ރައްޔިތުން މަޖިލީހުގެ މެންބަރު ރޮޒައިނާ އާދަމްގެ "މަޅީގައި" އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު މިރޭ ކުރެއްވި މެސެޖެއްގައި ވިދާޅުވީ "ރޮޒޭގެ މަޅީގައި މިޕާޓީގެ އެއްވެސް މެންބަރެއް ނުޖެހޭނެ." ކަމަށާއި އެކަން "ވަރަށް ކަށަވަރު" ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ވެސް "ތިޔަހާ ކުޑަކުއްޖެއް ނޫން." ކަމަށެވެ. "ވަކި ޕަވާ ބޭސް އާއި ނެޓްވޯކް ނުހެދޭނެ. އެމްޑީޕީ އެއްކައިރި ނުކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ރޮޒައިނާއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ އިކޮނަމިކް މިނިސްޓަރ ފައްޔާޒްގެ ދިފާޢުގައި ރޮޒައިނާ ވަރަށް ގިނަ ވާހަކަތަކެއް ދައްކަވަމުން ގެންދަވަނިކޮށެވެ.

ގައުމެއްގެ ވެރިކަން އެއް ފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށާއި އެކަން ކުރަން އުޅޭ ކަމަށްވާ ނަމަ ނިކުންނާނީ ހުސް ގޯސް ކަމަށް ވިދާޅުވެ މިއަދު ރޮޒައިނާ ވަނީ ރައީސް ނަޝީދަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ވެސް ދެއްވާފައެވެ.

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އޭނާއަކީ އެމްޑީޕީ "ފުނޑަން" މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި އަދި ޕާޓީ "ފުނޑަން" އޭނާ ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އޭނާ ކަހަލަ ނިކަމެއްޗަކަށް ޕާޓީ "ނުފުނޑޭނެ" ކަމަށާއި އެކަން ކުރެވޭނީ ބޮޑުންނަށް ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްޗެއް ބުނާއިރަށް ޑީއާރްޕީގައި އޭނާ އުޅުނު ވާހަކަތައް ކިޔާނެ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ހުދު އޭނާވެސް އެމްޑީޕީ ކުރިއެރުވުމަށް މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށާއި ވާރެއާ އަވީގައި އެ މަސައްކަތް އޭނާ ކޮށްފައިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްޑީޕީ އަކީ އެޕާޓީގެ ހުރިހާ މެންބަރުންގެ ވެސް ޕާޓީ އެއް ކަމަށާއި ޕާޓީގައި ހިނގާ ކަންކަމަށް ހުރިހާ މެންބަރުންނަށް ވެސް ގޮތް ކިޔޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަމާ

    ހިިިިހިހިހިހިހިހ?

    48
  2. Anonymous

    މީނަޔަކީ ބޭ ރުފުށުން ދަތްޕިލާގެ ސޭލް އަޅުވައިގެން އެތެ ރެފުށް ވަ ރަށް ނުބައި ނުލަފާމީހެއް، މިއީ މިބައިގަނޑު ބައިވެގެން ހިންގާ ނުބައި ޖަ ރީމާއެއް، ރރައްޔިތުން ވަ ރަށް ގާތުން މިކަން މޮނިޓަ ރ ކު ރަމުންދާތި.

    70
    2
  3. މާމިގިލީ މީހާ

    ނަސީދައް އެނގޭ ލަޑަޔާ ވާނީ ހަމަ ލަޑަޔާއަށް ކަން.

    53
    4
  4. ހޮނޑާފުށީ ބޮޑުހުސޭނު

    އިންސާނާގެ ހިތް ފު ރޭނީ ހިތުގެ ތެ ރެއަށް ވެލިއެޅި ފު ރުނު ދުވަހަކުން

    70
  5. ބުރުތުގާލް

    ބުނަން ވާހަކަޔެއް ލަޑަޔާވާނީލަނޑަޔާ ތިރޮޒޭމެންތީ މައުމޫނުގެއެހީގައި ކުރިއެރިބަޔެއް ފަހުން ކާންދިންއަތުގައި ދަތްއެޅީ ހިންނަވަރު އާއިލާކެރަފާއާއިލާއަށްގައްދާރުވާގޮތަށް ހުސްބަތާހަރާމީން ވައްކަމާ ފަސާދަޔާ މަގާމާޖާހަށްޓަކައި ރޮލުން ކަނީ ދެންތިލަފަތައްވޯޓުދިންމީހުން....ގާ ދަނ ޑިތަޅާންތިބޭ

    51
    9
  6. އައިކުޑް

    ރޮޒައިނާގެ މަޅީގައި އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށް މަޖްލީހުގެ ރައީސް ނަޝީދު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ

    26
    23
  7. ާއަސޭލަރ

    ޜޮޒޭ ބޭ ރުކޮލާ. މާފުއްޕަންޏާ. ާާާާާާާާާާއޭ ރުންބޮޑުވަޒީ ރުހުވަފެނުގަ ކުލަޖެހޭނީއ

    37
    10
  8. ބަރުރޮ

    މެންބަރު ރޮޒައިނާ މި ސަރުކާރުގެ ފުރަތަމަ އަހަރު އައްޑޫ އިން ގޯތި ދޫކުރުމަށް ނިންމާފައިވާކަން ކައުންސިލުން އިއުލާންކުރުމާއެކު ފޯމުތައް ހުށަހެޅިތާ އަހަރެއްވާން ކައިރިވެފައިވާއިރު ގޯއްޗަށް އެދި ހުށަހެޅި މީހުންވަނީ މާޔޫސްވެފައެވެ.

