ފޮރިން މިނިސްޓްރީގެ ސިޔާސީ މަގާމެއް ކަމަށްވާ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އައްޝައިހް ހުސައިން ރަޝީދު އަހުމަދު ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ފާޑުވިދާޅުވެއްޖެއެވެ.
މިހާރު އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހުސައިން ރަޝީދު އިލްމުވެރިންނަށް ފާޑުވިދާޅުވީ އެމްޑީޕީން ނެރޭ "ޚަބަރު ސިޓީ" ގައި ލިޔުއްވި ލިޔުއްވުމެއްގައެވެ. އޭނާ އިލްމުވެރިންނަށް ފާޑުވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާއިރު ދުރުދުރުގައި ސަފު ހަދަން ހުއްދަ ނުވާނެ ކަމަށް ރާއްޖޭގެ އިލްމުވެރިން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ލިޔުއްވި ލިޔުއްވުމެއްގައެވެ.
ހުސައިން ރަޝީދުގެ ލިޔުއްވުމުގައި ވިދާޅުވީ އަޅުގަނޑުމެން މުސްލިމުން ނަމާދު ކުރަމުން ދާއިރު ކައިރިކައިރީގައި ތިބެގެން ސަފު ހެދުމީ ގަދަވެގެންވާ ސުންނަތެކެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މިސްކިތްތައް ބަންދުވެފައި ހުރުމަށްފަހު މިސްކިތްތައް ހުޅުވުމުގެ ހުއްދަދެއްވައި ރާއްޖޭގެ ދީނީ ކަންކަމާ ބެހޭ ފަރާތުން އަންގަވާފައިވަނީ ނަމާދު ޖަމާޢަތުގައި ކުރުން ހުއްދަވާނީ ކައިރިކައިރީ ތިބެގެން ސަފުގައި ކަމަށް ވިދާޅުވެ އެނިންމުމާއި ހުސައިން ރަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ.
"ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ފަތުވާ ނަމާދު ގައިދުރުކޮށްތިބެ ނަމާދު ކުރަމުން ދާއިރު ދިވެހިންގެ ދީނުގައި މިކަމެއް ލިބިގެން ކުރާ މީހުން ހުއްދަ ނުވިއެވެ." ހުސައިން ރަޝީދުގެ ލިޔުމުގައި ވިދާޅުވެފައި ވެއެވެ.
އޭނާ ވިދާޅުވީ ނިސާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވަނީ ބިރުވެރިކަމުގެ ނަމާދު ކުރުމުގައި ހިނގަހިނގައި ތިބެގެންނާއި ހަށިފާރައަށް ތިބެގެން ނަމާދު ކުރުމަށް ކަމަށެވެ. ބިރުވެރިކަމުގެ އެންމެހައި ނަމާދެއްގައި އެގޮތަށް ނަމާދު ކުރެވޭނެ ކަމަށް ދީނުގެ ޢިލްމުވެރިން ވަނީ ވިދާޅުވެފައި ކަމަށް ހުސައިން ރަޝީދުގެ ލިޔުމުގައި ވެއެވެ.
"ސަފުގައި ކައިރިކައިރީގައި ތިބުމަކީ ނަމާދުގެ ފަރުޟަކަށް ނުވާހިނދު ދިނުގެ އެންމެހައި ޢިލްމުވެރިންގެ ރައުޔާއި ޢަމަލާ ޚިލާފަށް މިހާ ބާރަށް ރާއްޖޭގައި މިކަމުގެ ހުއްދަ ދެއްވަން ނުޖެހޭ ސަބަބެއްވެސް އޮންނަން ވާނެއެވެ. އިސްލާމްދީނަކީ ލުއިފަސޭހަ ދީނަކަށް ވާހިނދު އަޅުގަނޑުމެންނަށް އިސްލާންދީން މިހާ ބުރަ ތަކުލީފަކަށް ވާން ޖެހޭ ސަބަބެއްވެސް އެނގެން އެބަޖެހެއެވެ. މިވަރުގެބޮޑު ސިއްރެއް ދީނުގައި އޮތްހިނދު އެކަން ދެނެގަތުމަށް އަޅުގަނޑުމެންވެސް ބޭނުންވާނެތާއެވެ. ދިވެހި ދެތިން ޝައިޚުންގެ ސިއްރަކަށް އެކަން އޮވެގެން ނުވާނެއެވެ." ހުސައިން ރަޝީދު ލިޔުއްވާފައި ވެއެވެ.
