ފަތުރުވެރިކަމުގެ އެކި ވިޔަފާރިތައް ހިންގުމަށް ދޫކުރާ ބިމުގެ ކުލި ކުޑަކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެމިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ، ޓޫރިސްތު ރިސޯޓުތަކާއި، ޓޫރިސްޓު ހޮޓާ، ޓޫރިސްޓު ގެސްޓްހައުސް ދޫކޮށްފައިވާ ރަސްރަށާއި ބިންބިމުގެ ކުލި ކުޑަކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ

ގާނޫނަށް އިސްލާހު ގެނެސް މިއަދު ވަނީ ގެޒެޓް ކޮށްފައެވެ.

އިސްލާހުގައި ބުނެފައި ވަނީ މި ތަންތަނުގެ ކުލި މަހުން މަހަށް ނުދައްކާ ކަުގައިވާނަމަަ ޖޫރިމަނާގެ ގޮތުގައި ނަގަމުންދާނީ ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.0493 އިންސައްތަ ކަމަށެވެ. މީގެ ކުރިން ކުލި ނުދައްކައިފި ނަމަ ނަގަމުން ދިޔައީ ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.5 އިންސައްތައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެމުން އަންނަ ލުއިތަކުގެ ތެރެއިން ސަރުކާރުން ވަނީ ރިސޯޓުތަކުގެ ކުލި ދެއްކުން އަންނަ ޖޫން މަހުގެ ނިޔަލަށް ފަސްކޮށްދީފައެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ އިން އާއްމުކުރި ސާކިއުލާއެއްގައި ވިދާޅުވީ 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކޮށްފައިވާ ކަމަށެވެ.

އަދި ޖޫން 2020 އިން ޑިސެންބަރު 2020 އާ ދެމެދު ދައްކަންޖެހޭ ބިމު ކުލި 1 ޖޫން 2021 އިން ފެށިގެން ދެއްކުމަށް ފަސްކޮށްފައިވާ ކަމަށް ވެސް ސާކިއުލާގައި ވެއެވެ.

ފަސްކޮށްދޭ ކުލި އަނބުރާ ދައްކަންވާނީ އެއް އަހަރުގެ މުއްދަތަށް ބަހައިލައިގެންނެވެ. މިގޮތުން، ކުލި ދައްކަނީ ތިން މަހުން އެއްމަހު ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 4 ކުއާޓަރަށް (ޖޫން 2021، ސެޕްޓެންބަރު 2021، ޑިސެންބަރު 2021، މާރިޗު 2022) ބަހާލައިގެންނެވެ. އަދި ކުލި ދައްކަނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 12 މަސްދުވަހަށް ބަހައިލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ިބޯކިބާ

    ދެން ރައްޔިތުން ދުފާ ފޯއްކޮޅުން ޑިއުޓީ ބޮޑުކުރާނީ 1000 ޕަސެންޓުން.

  2. ބްރޯ

    ވިޔަފާރި ވެރިންގެ ސަރުކާރު.

  3. ޢަލީ

    މާލޭގެ ގޭގެ ކުލި ކުޑަކުރާނީ ކޮންއިރަކުތޯ

  4. ބީރުމީހާ

    އަޅޭ ކަރަންޓް ބިލު ނުދައްކާ ފަރާތްތަކަށްވެސް ތިޔާހެން ހަދާދީބަލަ ތީ ދައުލަތަށް ލިބޭ އާމްދަނީވިއްޔާ ކިހިނެއް އަހަރުމެން ދެން ކައިބޮއި ހަދާނީ