މާލެ ސަރަހައްދުގެ ގްރޭޑް 11 އާއި ގްރޭޑް 12ގެ ދަރިވަރުން ސްކޫލަށް ގެންގޮސް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.
މާލެ ސަރަހައްދުގެ ސްކޫލްތަައް އިތުރު ދެ ހަފްތާއަށް ބަންދުކޮށް، އޮންލައިންކޮށް ކިޔެވުން ކުރިއަށްގެންދާގޮތަށް ހަމަޖައްސާފައިވާކަން އިއުލާނު ކުރީ އިއްޔެ އެވެ.
އެހެން ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ މާލެ ސަރަހައްދުގައި ގްރޭޑް،11 އަދި 12 ކިޔަވާ ދަރިވަރުން ސްކޫލަށް ހާޒިރު ވެގެން ކިޔަވާ ދިނުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަށް ހަމަޖައްްސާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެގޮތަށް ނިންމީ 11 އަދި 12 ގައި ކިޔާ ދަރިވަރުންގެ އޭލެވެލް އަދި އޭއެސް އިމްތިހާނު ކައިރިވެފައިވާތީ ތައްޔާރުވުމުގެ ގޮތުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މީގެ ކުރިން މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް އޮތް އޭލެވެލް އިމްތިހާނު ވަނީ މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރަށް ބަދަލުކޮށްފައެވެ. އެހެންކަމުން ސްކޫލަށް ގެންގޮސް ކިޔައިދިނުމަށް ހަމަޖެއްސީ އޮކްޓޯބަރު/ނޮވެމްބަރު އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރަން ކަމަށް އެޑިއުކޭޝަނުން ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ކްލާސްތަކުގެ ދިގުމިންވެސް 35 މިނެޓަށް ކުޑަ ކުރުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން ކްލާސްތައް ނަގައިދެމުން ދިޔައީ 45 މިނެޓަށެވެ.
ކޮވިޑް-19ގެ ސަބަބުން މާލޭގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމަށްފަހު، ދަރިވަރުން ސްކޫލުތަކަށް ހާޒިރުވެ ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ.
އެހެން ނަމަވެސް ބަލީގެ ވޭދަނަތައް އިތުރުވުމާއި ގުޅިގެން މާލެ ސަރަހައްދުގައި ސްކޫލަށް ގޮސްގެން ކިޔަވުމުގެ ކަންކަން ވަނީ މެދު ކަނޑާލާފައެވެ.
ގޭގަތިބި ހަ އިރިސްކު، އަދި ދުވަސްވީމީހުން ކޯވިޑި19 އަށް، ކުރިމަތި ކުރުމުގެ މާތް މަގުޞަދު ހާސިލްކުރުމުގެ. ގޮތުން....،
މި އީ ދެ އިރު ދެ ދަޅަ އަށް އޮ އިވަރު ބަދަލުވާހެން ވާ ކަމެ އް. މި ކަމުން ސަލާމަތް ވަންދެން މަ އިތިރި ވެގެން ނުތިބެވިގެން ތިޔަ އުޅެނީ ތިމާމެންގެ ގަދަކަން ދަ އްކަންތޯ؟ މި ޤަ އު ނޫނަސް އެހެން ކިތަ އްމެ ޤަ އުމެ އްގެ ސްކޫލުތަ އް ބަންދުކޮށްފަ އެބަހުރި. ތިޔަ އީ ގަދަ ބަ އެ އް ކަމަށްވާނަމަ ރަ އްޔިތުން މި އަދު މިހާލުގަ އުޅެކަށް ނުޖެހުނީސް. ކިރިޔާ މަދު ވެލާހެން ހީވާ އިރަށް ހީވަނީ ދެ ފަޔަށް ހިނި އަރައިގެން އުޅޭހެން.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޓީނޭޖް އުމުރުފުރާގެ ކުދިންނަކީ އެންމެ ގިނަ ބަޔަކަށް ވައިރަސް ސްޕްރެޑްކުރަ އަދި ގޭގެ ތެރެއަށް ވައިރެސް ގެނައުމުގެ މައިގަނޑު ސޯސް. މި އެގްޒާމް 2021 އަށް ލަސްކޮށް މިވަގުތު ކޮވިޑް ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އިސްކަންދިނުމަށް އެދެން .
ކަމަކު ނުދޭ. ކިހިނެއް ކުއްލިއަކަށް ބުނާއިރަށް އޭ ލެވެލް އަށް ތައްޔާރު ވެވޭނީ. އެއް މަސް ތެރޭ، ނުވާނެ. ހެޔޮނުވާނެ ތިހެން ނަހަދާ. އާދޭސްކޮށްފަ ބުނަން. މިއޮތްހާ ދުވަހު ހީކުރީ މޭ ޖޫން ގަ ކަމަށް. ކުރިން ބުނި ނަމަވެސް ތައްޔާރު ވެވުނީސް.
ސްކޫލަށް ދެވިދާނެ، ކިހިނެއް އޭލެވެލް ހަދާނީ؟ ކުއްލިޔަކަށް ތިހެން ބުނާ އިރަށް، އެއްމެ މަހެއް އޮއްވާ ބުނީމަ، ނުވާނެ. ތިހެން ހަދާކަށް ނުވާނެ، މީ އިންސާނުންނޭ، މިއޮއްހާ ދުވަހު މޭ/ޖޫން ގައޭ ކިޔާފަ އަޅުގަނޑުމެންނަށް ތިހެން ނަހައްދަވާ. އަދި މޮކް އެގްޒާމް ވެސް ނަހަދަން. އާދޭސް ކޮއްފަ ބުނަން، ތިހެން ނަހައްދަވާ!
ޢޮފީސްތަކާ ސްކޫލް ތައް ބަންދު ކޮއްގެން ނޫނީ ކޮވިޑް ރޯގާ ކޮންޓްރޯލެއް ނުކުރެވޭނެ މިފެންނަނީ ކަންކަން ކުރަން ނޭގޭ ބުރާންތިން ތަންތަނުގެ ވެރިންނައް ލީމަ ވާގޮތް