ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "ހުތުރުކޮށް ނޫޅުއްވާނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފްގެ އަރިހުން މިއަދު އެދިވަޑައިގެންފިއެވެ.

މަޖިލިހުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވައި ޝަރީފް ވިދާޅުވީ ވަޒީރުން މަޖިލިހަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވީމަ، ނަޝީދު ވިދާޅުވާ ގޮތް ގޮތުން "ވާންވީ ގޮތާއި" "ވާންވި ގޮތެއް" އަދި "ޕޮލިސީ" އަކީ ކޮބައިކަން ސާފެއް ނުވާ ކަމަށެވެ. އަދި ވަޒީރު ބައެއް ފަހަރު، އިތުރުފުޅު ހައްދަވަނީއޭ ހީވާ ފަހަރު ވެސް އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭރުގައި މަޖިލިހުގައި އިންނެވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ޝަރީފްގެ ވާހަކަ ނުނިމި އުޅެނިކޮށް، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓަވައިފައެވެ. އަދި ޝަރީފްގެ މައިކް، ކަނޑާލުމާ ގުޅިގެން އޭނާ ވަނީ ނަޝީދަށް އިޝާރާތް ކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފައެވެ.

އެކަމަކު، މައިކް ކަނޑާލި ފަހުން ޝަރީފް ވިދާޅުވި އެއްޗެއް ސާފެއް ނޫނެވެ. ނަޝީދު، ޝަރީފްގެ އަރިހުން އެދިވަޑައިގެންނެވީ އިށީނދެވަޑައިގަތުމަށެވެ. ނަޝީދުގެ އެންގެވުމާ އެއްގޮތަށް ޝަރީފް ގޮނޑީގައި އިށީންނެވި މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ނަމަވެސް ފަހުން ވެސް ޝަރީފް ވަރަށް ބޮޑަށް އަޑު ގަދަ ކުރެއްވި މަންޒަރު އިވިފައިވެއެވެ.

ޝަރީފް ތަކުރާރުކޮށް އަޑުގަދަ ކުރެއްވުމާ ގުޅިގެން މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ނިޒާމީ މައްސަލަ ނަންގަވައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ އަޑު އިވިވަޑައިގެންފައި ނުވާތީ ސުވާލު ތަކުރާރުކޮށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ސައީދު އެގޮތަށް ޝަކުވާ ކުރެއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ ޝަރީފް، މަޖިލިހުގެ ނިޒާމަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހެއްދެވީމަ، އެކަމުން އެހެން މެމްބަރުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.

"މަރަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން، 100 ފަހަރު ލިޔުއްވަން އެގޮތަށް ހުތުރުކޮށް، ހަޑިކޮށް ނޫޅުއްވުމަށް،" ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "ކަށިގަނޑު ނުފުމޭނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް ނަޝީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް ވެސް އެންގެވިއެވެ. އެކަމަކު، އެގޮތަށް ތޯރިގް އަމަލު ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކިޔަމަންތެރިޔާ

    މެމްބަރުންނަށް އަދަބު ދިނުމުގެ ބާރު މަޖިލީހުގެ ރައީސަށް ( ހޮވާފައިވާ މެމްބަރެއް) ލިބިދެނީ ގާނޫނީ ކޮންބާރެއްގެ ތެރެއިން ތޯ..

    ގާނޫނުގައި ނެތް ބާރެއް ބެނުން ކުރުމަކި އެއްވެސް ފަރާތަކަށް ހުއްދަ ކަމެއްތޯ؟

    ހަމަ ނޭގޭތީ ސުވާލު ކޮށްލީ...

    109
    4
    • ބޯނެތްތެރިޔާ

      ކޮކީ، އެއީ މަޖާ! އެހާ ޓެންޝަން މައްޗަށް ގޮސްފައި އޮންނަތަނެއްގައި ހިއުމަރ ބޭނުންވާނެ. އެއީ މެންބަރު ލިޔެގެން ގެންނަން ބުނާ އެއްޗެއް ނޫން. ސިކުޑިން ވިސްނާލަބަލަ!