    23
  9. ސަޢީދު

    ރޮޒައިނާ ފަދަ ޤާބިލް މެމްބަރެއް މުޅި ތި މަޖިލީހުގައިވެސް ނެތް. ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރައްވާ ޤައުމަށް ވަފާތެރި އަދި ޚުދު ތި ޕާރޓީ އަށްވެސް އިޚްލާސްތެރި މެމްބަރެއް އެއީ. ނަޝީދަކީ ގެރެންޓީ ހަމަވެ ދަބަރު ޖަހާފައި ހުރި ތަކަހޮޅިއެއް. ތި މަޖިލީހުގެ ވެއްޓުމަކީވެސް އަދި މި ސަރުކާރަށް ދުއްޕާން ކުރާ މީހަކީވެސް އެއީ

    17
    2
  10. ީފެކްޓް

    ތެދެއް އެއީ ކުޑަކުއްޖެއް ނޫން. ބޮޑުވެ ބޯހަރުވީވީނުންގޮސް މަެުތޭލެއްގެ ބޮލައްވިރެން ހަރު. ތި ބޯހަރުކަމުގަ މައުނާށްވީހެން އެކަނިވެރިވެ އެކަހެރިވާތަން ފެންނާނީ

    11
    1
  11. މާރިޔާ

    ޝާނީ ނަސީދު ދެކެ ލޯބިވަނީތަ....؟؟؟

    17
    2
  12. ބާޣީ

    ބާޣީ ކަލޭގެއަށް އަބަދުވެސް ކުރަންޖެހިފައި އޮތީ ބަޣާވާތް. މައުމޫނުގެ ވެރިކަން ވައްޓަން މިނިވަންކަމޭ ކިޔައިގެން ކުރީ ބަޣާވާތް. ވެރިކަން ހަވާލުކުރީމާ މަށަކީ މުޅި ގައުމޭ ކިޔައިގެން އުޅެފައި މަޖިލީހުން ޖެއްސުންކުރަނިއްޔޭ ގޮވަމުން މުޅިކެބިނެޓް އިސްތިއުފާ ދިނީ. އެވަރުން ނުފުދުނީމާ ރައްޔިތުންނާ ދެކޮޅަށް ބަޣާވާތްކުރުމަށްފަހު ބާޣީ އިސްތިއުފާ ދިނީ. މިހާރު ތަބަކަކަށް ލާފައި މަޖިލީހުގެ ރައީސްކަން ދިނީމާ ސަރުކާރާ ދެކޮޅަށް ބަޣާވާތް ފަށާފައި މިއޮތީ.

    52
    2
  13. ޢައިސް

    ކަލޭގެ މަޅީގައި އަހަރެމެންވެސް ދެނެއް ނުޖެހޭނެ.

    54
    2
  14. މަޖުބޫރީހާލަތް

    ކެރަފާ19

    11
  15. ހުސޭނުބޭ

    ތި ވެގެންއުޅޭ ގޮތަކީ ރޮޒޭގެ މަޅީގައި މީގެ ކުރިން ބުއްޅަބޭ ދިހަބާރަ ފަހަރު ޖެހިފައި ހުރީމާ އެކަމުގެ ހިތިރަހަ އަދިވެސް ނުފިލަނީ!

    18
    1
  16. އައްޑޫ ލެއި

    ﷲގަންދީ ހުވާ ކޮށްފަ ބުނަން މަށަކީ 100ޕަސެން އެމްޑީޕީ މީހެއް އެކަމަކު މި ސީދިބޭ އެމްޑީޕީގަ ހުރިހާހިދަކު އެމްޑީޕީ މީހަކަށް ވޯޓެއް ދެނެއް މަ ނުދޭނަން. މުޅި ގައުމު ރޮލާ ކާލައިފި ތިކަލޭގެ

    20
    1
  17. ނަގުލު ފިއްތި

    ކޮން ނށދެއް އެއީ ސީދިބޭ

    9
    1
  18. އަހުމަދު

    ތީ ފައްޔާޒު ލައްވާ ގެއްލުވާލި ބިލިއަނުން ކު ރި ވައްކަމުން ފައްޔާޒު ސޭފްކޮށް ބޭ ރުކޮއްލަން ޖައްސާ ފޭކު ޑް ރާމާތަކެއް... ގެއްލުވާލީ ހާދަ ލާ ރިއެކޭ ... ރައްޔިތުން ބަނޑައް.ޖެހުނު ދުވަހު އަޅާލެވުނުތަ؟؟

  19. ކަމަނަ

    އަންނި މި އުޅެނީ ކީއްވެތަ ރޮޒެއިނާއާޖައްސައިލައިގެން ކަލާ މައިތިރިވެބަލަ މާބިޓިންނުވެ

  20. މާމަ

    ތިއީ ކުރީ ސަރުކާރުގެ ކަމެއް

  21. ރިހި ރާންބާގަސް

    ރޮޒައިނާއަށް ވުރެން ނުރައްކާތެރި މަޅިޖަހަނީގުޅެނީ ނަޝީދު! ގައުމު މިފަދަ ނާޒުކު ހާލަތުގަ އޮތްއިރުވެސް ތިޔައުޅެނީ ކޯޅުންގަނޑެއް ހިންގަން! ތިޔަކުރާކަމަކުން ސަރުކާރުވެއްޓިއްޖެ ނަމަވެސް އެކަމުގެ އެންމެ ހިތިރަހަ ފެންނާނީ ހުދު ތިމާއަށްކަން ދަންނާތި! ކުރިން އުޅުނުހާލު މިހާރު ހަނދާން ނެތުނީތަ؟ މަޖުލީހުގެ ރައީސްކަމަށް ތިޔަމީހާ ގާބިލެއްނޫން!