ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް، އައްޑުއަތޮޅު މަރަދޫ، މޫންލައިޓްހައުސް، އާމިނަތު އުއްމުކުލްޘޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް އުއްމުކުލްޘޫމް އައްޔަން ކުރައްވާފައި އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވާފައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އުއްމުކުލްޘޫމް ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ވަނީ ކުރައްވާފައެވެ. އަދި އޭނާއަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

އާމިނަތު އުއްމުކުލްޘޫމް މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައި ވަނީ ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ދާއިރާއިން އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވަރސިޓީންނެވެ. އުއްމުކުލްޘޫމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުން އަންނަ ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އިސްމަޤާމުތައް އުއްމުކުލްޘޫމް ފުރުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ކަލެޔައް ހިންހަމަޖެހުމެއްލިބޭނީ ތިކަހަލަ އައުރަނިވާނުކުރާ އެއްޗެހިކަން ތޯތިދައްކާދެނީ ބަލަގަ މީއިސްލާމީގައުމެއް މިގައުމުގެ ތިފަދުގެމަގާމުތަކުގާތިބެންޖެހެނީ މުސްލިމުމްކަން ހަމަނޭގެނީތޯ ގަމާރުވިޔަސްބޮޑުވަރު

    7
    1
  2. ޢަޒްރާ ޢަލީ

    ފެނޭ ފިސާރި އަންހެނުން އަންހެން ވަންތަކަން ދޯ

    1
    4
  3. ހިތުނހިތަަ

    ސަަބަސް ތިކަންކުރެވޭތޯބައްޮލަވާ ވަރިހަމަ ޤަވްމު ހަނާވިއަސް