ކޮވިޑް-19 ފެތުރެމުން ދާތީ މިސްކިތްތަކުގައި ނަމާދަށް ސަފު ހަދާއިރު ރާއްޖެ ފިޔަވައި އިސްލާމީ ހުރިހާ ގައުމެއްގައި ވެސް ސަފު ހަދަނީ ދުރުދުރުގައި ތިބެގެންނެވެ.
ބައެއް މީހުން ހީކުރަނީ އިސްލާމްދީން ބިނާ ވެގެންވަނީ މެޖޯރިޓީ މީހުންގެ ނިންމުމަށް ކަމަށް. ހަގީގަތަކީ އިސްލާމްދީނަކީ ﷲ ތައާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް ކީރިތި ނަބިއްޔާ ޞޢޥ މެދުވެރިކުރައްވާ ބާވާލެއްވި ދީނެއްކަން. އެހެންވީމާ ދީނުގެ އަޅުކަންތައް އަދާކުރަންވާނީ ނަބިއްޔާ އެންގެވި އަދި ދެއްކެވި ގޮތަށް.
ތެދެއް. ދުނިޔޭގެ ހުތިހާ އެންމެން ގަބޫލުކު ކުރިއަސް ހައްގުގޮތްނޫންގޮތެއް އެއީ ނުބައިގޮތް. އަޅުކަމެއްނުކުރެވޭނެ ނަބިއްޔާޞޢވ އެންގެވި އަދި ކުރެއްވިގޮތަށް، ނޫނީ. އެނޫން ގޮތްތަކަކީ ހަމަ ބިފުއާ. ދީނުގެ އަޅުކަންތސއް ޚަރާބުކޮށް އޮޅުވާލުން. އިސްލާމްދީން ނެތިކުރުން.
'މަގޭ ހިޔާލު' ވިދާޅުވެފައިވާ ވާހަކައެއް ރަގަޅުކޮށްލަމާ ދެއްތޮ. "އިސްލާމްދީނަކީ ﷲ ތައާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް ކީރިތި ނަބިއްޔާ ޞޢޥ މެދުވެރިކުރައްވާ ބާވާލެއްވި ދީނެއްކަން." މިއީ ރަގަޅު ވާހަކައެއްނޫން. އިސްލާމް ދީނަކީ އިންސާނުން މިދުނިޔެއަށް އައިދުވަހުން ފެށިގެން އޮތް ދީން. ކީރިތި ރަސޫލާ ޞޢވ މެދުވެރިކުރައްވާ ބާވައިލެއްވި ދީނެއްނޫން. މި ދުނިޔޭގައި އަބަދުގެ އަބަދަށްވެސާ އޮތީ އިސްލާމްދީން.
ބޮޑު ސޭކު...
ފިޤުހީ މައްސަލަ ތަކުގައި ފިޤުހު އިލްމުވެރިންގެ ބަސް މުހިންމީ. އެހެން ބައެއްގެ ބަހެއް މުހިމްމެއްނޫން.
ޢިބްލީސް ބުންޏަސް ހެޔޮ ބަހެއް ވާނީ ހެޔޮ ބަހަ ކަށް ، މީން ޒަމާނަ ކުވެސް ތިޔަ ރަޝީދަ ކު ނެތް ގަބޫލު ކުރެވޭ ޒާތުގެ ވާހަ ކައެއް ދައް ކާފައެއް މުޅިންވެސް ޕާޓީ ރުއްސަން ވާހަ ކަ ދައް ކާފަ ހުރީ އެ ކަމަ ކު މިފަހަރު ތިޔަބުނީ ރަގަޅުބަހެއް
ﷲގެ ޝަރީއަތާއި ހިލާފަށް ޝަރީއަތް ހިންގާ މީހުންނަކީ ކާފަރުން ކަމުގައި ގުރުއާނުގައި ނޯވޭތޯ؟ހުސައިން ރަޝީދާއި ސުވާލުކޮށްލަން.. އަދި ދީނަށާއި ނަބިއްޔާއަށް ފުރައްސާރަ ކުރަމުންދާ މީހުންނަކީ މިއުންމަތުގެ މުހައްމަދުގެފާނުގެ”އުންމަތުގެ މީހުންކަމުގައިވޭތޯ ވެސް ސުވާލުކުރަން.. އިސްލާމީ އުންމަތެއްގައި މުސްލިމް އިލްމުވެރިންގެ ދައުރަކީ ކޮބާތޯވެސް އަހާލާ ހިތްވޭ..
