އައްޑޫ ސިޓީ ހިތަދޫ އަށް މީހުން އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މޮނިޓަރިން އުވާލައިފިއެވެ.

ހިތަދޫ މޮނިޓަރިންގެ ހާލަތައް ގެނައީ އިއްޔެގެ ވަގުތެއްގައެވެ. އެއީ އެރަށުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ފައްސިވުމުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ހިތަދޫ ކައުންސިލަށް ފޮނުވި އެންގުމެއްގައި ވިދާޅުވީ ބަލަން ޖެހޭ ކަންތައްތައް ބެލިއިރު ހިތަދޫގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އައްޑޫ އިން ވަނީ މިހާތަނަށް ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ތިން މީހުންނަކީ ވެސް މާލެ އިން އައްޑުއަށް ގޮސް ކަރަންޓީން ވެގެން ތިބި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަރީ

    އަލްހަމްދުލިއްﷲ

  2. އެދެ...

    ބޯހަލާކު! މާލެއިން އަންނަ ބަޔަކު އެއްވެސް ގޮތަކަށް ރަށް ރަށް ނޭރެވޭނެ ގޮތެއް ހަމަ ޖެއްސިނަމަ. ކޮން ހޯމް ކަރަންޓީނެއް؟ފަޅު ރަށްރަށުގެ ބޭނުން ހިފަންވީ. އެ ރަށް ރަށުގަ ކަރަންޓީން ފެސިލިޓީތައް ހަދަންވީ. ހަމަ ފަތުރަން ތި އުޅެނީ.

  3. މަގޭ ހިޔާލު

    ކޮން ގޮތަކަށް ބަލާފަ އުވާލީ، އެމީހާ ކިތައް މީހުނާ ބައްދަލުވެ ކިތައް ތަނައް ދިޔަ؟؟ އަދި މާ އަވަސް މޮނިޓަރިންގް އިން ނަގަން...