ކުޑަކުއްޖެއްގެ ފޮޓޯ މީސް މީޑިއާގައި އާންމުކޮށް ހަޑި ހުތުރު ބަސްތައް ބޭނުންކުރި ދިވެހި އަންހެނަކަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެއްޖެއެވެ.

މިމަހުގެ 11 ވަނަ ދުވަހު "އިރާ އިރާދާ" ނަމަކަށް ޖަހާފައިވާ ފޭސްބުކް އައިޑީއަކުން ވަނީ ފޭސްބުކުގައި ކުޑަކުއްޖެއްގެ ފޮޓޯ އާންމުކޮށް އެކުއްޖާ އަށް ޖަނަވާރުންގެ ނަމުން މުހާތަބުކޮށް ވަރަށް ހުތުރުކޮށް ވާހަކަ ދައްކައިފައެވެ. މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ އޭނާ ކޮށްފައިވާ ޕޯސްޓު ޝެއަކޮށް އަދި އެ ޕޯސްޓަށް ކޮމެންޓުކޮށް އެ އަންހެން މީހާ އަށް ފާޑު ކިޔައިފައެވެ.

އެއަށް ފަހު އޭނާ އަމިއްލައަށް އެ ޕޯސްޓަށް ކޮށްފައި ހުރި ކޮމެންޓެއްގައި ބުނެފައި ވަނީ، މި ކުއްޖާ އާއި ހެދި އޭނާ ކައިވެނިކުރަން ބޭނުން ފިރިހެން މީހާ އާއި ކައިވެނި ނުކުރެވިގެން އުޅޭ ކަމަށެވެ. އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ މީހަކު ވެސް އެ ޕޯސްޓަށް ވަނީ ކޮމެންޓުކޮށްފައެވެ. އެ ޕޯސްޓަށް ފުރަތަމަ ކޮމެންޓު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހަކު ވަނީ އެއީ އޭނާގެ ދަރިއެއް ކަމަށް ބުނެފައެވެ.

"އެވަރުގެ ކުޑަ ކުއްޖަކާ ދިމާލަށް ޖަނަވާރަށް ގޮވި މީހަކާއި ރީއްޗަށް ވާހަކަ ދައްކާނީވެސް މޮޔައެއްނު. ކޮންމެ މީހަކަށްވެސް އެވަރު އިހްސާސް ވާނީ އެމީހެއްގެ އެވަރުގެ ދަރިއަކާއި ދިމާލަށް އެހެން ބުނުމުން" އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ މީހަކު އެ އަންހެން މީހާއާ އެއްކޮޅަށް ވާހަކަ ދައްކާ މީހުންނަށް ރައްދުދީ ކޮށްފައިވާ ކޮމެންޓެއްގައި ވަނީ ބުނެފައެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ވަނީ އެ ކުއްޖާގެ އޮތީ ކޮން ކުށެއްތޯ ސުވާލު އުފައްދާފައެވެ. އަދި ދެމީހެއްގެ ދެމެދުގައި މައްސަލައެއް ޖެހުނު ކަމުގައި ވިޔަސް އެ ކުށެއް ނެތް ކުއްޖާގެ އަބުރު ގެއްލޭ ގޮތަށް މުހާތަބް ނުކުރުމަށް އެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ ނަސޭހަތްތެރި ވެފައެވެ.

ކުޑަކުދިންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭ ގޮތަށް ތަފާތު އަމަލުތައް ކުރާ މީހުންނާއި، އެކުދިންނަށް އަނިޔާކުރާ މީހުންނާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފޯންބެ

    އިބްތިހާލަށް ދިމާވިފަދަ ދެރަގޮތެއް ދިމާވުމުގެ ކުރިން މި ފަދަ ރަހުމުކުޑަ މީހުންނަށް ފިޔަވަޅު އަޅާ

    53
  2. ދފދފ

    ޔަގީންތަ އެކުއްޖާ ހަމަ މަޑުން ގޭގައި ހުއްޓާކަން ތިހެން ތިވީ؟

    4
    49
    • އިއްބެ

      ދފދފ އަށް ވަރަށް ވެދުން.
      ބަލަ ބުރާންޗާ އަމިއްލައަށް ހިނގާ ނޫޅެވޭ، ވާހަކަ ނުދެއްކޭ ކުއްޖަކު ކޮންތާކައްތަ ދާނީ. މަށަށް ހީވަނީ ކަލޭ ތީ އެ އަންހެންމީހާގެ ވަތުކިބައެއްހެން.

      31
      1
    • ބްރޯ

      ދފދފ.. ތިކަހަލަ ބޯގޯސް ކޮހުން ހަމަ މީހުން ކޮމެންޓު ކުރާތަންތަނައް ވަދެ ކޮމެންޓު ކުރުމުގެ ބަދަލުގަ ތަންކޮޅެއް ރަނގަޅު ޑޮކޮޓަރަކައް ދައްކާލަބަލަ ގޮސް. ގޯހެއް ނުހެދހެނީސް.

      12
  3. އައިމިނަތް

    ކުއްޖާ ދައުލަތަށް ނަގަން ފެނޭ. ދެވަނަ އިބްތިހާލެއް ނުފެންނަނީސް

    46
    3
  4. ޣިސަ

    މިހާރު މިއުޅޭ ގިނަ އަންހެނުންންށް މީހަކާ އިދެ ދަރިން ލިބޭފަހުން އަދި ކިރިޔާ އަސްލު ލޯބިވެރިޔާ ފެންނަނީ ދެން އެވީ އަވަހަށް ދިރި އުޅުން ރޫޅާލާ ދަރިން ބިކަ ކޮށްލާފަ ދާން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    17
    1