ހުސެންނަކީ ދީނީ ޢިލްމުވެރިއެއްނޫން. އެހެންވީމާ ތިކަންކަން އޭނާއަސް ނޭނގިދާނެ.
ނަމާދުގެ ސަފު ކައިރީގަ ނުހެދިގެން އިލްމްވެރިންނެއް މިހާލަތުގައެއް ނޫޅެއެވެ. އެކަމު ގެއިން ވުޟޫކޮށްގެން، އަދި ގައިދުރުކޮށް ތިބިގެން ވެސް މިސްކިތުގަ ނަމާދު ކުރުމުގެ ފުރުޞަތު ނުދީ މަޖްލިސް ބާއްވާ ގަޔަށް އަތްލާ ހެދީމަ އެވާހަކަ ދެއްކިއެވެ. ދީނަށް ފުރައްސާރަކޮށް އުޅޭ މީހުނަށް ބޮޑެތި މަޤާމްތައް ދީފަ ތިބީމަ އެވާހަކަ އެބަ ދައްކައެވެ. ފަހުޒަމާނަށް އައިސް ދީނީ ތާޖު އަޅައިގެން ނިކުމެ ޔަހޫދީންނާއި ގުޅިގެން ދީނުގެ ހުކުމްތައް އެވެރިން ބޭނުންވާ ގޮތަކަށް މީހުންނަށް ވިސްނައިދޭން އުޅޭ މީހުން ތިބޭނޭ، އޭގެން މީހެއްގެ އަތްދަށު ނުވާށޭ ބުނާއަޑު އަހަމެވެ. އެ މީހުން ދެނެގަތުމަށް ދައްކާ ވާހަކައާ ކުރާ ކަންތައް އަދި އެކުވެރިންގެ ގޮތުގަ ބަލާ މީހުން ދެނެ ގަންނާށެވެ. މި ދެންނެވުނުފަދަ މީހުންގެ ދުލުގެ ވިހައިން އަޅަމެން ސަލާމަތް ކުރައްވާށި، އާމީން.
ވަރަށް ފުރިހަމަ.?
މީ ފައްކާ ޖާހިލެއް ދީން އެގޭކަމަށްހަދައިގެން ހުރި ނުލަފާ މީހެއް އަމިއްލަ އެދުމުގައި މީނަގެ ދީންވެސް މީނައަށްވަނީ އޮޅިފަ އެހެއްނު ވާނީ މީނަވެސް މިހުރީ އެންޑީޕީން އެ ހިންގާ ބުލެކުމެއިލް ލިސްޓްގައިޖެހިފަ
ހުސެންރަޝީދުއަކީ އަހަރެންގެވަރަތްގާތް އަޙެ މަގާމާއި ފައިސާ އެއީ އެހެންމީހުންފަދައިން ހުސައިނުއައް ވަރައް މުހިއްމު އެއްޗެއް އެހެންވީމަ އަބަދުވެސް މިނަންގަތް ކަންތަކައްއިސްކަންދެވި ރ ނަޝީދައް ވާގިވެރިބުން އެއީހުސެންގެ ވާޖިބަކައްވެފައޮއްނަނީ، ނަމަވެސް މިފަހަރު މިހާލަތުގައި ނަމާދުގައި ސަފްހެދުމާ ބެހޭގޮތުން ފާޅުކުރީ ރަގަޅު ޙިޔާލެއް
މީނަ މިއީ އެމް، ޑީ، އެން އާއި އުތަމައިގެ ދީނީ ކަންކަމާއި ބެހޭ ބޮޑު ޝޭޚު. އެހެން ވީމާ މީނަ ވަރަށް މޮޅުވާނެ އޮޅުވައިލައިގެން ފަތުވާނެރެން.