      8
      41
      • ގ

        ބޯނެތްތެރިޔާ، މަޖާކޮށް ސަކަރައިގަންނަން ހުންނަ ތަނެއް ނޫން މަޖުލީހަކީ... ބޭބީންތަކެއް ހޯވާފަ ތިބީ

        10
        1
    • މިނިކާރާއްޖެ

      އަބަދަކު ހަމަހޭގަ ތިބޭކަށް ނުޖެހޭ، އެހެންވީމަ ދެންކުރެވޭނީ ކޮސްކަންތައް،

      50
      3
  2. ދަސްވާރު

    މިގޮތަށް މަޖިިލީހުގެ މެމްބަރުންނަށް އެންގުމަށް ކިޔާ ދެވަނަ ނަމެއް އޮވޭތޯ؟

    59
    2
    • ފުތޭ

      އޮވޭ އެއީ "ސައްޓިކިއްލި"

      10
  3. މަވޯޓާ

    ތަމެންބުނެފީޔާ އެއްލައްކަ ފަހަރުވެސް މަމެންލިޔެފާނަމޭ. އެއީއަކީ މައްސަލައެއްކަމަށް މަމެން ނުދެކެމޭ. މީގަ މުހިންމީ ތަމެން މަމެންނަށް އިތުބާރުކުރުމޭ.

    22
    1
  4. Anonymous

    "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ" "ހުތުރުކޮށް ނޫޅުއްވާނެ"

    45
    1
  5. މަވެސް

    ނަޝީދަކީ ހުތުރުކޮށް އުޅެން ދަންނަމީހެއްވެސްނޫން! ގާނޫނުއަރާހަމަކުރާކަން ހަދާންކޮށްގެން ހުންނާތި!

    72
    2
  6. ބެއްޔާ

    މީކިހިނެއް ހިންގާ މަޖްލިހެއް. ވަކަރުގޭ ކުދިންއުޅޭހެން ނޫލޭނަމޭ ބުނެ 100 ފަހަރު ލިޔެބަލަ. އެއްވެސް ހަރުދަނާ ކަމެއްނެތް. މިވަރުގެ މީހަކަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ މިގައުމުގެ އެންމެން އުޅެންޖެހޭނީ ފޮޅުވަތް ލިޔުމުގަ.

    76
    1
  7. ހޯހޯ

    ކިހާ ބޮޑުވެއްޖެ ކަމެއްމި ދެން މީގެ ކުރީގެ ޢީވާ މާރިޔާމެންގެ ގެރި ކޮށި މަނިކު ފާނަށް ޙަމަ ޢޯކޭ މިހާރު ތީ ތުއްތު ކުދިންކޮޅެއް މަނިކުފާނު ރ ވާނެ ޕްރިންސިޕަލަކަށް

    55
  8. ރާފިޢު

    ނުޖެހޭ ލިޔާކަށް ބީތާޔާ

    58
    2
  9. ހެޔޮނުވާނެއޭ

    މިނިސްޓަރު އަސްލަމްގެ ޖަވާބުތަކާ މެދު ނަޝީދު ރުހިވަޑައެއް ނުގަތް ކަންކަމުގެ ތެރޭގައި މިހިމެނެނީ އެއީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ ފުރަމާލެ ފުރިގެން ބަންޑުން ވަމުންދަނީ 2009 އިން ފެށިގެން މިކަމަށް ހައްލެއް ގެންނަން ފްލެޓްސް ތައް ހުޅުމާލޭގައި ކޮންމެ ސަރުކާރަކުން އެޅިނަމަވެސް އެއީ ފެއިލްވެފައިވާ މޮޑެލް އެއް ކަން އެންމެނަށް އެބައިނގޭ އޭގައި އޮތް ހައްލަކީ މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ ކޮންމެ މީހަކަށް 4 ހާސް އަކަފޫޓްގެ ގޯއްޗެއް ދިނުމޭ މިނޫން ހައްލެއް މަމެން ވިސްނާ ވިސްނާ އުމުރު ހުސްވާއިރު ވެސް ނުވިސްނޭ ފްލެޓްސް މޮޑެލް ފެއިލް ވެއްޖެއޭ އެއިން ރައްޔިތުން އުއްމީދު ކުރާ ވަރާއި ގާތަށް ވެސް ނަތީޖާ ނުނެރެވެއޭ ހެޔޮނުވާނެއޭ މަޖްލީހުގެ ރައީސް އިސް ނަގައިގެން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެތަންތަނުން ގޯތި ބޭނުންވާ މީހުންނަށް ގޯތި ދޭންވީއޭ ހެޔޮނުވާނެއޭ ގޯތި ދޭންވީއޭ ހެޔޮނުވާނެއޭ ގޯތި ދޭންވީއޭ ހެޔޮނުވާނެއޭ ގޯތި ދޭންވީއޭ...

