުސޫލުތަކަށް އަމަލުކުރަމުންދާނެ ކަމަށެވެ.

ސްރީލަންކަން އިން ވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަން ހާމަކޮށްފައެވެ. ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާފައި ވަނީ، ބަންދުކުރިތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.

ސްރީލަންކަން އިން ވަނީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް މެދުކަނޑާލި ނަމަވެސް ކާގޯ ފްލައިޓުތައް ބާއްވާފައެވެ.

އެ އެއާލައިނުން އަންނަނީ ދަތުރުތައް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް، ރާއްޖޭގެ އިތުރުން ބައެއް އެހެން ޤައުމުތަކަށް ވެސް އަލުން ފްލައިޓުތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖީ

    އަންނާނެ ގެސްޓަކު ނުވެއްޖެޔާރަގަޅީ އަހަރުމެން ރިސޯޓުތަކުގަ މިއުޅޭމީހުނައް ތިކުރާއަނިޔާ ހުއްޓާލާ ނޫނީ އަހަރެންގެ ބަދަދުވާ ވާނެ

    1
    1