ފަލާހާ ކާމިޔާބު ހޯދަން ނަމާދައް އަންނާށޭ ކިޔާފަ ގޮވާއިރު މިކަލޭގެ ދުވަނީ މިސްކިތާ ދުރަށް ދީނުގެ ތާކިހާ އަޅައިގެން ތިބޭ މިކަހަލަ މުނާފިގުންގެ ކިބައިން ދުރުހެލިވާން ދަސްކުރަން އެބަޖެހޭ
ތިޔައީ ށޭހެއްކަމައް ގަބޫލުކުރަނީ އެމްޑީޕީމީހުން އެކަނި އަހަރުމެނައް ތީފޭކެ
ދުނިޔޭގެ ެއްވެސް ށޭހެ ތިކަހަލަ ތހިއަންނިތާކާރިއެއްނުވާނެ ހަމަޔަގީން
ތިޔައީ ސޭކެއް
ޙުސެން އެބުނީ ރަނގަޅަށް. ޑރ ޝަހީމުގެ ބަސް ވެސް އޮތީ އެގޮތަށް.
ޖަމާޢަތުގެ ނަމާދު ސައްޚަަ ވުމުގެ ޝަރުތެއް ސަފުތައް މެދުނުކެޑި ހުރުމީ އެކަނި ކުރިޔަސް ނަމާދު ސައްޚަވާނެ ހުސައިން ރަޝީދަކަސް ﷲ އަށް އޮޅުވައި ނުލެވޭނެ
ޙައްޖުގެއަޅުކަމުގައި ހުރިހާކަންތަކެއްކުރީ ގައިދުރުކޮށްތިބެ ވީއިރު ޙައްޖުޞައްޙަ ނުވަނީތޯ؟
އަނހަ! އެއްކަލަ ޖުއްބާ މަނިކުފާނު.. ވަޒީފާ ގެއްލެން ކައިރިވީތޯ؟؟؟
މީ މޮޔައެއް ނުވަތަ ޖައްބާރެއް. ޢިލްމުވެރިން އެދެއްވި ފަތުވާއަކީ މީގެ ކުރިންވެސް މިރާއްޖޭގައި ތިއްބެވި ޤާބިލު ޢިލްމުވެރިން ދެއްވާފައިވާ ފަތުވާއެއް. ޙުސައިން ޢަބްދުއްރަޙްމާނާއި މޫސާ ފަތުހީ ފަދަ ޢިލްމުވެރި ޤާބިލު ބޭފުޅުން ދެއްވާފައިވާ ފަތުވާއެއް. އެއީ މިހާރު ތިއްބެވި ޢިލްމުވެރިން ދެއްވި ފަތުވާއެއްނޫން. ތަފާތަކީ އޭރު މިފަދަ ފަތުވާއެއްގެ އަޑުއިވެނީ ކަން އޮތްގޮތް ސާފުކުރާ ބަޔަކަށް އެކަނި. މިހާރު ސޯޝަލް މީޑިއާގެ ސަބަބުން އެއްފަހަރާ ގިނަ ބަޔަކަށް މިފަދަ ފަތުވާ އަޑު އިވެނީ. އެހެން ނޫނަސް މި ހުސައިން ރަޝީދަކީ ދީނުގެ ޢިލްމުގައި ހަދީސް ޢިލްމުގައި އެހާ މަތީ ތަޢުލީމެއް ހޯދާފައިވާ މީހެއް ނޫން. މިހާރުވެސް މިކަން ސޯޝަލް މީޑިއާގައި ހާމަކުރެއްވީ މި ކަލޭގެއަށްވުރެ ޠައުލީމީގޮތުން ފުންނާބު އުސް ޢިލްމުވެރިން. އެ ބޭފުޅުންނަކީ މިކަލޭގެ މިކިޔާ އެއްޗެއް ނުދަންނަވަރުގެ ބައެއް ނޫން.