    15
    1
  10. ޖާ

    ރައްޔިތުންގެ މަޖްލީހަކީ އިސްލާމްދީނާއި ޚިލާފް ނޫން ކޮންމެ ކަމެއް ކުރަން އޮންނަ ތަނެއް. ތިމާގޮތަށް ރައްޔިތުން ތަކެއްގެ މަންދޫބެއްގެ ގޮތުން މަޖްލީހަށް ހޮިވިފައި ހުރި މެމްބަރެއް ޝަރީފަކީވެސް. ނަޝީދު ބޭނުންވާގޮތަށް ހުރިހާ ފަހަރަކު ވާހަކަ ދެއްކޭކަށް ނުޖެހޭނެ.ޕާޓީ ވީމަ ކޮންމެ ކަމެއްކުރިޔަސް މަޑުން ތިބޭކަށް ނުޖެހޭނެ. ވަރަށް ސަލާމް.

    36
    2
  11. ވިސްނާބަލަ

    މަޖްލީހުގެ ރައީސް ހިތް ހަމަޖެހި ވަޑައިނުގެން ދައްކާ ވާހަކަ ތަކަކީ އެއީ ދައްކަން ޖެހޭނެ ވާހަކަ ތަކޭ މިރާއްޖޭގެ ސްޕެޝަލީ މާލޭ ގައި އުޅޭ ރާއްޖެތެރޭ މީހުން އަދިވެސް ގެންގުޅެނީ ޚުދު މުޚުތާރު އުސޫލު ތަކޭ މާލޭގައި އެ އުސޫލު ތަކެއް ނުހިނގާނެއޭ ޑިމޮކްރަަސީގެ މާނަ އަކީ ދެ ފަރާތުން ވެސް ވާހަކަ ދެއްކުމޭ މީ ރާއްޖެތެރޭ ރަށްރަށުގެ ހޮޅު އަށި ތަކުގައި ކުރާ ގޮތަށް ކުރާ ގެރި ޒުވާބެއް ނޫނޭ މަޖްލީހުގެ ރައީސް އެވިދާޅުވަނީ މާލެ ސަރަހައްދުގެ ޕްލޭނެއް ނެތުމުން އެވާޙަކަ ދެއްކޭނެއޭ މަޖްލީހުގެ ރައީސަށް ސަބަބަކީ މަޖްލީހުގެ ރައީސަކީ އެއީ މާލެ ސަރަހައްދު ތަމްސީލް ކުރާ މެމްބަރެކޭ ރާއްޖެތެރޭ މީހުންނޭ ތަމެން ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާބަލަ ހެޔޮނުވާނެއޭ ގަމާރު އާލާތް ގަނޑާ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ ވިސްނާބަލަ

    3
    10
  12. Anonymous

    މަޖިލީހުގެ ރައީސަށް ލިބިގެްންވާ ބާރެއް ނޫން. ޤަވާއިދުގައި ނެތްކަމެއް ނުކުރެވޭނެ. ރައްޔިތުން ނިކުމެ ތި މަޖިލީސް ހަމަޔަކަށް ަަ. އަޅުވަންވެއްޖެ.

    22
    1
  13. ހަސަދު

    ނަޝީދު ސިޔާސީ ދައިރާ އިން އިސްތިއުފާ ދެއްވާފަ ހައެއްކަ އަހަރު ހަމަޖެހިލުމަށް ޗުއްޓީ އެއްނަންގަވާ.

