ހައުސިން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު މިއަދު ހަމަޖައްސަވައިފިއެވެ.

އެ މަގާމު ހަމަޖައްސާފައި ވަނީ ހެންވޭރު ރަންގަލި، ޙަމްދީ ޢަޤީލްއެވެ.

ހަމްދީއަކީ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލުގެ ކޮއްކޮއެވެ. އޭނާ އަކީ ކުރިން ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ ގޭހުގައި އިސް މަގާމުތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެއިތުރުން ހަމްދީ ވަނީ މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބޫ

    ޙަމްދީ ޢަޤީލް އަކީ ވަރަށް ކުޅަދާނަ ހުނަރު ވެރި އަދި ހިންގުންތެރި ތައުލީމީ ބޭފުޅެއް، ވަރަށް ރަނގަޅު ނިންމުމެއް . މަރުޚަބާ ހަމްދީ..