ލުއިފަސޭލަ ވީވީނުންގޮސް ތުނބުޅިއެއް މަތިމަހެއް ވަކި ނުވާވަރު ވެފަ ތިހިރީ
ޙުސައިން ރަޝީދެވެ. ސަޙީހް މުސްލިމްގެ ތަރުޖަމާ ﷲ ގެ ޝަރީޢަތަށް ކުޑައިމީސްވާ ބަސްބުނާ މީހަ ކު ޝަރަފްވެރިއަ ކަށް ލައިގެން ނެރުނު މީހަ ކު ދީނީ ގޮތުން ދައް ކާ ވާހަ ކަ ޤަބޫލު ކުރަން ވަރަށް ދަތި. ސަލާމް.
ހުސައިން ރަޝީދަކީ ދެފުއްކެހެރި ވާހަކަ ދައްކާމީހެއް އެކަން އަހަރުމެންނަށް ކަށަވަރުވެ ޔަގީންވޭ ދީނޭ ކިޔައިގެން ވާހަކަ ދެއްކޭ ފެންވަރު ހުރި ޝޭހެއް ނޫން ތިޔަ ހުސައިން ރަޝީދަކީ
ކޮންމެ މީހަކު މުސައްލްއެއްގެންގޮސްގެން މާސްކް އަޅައިގެން ނަމާދު ކުރާަނަމަ ކިތަންމެ ކައިރީގަ ހުއްޓަސް ވައިރަސް ޖެހޭނެ ކަމަކަށް ނުދެކެން ނަމާދު ނިމުމާއެކު ސަފުތައްރޫޅާލާ ވަކިވެ ގަންނަންވި،މި ވައިރަހަކީ އަމިއްލަޔަށް އުދުހޭ ވައިރަހެެއް ކަމަކަށް ނުބުނޭ .މިބުނަނީ ކެްއްސާ ކިބިހި އެޅުމުން ކަމަށް .މާސްކް ނެތި ދެމީހަކު ގިނައިރު ނޫނަސް ވާހަކަ ދައްކަން ތިބުމަކީ ބަލިޖހިދާނެ ކަމެއް އެއީ ވާހަކަދަެްއްކާއިރު އަނގައިން ވަޔާއެކު ކުޅާއި ވައިރަސް ނިކުންނާނެތީ.ކެފޭ ތަކަކީ ވައިރަސް ފެތުރިދާނެ ތަންތަން މިދުވަސްވަރު ކާން ތަނަކަށް ވަންކަމުގާވިޔަސް ވާހަކަ ދައްކަން ތިބުމަކީ ހެދޭ ގޯހެއް.
ހުސޭނާ ނަމާދުކުރަންވީގޮތް އެގެން އޮތީ ރަސޫލާ ޞ.ޢ.ވ ގެ ހަދީޘުންކަން ހުސޭނަށް ރަނގަޅަށް އެގޭނެ. ރަސޫލާ އެއަޅުކަމެއް ކުރުމަށް އެންގެވި ގޮތާހިލާފަށް އަޅުކަމެއް ނުކުރެވޭނެކަންވެސް ހުސޭނައް އެގޭނެ. ހާލަތުގަވެސް އަޅުކަން ކުރެވޭނީ އެގޮތައް. ތިގޮތައް ފަހަރަކު ކަމެއް ހާލަތައް ބަދަލުކުރަމުން ތިދަނީ ދަލީލެއް ނުދައްކާ، ބިރުވެރިކަމުގަ އެއާޔަތުގަ އެބުނާގޮތައްވެސް އަޅުކަން ކުރަންޖެހޭނީ ހުސޭނު ބުނާގޮތަކަށް ނޫން
މިހާރު މިއުޅެނީ ރާއްޖޭގެ ޢިލްމުވެރިން ޖައްސަންވެގެން ވިސްނާތި
މީކީ ދީނީ އިލްމުވެރިންނަށް ފާޑުކިޔުމެއް ނޫން، މިގޮތަށް ބަލިފެތުރޭ ވަގުތެއްގަ އެންމެންގެ ރައްކާތެރިކަމަށް ދުރުފުރުގަ ނަމާދުކުރުން ރަނގަޅުވާނެކަމަށް އެ ބުނަނީ، ކޮންމެ މީހަކު ބުންޔަސް ރަނގަޅު ކަމެއް ވާނީ ރަނގަޅުކަމަކަށް... ވަގުތު ނޫސް ވެރިންނަށް ލިޔާނެ ހަބަރެއަ ނުލިބުނީތަ ؟
