ގައުމު ހިންގަން ނޭނގުމުން ހުރިހާ ކަމެއް ކޮވިޑް-19އާ މަތިކޮށްފައި ރެކުމަކީ ސަރުކާރުގެ ސްޓްރެޓަޖީތޯ ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ސުވާލު ކުރައްވައިފިއެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ކޮވިޑް-19 ގެ ނުރައްކާތެރި ބަލިމަޑުކަން ލައްވާލާފައިވާ ކަމަށެވެ. ނަމަވެސް އެ ގައުމުތަކުން ރަނގަޅު މެނޭޖުމަންޓު ޕްލޭނެއްގެ ދަށުން ރިކަވަރީ ސްޓޭޖަށް ގޮސް ރީ ބިލްޑިން ސްޓޭޖު ފަށައިގެންފައިވާ ކަމަށެވެ. އެފަދަ ގައުމުތަކުން ދައްކާފައި ވަނީ ލީޑާޝިޕު ކަމަށާއި ބަހަނާއެއް އެގައުމުތަކުން ނުދައްކާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
Qaumu hingan neyguneema hurihaa kameh Covid19 aa mathikoffa rekuntho strategy akee? Ehen qaumu thakahves Covid19 ais, eyge therein gina qaumu thakun rangalhu management plan egge dhashun recovery stage ah gos rebuilding stage fashaiganefi. Bahanaa eh nudhakaa. Leadership dhekkee!
— Dr Mohamed Muizzu (@MMuizzu) August 6, 2020
މުއިއްޒު މިފަދައިން ވިދާޅުވިއިރު ކޮވިޑް-19 އަށް ފަހު ކުރިން އޮތް ހިސާބަށް ރާއްޖޭގެ އިގްތިސާދު އަލުން ދާނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވަނީ ވިދާޅުވެފައެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އަކީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު މުޅި ދުނިޔެއަށް ވެސް އެންމެ ބޮޑަށް އަސަރު ކުރި ކަންތައް ކަމަށެވެ. އެހެންކަމުން މި ވަގުތު ދުުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތައް ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އިގްތިސާދީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރި ކަމަށާއި ކުރު ރާސްތާ އާއި މެދު ރާސްތާގައި ވެސް އިގްތިސާދީ ގޮންޖެހުން އެބަހުރި ކަމަށެވެ.
އަދި ރާއްޖޭގައި ބޯޑަރު ބަންދުކުރުމުން އެތައް ވިޔަފާރިއެއް ބަނގުރޫޓުވި ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ.
ހަމައެހެންމެ ފަތުރުވެރިކަމަށް ކުރި ބޮޑު އަަސަރުގެ ސަބަބުން އިގްތިސާދަށް ބޮޑު ލޮޅުމެއް އައިކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ގައްޑާ ނުވެބެ...
ރަގަޅު ވާހަކަ އެބުނީ
ހެޔޮ ނުވާނެ ކަލޭމެން މަޑުން ތިބެބަލަ... އިންސާނުންގެ ފުރާނަ ސަލާމަތް ނުވެގެން އުޅޭއިރު ކޮން ގައުމެއް ތަރައްޤީ ނުވެގެންތަ ތިއުޅެނީ.. މީހުން ނެތިއްޔާ ކީއްކުރާ ގައުމެއް. އެދުމުގެ ހަތާ ފަޅާފަ.މުޒާހަާއަށް އަނެއްކާވެސް ނިކުމޭ. އޭރުން ހަމަވީ ހުރިހާ ކަމެއް
މުއިއްޒު ބުންޏަސް އެއީ ރަނގަޅުވާހަކައެއް.. ފުރާނައަކީ އެއްވެސް އިންސާނެއްގެ ބާރު ހިނގާ އެއްޗެއްނޫން.. ފުރާނައޭ ކިޔާފަ ވަޅެއްކޮނެގެން ވަޅުތެރެއަށް އެރި މަރު އައިސް ބައްދަލްކުރަންދެކަ ތިބެން ވީތަ؟ ތިކިޔާ ފައްސިފާ %99 މީހުން ނަކަށް ފައްސިވާކަމެއް ނުވެސް އިނގޭ ، ދެން ކޮން ފުރާނައެކޭ ތިކިޔަނީ؟
އެންމެ ފުރަތަމަ ކުރާކަމަކީ ކަލޭމެން ކޮށްފަހުރި ވައްކަންތަކުން ސަރުކާރަށް ލިބިފައިވާ ގެއްލުން ފޫބެއްދުން ! މިއީ ދިވެހިރައްޔިތުންނަށް ކަލޭމެން ދީފައިވާ އަޑިނޭގޭވަރުގެ ބޮޑުގެއްލުމެއް ! މިސަރުކާރުން ކޮރޯނާއޭ އެހެންއެއްޗެކޭ ކިއަސް މުއިއްޒުމެނަށް ކުރެވޭނެ ކަމެއް މިހާރަކު ނެތް ! ކަލޭމެން ވައްކަންކުރި ދުވަސް ވަނީ މާޒީ ވެފަ ! ދެން ކަލޭމެނަށް އޮތްތަނަކީ ޖަލު !
ކަލޭއަށް ހަމަ ސާބަސް ފިތުނަ އުފެއްދޭތޯ ބަލާތި! ކަލޭމެންގެ ސަރުކާރުގަ ކަންކުރިގޮތް އަމިއްލައަށް ހިޔާލަށްގެނެއްސަ ލަދުގަންނަން ދަސްކުރޭ! ކަމަކަށް އެދުންވެރިވިޔަސް ތިޔައީ ފުކެއްބޮޑުވަރު!