ޅ. ނައިފަރުގައި އަންހެނަކު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފިއެވެ.
ދަން ޖެހިފައި ހުއްޓާ ސަލާމަތްކޮށް، އެ މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ މީހާއަށް އެމާޖެންސީގައި ފަރުވަ ދީފައި ވެެެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ، ޖައުފަރު އަބްދުﷲ ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މިއަދުގެ މެންދުރު 14:00 އެހާކަންހާއިރު ކަމަށާއި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެނެސް އަވަސް ފަރުވާ ދީފައިވާ ކަމަށެވެ.
ޖައުފަރު ވިދާޅުވީ، ދަންޖެހިފައި ހުއްޓާ ސަލާމާތް ކޮށްފައިވަނީ ޒުވާން އަންހެނެއް ކަމަށާއި އޭނާގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި، އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެފަދަ ކަންކަން ދިމާވުމުން މެންޓަލީ ވަރަށް ބޮޑަށް ސަކަރާތްވާނެ. ކުއްޖާގެ ފިޒިކަލް ހާލަތު ރަނގަޅު، އެހެން ނަމަވެސް މެންޓަލީ ޝޮކެއްގައި ވަނީ".
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ޒުވާން ފިރިހެނަކު ދަން ޖެހިފައި ހުއްޓާ ވަނީ ސަލާމަތްކޮށްފައެވެ.
......................................
މިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ، ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.
އަމިއްލަ ނަފްސަށް ގެއްލުމެއްދީ މަރުވުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ދިމާވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދުމަކީ މުޙިންމު ކަމެކެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި:
1. ދަމަނަވެށި: 3318901
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ): 3318804 / 7976325
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ: 3313755 / 3323860
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް: 3306691
ދަންޖެހެނީ ކީއްކުރަން ހެއްޔެވެ ﷲ އަށް ނޫން ފަރާތްތަކަށް ބަރޯސާ ވުން ދޫކޮށް ލާ ށެވެ އަހަރެން ގަބޫލު ކުރާ ގޮތުގައި އިންސާ ނުންނަކީ ވަރަށް ނުބައި ބައެކެވެ ދެރަވާ ވަގުތު ލަނޑު ދީފައި ދުވެ ފިލާނެއެވެ ބުނާށެވެ ތިބާއަށްﷲ ފުދެޔެވެ އަދި ވަރުގަދަ ބާރަކާ އެކީ ކުރިއަށް ދާށެވެ ހުރިހާ އިންސާނުން އެއްފަހަރާ އެކަތި ގަނޑަކަށް ވެގެން ތިބާޔާ ދެކޮޅަށް ނުކުތަސް ﷲ ތިބާ ޔަށް ފުދެއެވެ އާދަތައްތައް ފޫއަޅުވާލާ ފައި ހީ ނުވެސް ކުރާ ގޮތް ގޮތުން ﷲ ގެ މަދަދު ތިބާޔާ ހަމަޔަށް އަންނާނެއެވެ ތިބާގެ ބޮޑީ ގާޑުންގެ ގޮތުގައި މަލާއިކަތުން ފުދެއެވެ އަހަންނަށް އާއިލާ ލަނޑު ދިނެވެ ދުޝްމަނުންގެ ގޮތު ގައި ފެނުނީ އެންމެ ގާތް ލޯބިވާ މީހުންނެވެ އިންސާނުން ދެކޮޅުވިއެވެ ސިހުރު ވެރިންނާ ޝައިތާނުން އެއްބައިވެ އަހަންނާ ދެކޮޅަށް ނުކުތެވެ ދެއާއިލާ އިންވެސް ޖާގައެއް ނުލިބުނެވެ އެކަމަކުވެސް އަހަންނަށްﷲ ފުދެއެވެ ކޮންމެ ނާކަާމިޔާބީ އެއްގައި ﷲ އަހަރެންގެ އަތުގައި ހިތްޕަވައެވެ ހަސްބިޔަށްﷲ އޭ ބުނެ ﷲއަށް ވަކީލު ކުރާށެވެ
މި ކޮމެންޓ ކިޔާފަ ރޮވިއްޖެ. ކުޑަ ހިތްވަރެއްވެސް ލިބިއްޖެ. އަހަންނާ ދެކޮޅަށް ނުކުތީ އަހަރެންގެ ލޯބިވާ މަންމަ.. ?
ވަރަށް ރަނގަޅު ވާހަކަ ކޮޅެއް ??
ތަރައްގީގެކަމެއް ހިނގަނީކީނޫން، ޒުވާނުންވެސް މާޔޫސްވެގެން ދަންޖެހެނީ. ގައުމުގަ މާބޮޑު އުޖާލާކަމެއްނެތްވައްތަރެއް ޖަހަނީ.
ސާބަސް!! ބޯ ހަލާކު. އެއްކަލަ ޕޮލިޓިކްސް އާ ގުޅުވައިފި! ..މި މީހުން ދުވަހަކު ވެސް ރަނގަޅެއް ނުވާނެ.
މެންޓަލީ އޭނުކިޔާ. އީމާންތެރިކަން ކުޑައީ އީމާންތެރިކަން ވަރުގަދަކުރަންވީ. ﷲއެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ
އަސްތަޣް ފާރު ކުރަން ފަށާބަލަ އާދަޔާ ހިލާފު ކަންތައްތައް ތިބާޔަށް ތަޖްރިބާ ކުރެވޭނެ އޭރުން ދަންޖެހޭކަށް ނުޖެހޭނެ
ކީރިތި ގްރުއާންގެ ނޫރުގައި ދިރިއުޅޭށެވެ ޒިކުރު ކުރުމުން ހިތްވަރު ހޯދާށެވެ
އެޕޮއިޓްމެންޓް ހަމަޖެހޭއިރު ހުނަނި ވާނެއެއްޗެވެފަ.
އަޅެ ތަޒުރިބާ ކޮށްލަބަލަ.
1. ދަމަނަވެށި:
2. ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ):
3. ޔޫތް އެންޑް ސްޕޯޓްސް ސެންޓަރ:
4. ޖުވެނައިލް ޖަސްޓިސް ޔުނިޓް:
ސިޙުރުގެ ސަބަބުންވެސް ދަންޖެހެއެވެ. ސިޙުރުވެރިން ގިނަ ފަހަރަށް އެފަދަ ސިޙުރު ހަދާފައި ވަނީ ބުރުގާ އަށް ދޯބައްޓާއަށް ނުވަތަ ޓައި އަކަށެވެ. މ ދިއްގަރުގައި 2 ފަހަރު ދަންޖެހިގެން ހޮސްޕިޓަލަށް ގެންގޮސް އެވަރުން ރަނގަޅު ނުވެގެން އޭނާއަށް ރަނގަޅުވީ ބ އަތޮޅު ރުގްޔާ ކުރާ މީހަކު ގެނަސްގެންނެވެ. އެމީހާ އެކުއްޖާއަށް ހަދާފައިހުރި ހުރިހާ ސިޙުރުތައް ހޯދައި ނަގައި ބާތިލު ކުރިއެވެ. އެންމެ ވަރުގަދަ އަށް ސިޙުރު ހަދާފައި ހުރީ އެކުއްޖާގެ ބުރުގާ އަކަށެވެ.