ހުސެން އަށް އިލްމުވެރިންނަށް ފާޑެއް ނުކިޔޭނެ.އެމީހުނަށް ވިސްނުން ނުފޯރާކަމެެއް އޮތްނަމަ ބުނެދިނުން ގޯހެެއް ނޫން.އެގޭކަމަކީ ހުސެން އަކީ އަރަބިބަސް ދރެނެލައްވާ ޑިޕްލްމާ އެއް އޮތް ބޭފުޅަކަށްވާކަން
ތީ ކޮންކަހަލަ ވައްތަރު ޝޭހު ހުންނަނީ ބޮޑު ތަނުން ކަޑައޭ ބޭބޭ މަ ތިވައްތަރު ބޭނުން ނެތީ ބޭބޭ ބޭބެ އިބިލިސް ވައްތަރު ހުންނަނީ
ގެފުޅުގަ ގައިދުރުކޮއް ، އެމީހުންނައް ދީންނޭގެނީބަ ، ސައުދީ ސޭހުން ކިޔަވީ ރާއްޖެއިން
މީހަކު ޙައްޤުނތެދު ބަހެއް ބުނެފިނަމަ އެކަން މިއުޅޭ ތނބުޅި ޝޭޚުން ދޮގުކުރާނެ .
އެއްވެސް ދިރާސާއެއް ކޮށްނުލާ އިލްމުހޯދާ ބަެއް މި ހާރުގެ ތުނބުޅި ޝެޚުންނަކީ
މުޅި މިގައުމު މަގުފުރެއްދީ ތުނބުޅިލީ ނަޖިދުގެ ވައްހާބީ ހަވާރިޖުން. އެއްވެސް ފިގުހުވެރިކަމެއް ނެތް ތަކުފީރީ މުއްލާއިން. ޝައިހު އެ ވިދާޅުވީ ރަނގަޅަށް. އެކަމަކު މިރާއްޖޭގަވެސް ތަކުފީރީ މުއްލާއިންގެ ބާރު ގަދަވެފައި އޮތުމުން ހެއުއެއްޗެއް މީހަކު ބުންޏަސް އަޑުއަހާނެ މީހަކު މިހާރަކު ނެތް.
ތިހިރީ އެންމެ މަތީ ޝޭޙާއެކު! ވަރަށް ސަލާމް!
ސޭ ކު ނަޝީދު
ބަލަ ހުސޭނާ ތިކިޔަނީ ހިގަމުންނާ ހަށިފާރަވެރިން ބައިތިއްބަގެން ވެސް ނަމާދުކުރާވާހަކަ އެއިންވެސްއެ އެނގެނީ އެއްވެސް ހާލެއްގަ ނަމާދު ދޫކޮއްލެވެން ނޯންނާނެކަން އަދިއެއީ ހަނގުރާމައިގަ ނުވަތައުދުވާނެއްގެތެރޭގަ ތިހާބޮޑައް ދުރުކޮއްބަހައްޓަންޏާ ގޮސް ފާހަގަޖަހާ ބޮޅުއަޅާފަ ދައްކަންވީނު ކަލޭމެން ކޮންމެކަމެއް ކުރިޔަސް އެއްޗެއް ބުނާނެމީހަކު ބުނަންކެރޭވަރުގެ މީހަކު މިއަދަކު މިޤައުމަކުނެތް ހައްތާވެސް ތިބީ އަލިރަސްގެފާނު ފަހަތްޕުޅުންދިޔަވައްތަރުގެ މީހުން
ސޭކު ހުސޭނަކީ ލާދީނީ ބައިގަނޑުގެ މެމްބަރެއް.
މަގާމްގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.
ދީނުގެ ކަންކަމަށް މާ ސަމާލުކަން ދޭ މީހެއްނޫން
ނަމުގެ ކުރިޔަށް ޝެއިޚް ލާފައި ނަން ކިޔަން ފެށީމާ ހީފުޅު ވަނީ ތޯއްޗެއް. މި ޝެއިޚައް އެގިވަޑައެއް ނުގަނޭ . ބިރުވެރިކަމުގެ ހާލަތުގައި ނަމާދުގެ ޖަމާޢަތް ގާއިމްކުރުމަކީ އޮތް ކަމެއް ނޫންކަން ކީރިތިގުރުއާނުގެ ބަގަރާ ސޫރަތުގެ 239 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވާކަން.
