ބައިލައްކަ ރުފިޔާއިން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޖޫރިމަނާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ، 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ސިޔާސީ ޕާޓީގެ ޤާނޫނާއި އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނުވާ މައްސަލައިގައެވެ.
ޕާޓީތަކުގެ މާލީ ކަންކަން ކުރިޔަށް ގެންދަންޖެހޭ ގޮތް ކަނޑައަޅާފައިވާ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކޮންމެ އަހަރެއް ނިމޭތާ ގިނަ ވެގެން 90 ދުވަސް ތެރޭ، އެ އަހަރެއްގެ އަހަރީ ހިސާބު އޮޑިޓްކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
މިދިޔަ އަހަރުގެ ފައިސާގެ ހިސާބުތައް އޮޑިޓްކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަނޭޅި މައްސަލައިގައި ޕީޕީއެމް ޖޫރިމަނާކޮށްފައިވާއިރު، އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ކުރީން އެ ފައިސާ ދެއްކުމަށް އަންގާފައި ވެއެވެ.
މި މައްސަލަ އާއި ގުޅިގެން ޕީޕީއެމްގެ، މާލީ ކަންކަން ބެލެހެއްޓުމާއި ހަވާލުވެ ހުންނެވި އަހްމަދު މުސްތަފާ ވެސް ވަނީ ދިހަހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ޕީޕީއެމް އަށް އިލެކްޝަންސް ކޮމިޝަނުން ނަސޭހަތްތެރިވެފައި ވެއެވެ.
ﷲއިރާދަކުރެއްވިއްޔާ ތިކުރަޕްޓް މީހުންޖަލައްލާތަންވެސް އަދިފެއްނާނެ.
ކުރަޕްޓް މީހާ އެހުރީ ޖަލުގަ
ސޮރީ. ތި ވާހަކަ ގަބޫލު ކުރާނެ މީހަކު މިހާރަކު ނެތް.
މިހާރު ކޮންމެ ހެން ވެސް ފައިސާ ކޮޅެއް ހޯދަން އެބަ ޖެހެއެވެ. ގައުމު ހިންގޭނީ ފައިސާ ލިބިގެން.
ގައުމު ހިންގަން ބޭނުންވާހާ ފައިސާއެއް ހޯދުމަށް ޖޫރިމަނާ ކޮއްބަލަ މިހާރުވެސް ތިޔާ ހިންގެނީ ޕީޕީއެމްގެ ވެރިކަމުގައި ބިނާކޮއްފައިހުރި ތަރިތަ ތަކުން ކުދިންނަށް ކިޔަވައިދެނީ ހަމަ ޔާމީން ގެ މަސައްކަތުން ހޯދި ޓެބްލެޓުން އެވަރުންވެސް ނުކުރެވެންޏާ ހަވާލުކުރޭ ޖޫރިމަނާއެއް ގޮތުގައި ވެރިކަން
ޢިލެކުޝަންގަތިތިބީ މިހާރު އުލުގަބާތިއްބަންޖެހިފަތިބިމީހުން ޝަރީފްއާއި އަކުރަމު ދެވަގުން ﷲ ތިދެމީހުނައް ލައުނައްލައްވާށި އާމީން
ހާދަ ކުޑަ ޖުރިމާއިނާ އެއް؟ މަދު ވެގެން ފަ ސް ފަހެތިން ކުރަން ޖެހޭ
ތިޔަ ޕާޓީ އަކީ މިހާރުން މިހާރަށް އުވާލުން ވެފައި އޮތް ފިތުނަ ޕާޓީ އެއް. ކުރާހާ ވެސް ކަމަކީ ބޮޑު ވަގެއްގެ ފަހަތުގައި ތިބެގެން ގައުމުގައި ފިތުނަ އުފެއްދުން. ނިކަން ކެރެންޏާ މިކޮމެންޓް ޖަހާލަބަލަ!
އެއޮތީ ޖަހާފައެއްނު. ދެން މިހާރު ލާދީނީ މައިބަދަ އެއޮތީ މަޖިލީހަށް ވައްދާފަ. ހިތުން ބޮޑުވަޒީރޯ. ދެން ކަލޭމެން އަތްބަޑި ޖަހާ އަތުން ހަންދާވަރަށް.
ބަލަ ގުންޑާ މޑޕ ޖުރި މ މަނާ ނޮކޮށް އެހެން ޕާތީތައް
ޖުރި މަމަނާ ކުރުމަކީ އިންސާފުން އެއްކިބާ ވުން ނޫންތޯ؟
ތިގޮތައް ވެސްބަޔަކުފެލާލައިގެން ވެސް ބަޑުފުރާލެވޭތޯނާ
ބަލާތި ނާގާބިލުސަރުކާރުން