    31
    3
  14. ޓަކަފިރޯށި

    900އެއްހާ ވޯޓު ލިބިގެން އެހެނިހެން ރަށްޔިތުންގެ މަންދޫބުންގެ މައްޗައް މި މާލޭސީދިބެ ހާދަބޮޑަލެއް އެބަވޭތާއެވެ!؟ އަލުގަނޑުމެންގެ މެންބަރު ހޮވާފަ ހުންނާނީ 1300ވުރެގިނަ ވޯޓުން ވީމާ އަތޮޅުތެރޭ ހުރިހާ މެންބަރުން މިސީދިބެ ސައިޒުކުރަން ގޮވާލަން

    22
    1
  15. ޢެކަމަކު ވާ

    ޢައްޑޫ މެމްބަރާ ނުބެހެއްޗޭ...އައްޑޫ ސިޓީ ރައްޔިތުން މިފަހަރު ލާދީނީ ނަޝީދުއަށް ރަނގަޅު ޖަވާބެއް ދޭނެ.ތަރައްގީ މުޅި އައްޑޫގަ ހުރިހާ ދިމާލަކުން....

    21
    1
  16. ދަރަނި ދަންތުރަ

    ރިޔާސަތުގައި އިނީ ވަކަރުގޭ ސޮރެއް ދެންވާނީ ތިހެންތާ

    24
    1
  17. ޑަރޭ

    މީބޮޑުވެގެންވާ މުސީބާތެކެވެ. މީނަގެ ކިބައިން މިގައުމު ސަލާމަތް ކު ރައްވާށި. އާމީން.

    28
    1
  18. މިއަދު

    މަޖިލިހުގެރައިސް އިސްތިއުފާދެއްވިރައިސް 3 ބާރު އެއްކުރާރައިސް ރާއްޖޭގައި ލާދީނިއްޔަތު ފަތުރާރައިސް ކޮސްނުވަންކަމަށް 20 މިނެޓްވަންދެން ގުދަށްއޮވޭ

  19. އަޙްމަދު

    މީނާ މިހިންގަނީ ނާސަރީ ކުލާހެއްތަ!

    14
    1
  20. ހުސެން

    ނަޟީދު ކަލޭ އަދި ބާލިޢު ނުވަނީތަ؟ކިހާ ބޮޑު މުސީބާތެއް ؟ތަސައްރަފު އަސްލުވެސް ނުފުދޭ ކަލޭގެ ކިބައިގައި؟ތިމާ މީހާގެ ޟަރުތު ހަމަވޭތޯ ބަލަންވެއްޖެނުން.މިހާ ބަލާބޮޑު މަޖުލިސް ރައީސެއްް މިގައުމަކުން ނުދެކެން

  21. އައްޑޫ ލެއި

    ނަށީދު އަކީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއްހެން ވަރަށް ށައްކުވޭ

  22. ދޮންރަހާގެ ދީދީ

    މި ދިޔަ 2 އަހަރު ތެރޭގައި ޢައްޑޫ ވަނީ އިންޑިޔާއަށް ވިއްކާފައި..

    މިއަދުވެސް އައްޑޫގެ ޕްރެޖެކްޓް ހިންގަން އިންޑިޔާ އެންބަސީން ނޫސްބަޔާން ނެރުނީ..

    މިވަރު ވީމާ، އަދިވެސް މިކިޔަނީ މިނިވަން ދައުލަތޭ..!

    ގެރި ގުޔަށް ގައުމު ވިއްކާ ހުސްކޮށްފި.. މިކަމާއި ދެކޮޅުހެދިޔަސް އެއީ ހަޤީގަތަކީ..!

  23. އަންނި

    ޝުކުރިއްޔާ މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝަރީފް!
    ޝަރީފަކީ ވަރަށް ބަސްއަހާ ކުއްޖެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވިއްޖެ.

  24. އެލެކްސް އަހުމަދު

    ސާބަހޭ ޝަރީފް!