ދީންދަންނަމީހަކު ދީނައްފުރައްސާރަކުރާ ބައެއްގެ އުގުތެރެއައްވެއްޓިގަނެގެން ނޫޅޭނެ މީނަޢަކީ ތާ އަބަދު މައުމޫނާ ހަސަދަލައިގެން ނަސީދު ފޫބުޑުގަ ޖަހާ ފޮޑީގެ ވަސްބަލަމުންދުވާ މީހެއް މާއްދިއްޔަތައްގޮސް ހުސްވެފަހުރި މީހެއް...
އެކަމެއްވެސް މިހާރު ނެތް ހަނދާނެއް. މިހާރު މައުމޫނުގެ އުނގުގަ އިންނަންޖެހުނަސް ވަރިހަމަ ނަޝީދުއާ އެކުގަ ހުރެވެންޏާ!
މިސްކިތައް އަރާ މީހުންނަށް ތާޅަފިލީގެ އަޑު އިވޭނެ އެވެ. ދުރު ދުރުގަ ތިބުމަށާއި މާސްކު އެޅިމަށް ނަސޭހަތް ދެ އެވެ.
ފައްކާ މުނާފިގެއް
ދީނީ މައްސަލަތަކުގަ ވާހަކަދައްކަން އެނގޭނީ ދީނީ އިލްމް ލިބިފަ ތިބި ބޭފުޅުންނަށް ! މިއާއި މެދު ގޮތްކިޔަން އެނގޭނީ ދަންނަބޭކަލުންނަށް!
ކޮންމެވެސް ބޭފުޅަކު މި ހުސޭނު ދީނީ އިލްމު ކިޔެވި ތަނަކާއި ނެގި ފާހެއް ބުނެދީބަލަ.. މީނާ ދީނީ ވާހަކަ ދައްކާ، ފަތުވާދީ ފޮތްލިޔެ ހަދަން ފެށީއްސުރެ މިއެއް ހޯދަން ލައްކަ މަސައްކަތް ކުރެވިއްޖެ. އެ ގެންގުޅޭ ތަދްރީސާއި ތަރްބިޔާ ( އަރަބި ބަހުން އިސްލާމް މުދައްރިސް ) ގެ ޑިޕްލޮމާ ފިޔަވާ، އެހެން ފާހެއް މީނާ އަތުގައި އޮތް ކަމެއް ދަންނަ މީހަކާ ދިމައެއްނުވޭ..
އެނގޭ މީހަކު ހުރިއްޔާ ބުނެދީބަލަ..
ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމަށް ފޫގަޅާފައި ތިބޭ ބައެއްގެ ފަހަތުން ވިއްދާފައި ހުންނަ މީހަކު ދީނީ ޢީލްމުވެރިންނަށް ކިޔޭނެ އެއްޗެއް އޮންނާނެ ކަމަކަށް ނުފެނޭ! ޝައިޚް ކިޔަސް ހުސެންނަކީ ދީނީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެއްވެސްނޫން. ޢަރަބި ބަސް އުނގެނިވަޑައިގެން ޢަރަބި ފޮތްތައް ތަރުޖަމާ ކުރެއްވުމަކީ ދީނީ ޢީލްމުވެރިއަކަށް ވާނެ ސަބަބެއްނޫން.
މީނާ ޝަހިންދާގެ ރިޕޯޓަށް ވެސް ތާއިދުކޮށްފާނެ. މަހައިރާނެއްނުވާނެ.
މަނިކުފާނުގެ ޓޮލަރޭޝަން ދަށީތޯ؟ އަމިއްލަ ގޮތް އެކަނިތޯ ޤައުމުގައި އޮންނަންވީ؟ ޢިލްމުވެރިންގެ މެޖޯރިޓީ އަށް ތާއީދު ނުކުރެވުނަސް، ޢިލްމުވެރިންނަށް އިޙްތިރާމް ކުރަންވާނެ ނޫންތޯ؟؟