ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ)ގެ އެހީއެއް ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައި ވަނީ މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއެކު ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސް ކޯލްގައެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިންވެސް އިންޑިއާއިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް މިއަހަރު އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިން ރާއްޖެ ގެނެސްދިނުމާއި، އިންޑިއާގެ އެކި ހިސާބުތަކުގައި ތިބި ހާހެއްހާ ދިވެހިން ރާއްޖެ ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ހުއްޓުމެއް ނެތި ރާއްޖެއަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި، ގިނަ އަދަދެއްގެ ބޭހާއި ކާބޯތަކެތި ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އިންޑިއާގެ މެޑިކަލް ޓީމަކުން ރާއްޖެއަށް އައިސް، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.

އަދި މިހާރުވެސް އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާއެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާއިން ފަހިކޮށްދީފައިވާތީ، ގިނަ އަދަދެއްގެ ދިވެހިން ދަނީ އިންޑިއާގައި ފަރުވާ ހޯދަމުންނެވެ.'

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ލިބިފައެވެ. ހާއްސަކޮށް ރާއްޖޭގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ވަނީ ކޮވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތަކުރުފާނު

    ދަރިންނޭ އިންޑިއާއަށް އަޅުވެތިވެ ނިމިއްޖެ. އެމީހުން ދެން މި ގައުމުން ނުފައިބާނެ. އެމްޑީޕީ ވެރިންގެ ޖީބުރައް ފުރާލައިފި

    21
    1
  2. މާމީ

    ހީވަނީ ރާއްޖޭގެ ރަޖިސްޓަރީ ބާއްވާފ ހޯދަނީހެން ރައްޔިތުންނޭ ވިސްނާ ފިކިރުކުރޭ ކަމެއްނެތި ނުދޭނެ އިންޑިއާގެ ކިތައްރައްޔިތުން ބަނޑައް އެތިބީ އަނެއްކާ މުސްލިމުން ދެކެ އެހާރުޅިއަންނަ ގެރިއެއް އުޅޭގައުމެއް އަހަރުމެން މުސްލިމުންނައް މިދެނީ ވަރައް ނުލަފާ ރޭވުމެއްގެ ދަށުން ކަން ޔަގީން

    21
    1
  3. ަފކ

    ނުޖެހޭ އިންޑިއާ ބުޑައް ވެއްޓޭކައް

    20
    1
  4. ފައި

    މުޅިގައުމު ދަރާވިކެނީ ... ހާދަރެރައޭ...އިންޑިޔާގެމަޅީގައި ގައުމުގެ ރައްޔިތުން ޖައްސައި އަޅުވެތިކޮށް ނިންމަނީ މިއޮތްގެން...... އަދިވެސް ވިސްނޭކަށް ނުވޭބާ؟؟؟؟؟؟؟

    17
    1
  5. ކާފަބޭ2020

    ދެއަހަރުގެ ބިޔަބޮޑުބަޖެޓުންނުވެގެން އިންޑިއާއިންލޮލިޕޮޕްގެގޮތުގައި ކިތަޢްޑޮލަރު ނެގިއްޖެތޯ؟

    16
  6. އައްޑޫ މީހާ

    ބަޖެޓް ސަޕޯޓެއްނޫން އައްޑޫގައި ހަދާ މިލިޓަރީބޭސް ވިއްކާލި ލާރިގަނޑު ބައިބައިކޮށް ބަޖެޓް ސަޕޯޓޭކިޔާއިގެން ތިޔަދެނީ އައްޑޫގައި މިހާރު މިލިޓަރީ ބޭސް އަޅާތަނާއި ހަވާލުވެހުރި މީހާ ދައްކާވާހަކަ މިއީ ކޮން ބަޖެޓް ސަޕޯޓެކޭ ކިޔާކަށް ވަކި ވަރަކަށް ބެލޭނީ އަހަރުމެން ނިކުންނާނަން

    17
    1
  7. ރިމް

    ހުސް ގައުމު ތަކުން ލޯނާ އެހީ.. ކޮބާ ތަ މި ގައުމަށް ވަންނަ ލާރި! ބަނގާޅު މީހުން މިތާ ހުސް! އެމީހުންގެ ގައުމުން ބއިލާރި ވެސް ނުލިބޭ!

    10
  8. މަޖާ

    ތިހާ ދިވެހިންނަށް ހެޔޮއެދޭ ބައެއްނަމަ ޔާމީން ސަރުކާރުގެ ދުވަސްވަރު ވެސް ހެޔޮއެދިގެން ދިނީސް... ކީއްވެ ނުދިނީ؟ ނުވީތާކަށް ކުރީ ދިވެހިންނަށް ޖެއްސުން... އެދުމެއްނެތި ވެދުމެއް ނުކުރާނެ... މިފަހަރު ދިވެހިރާއްޖޭގެ ކޮންތަނެއްބާ އަނދުން އަޅުވާފަ މި ވިއްކާލީ!!!

  9. ލީމް

    މަރުހަބާ އިންޑިޔާގެ އާ ސްޓޭޓް ރާއްޖެ....

  10. އަންނި

    ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 3.9 ބިލިއަން ރުފިޔާ ރާއްޖެއަށް ދެނީއޭ ބުނެވުނީ އޮޅުމަކުން އެރުފިޔާ އެއީ އަޅުގަންޑު ބަނޑު ހައިވެގެން ކާންދިން އެތިކޮޅެއް.

  11. ހަސަނު

    އާއްމުކޮށް އެއްގައުމުން އަނެއް ގައުމަށް ދޭ 'އެޙީ' އަކީ ގިނަ ދިވެހިންނަށް ހީވެފައި އޮންނަ ގޮތާއި ޚިލާފށް ލޯނުތައް. އެމީހުން ލޯނަށްވެސް 'އެހީ' އޭ ކިޔާނެ. އަދި މިއީ ދިގުމުއްދަތެއްގައި ދައްކަން ޖެހޭ ރިބަވީ ލޯނުތައް. ގެޓު ވޭ؟