ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓްތައް ލިބޭނެ ކަމަށް އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅައި ލިޔުން ހަވާލުކުރި ނަމަވެސް މި ސަރުކާރުން އަލުން ފްލެޓް ލިބޭ މީހުންގެ ލިސްޓު ކަނޑައެޅިއިރު އެ ލިސްޓުން އުނިކުރި މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދިނުމަށް ލޯފާމަކުން ނިންމައިފިއެވެ.

ހިޔާ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން މިދިޔަ ސަރުކާރުން ދީފައިވަނިކޮށް، މި ސަރުކާރުން އަލުން ލިސްޓު އެކުލަވާލިއިރު ލިސްޓުން އުނިކުރި މީހުންނަށް ގާނޫނީ އެހީތެރިކަން ދޭން ނިންމި ލޯފާމަކީ އިކުއިޓީ ޗެމްބާޒްއެވެ. އެއީ ރައީސް ޔާމީންގެ ގާނޫނީ ވަކީލެއް ކަމުގައިވާ އަބްދުﷲ ޝިޔާޒް ވެސް މަސައްކަތް ކުރައްވާ ލޯފާމެވެ.

އެ ލޯފާމްއިން ނެރުނު އިއުލާނެއްގައި ވަނީ، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވެ ނަން ގެޒެޓްކޮށް، ދައުލަތުގެ ލިޔުން ހަވާލުކޮށްފައިވަނިކޮށް އަލުން މި ސަރުކާރުން ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކޮށްފައިވަނީ ބޭއިންސާފުން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ދޭން ނިންމާފައިވާ ކަމަށެވެ.

އަދި ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލްކޮށް މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފެށި އެ މަޝްރޫއުގައި ފްލެޓްތައް ލިބޭނެ މީހުން އެ ސަރުކާރުގައި ވެސް އެކުލަވާލައި ލިސްޓް އާންމުކޮށް އެ ފަރާތްތަކަށް ލިއުން ވެސް ހަވާލުކުރިއެވެ. ނަމަވެސް އޭރު ފްލެޓްތައް ލިބޭ މީހުން ކަނޑައެޅީ އިންސާފުން ނޫން ކަމަށް ބުނެ މި ސަރުކާރުން އަލުން އެ މަސައްކަތް ފެށީއެވެ.

އެ ކަމަށްޓަކައި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީއަކުން މައްސަލަ ބަލައި، މީހުންގެ ދިރިއުޅުމުގެ ހާލަތުތައް ވަޒަން ކުރުމަށް ފަހު، ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު އާންމުކުރިއެވެ. އެ ލިސްޓުގައި، ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނޭ 111 މީހެއްގެ ނަމެއް ނެތެވެ. ކުރީގެ ލިސްޓުން 50 ޕަސެންޓަށްވުރެ ދަށުން ޕޮއިންޓު ލިބުނު އެ މީހުން ޑިސްކޮލިފައި ކުރީއެވެ.

މި ސަރުކާރު ފެށުނު ފަހުން ހިޔާ ފްލެޓްތަކުގެ އަމަލީ މަސައްކަތް މަޑު ދުވެއްޔެއްގައި ކުރިއަށް ދާތީ އާއި ރައީސް އޮފީހުގައި އެކުލަވާލި ކޮމިޓީން ހިޔާ ފްލެޓްތައް ލިބެން ޖެހޭ ހައްގުވެރިން ކަނޑައެޅުމުގެ މަސައްކަތް ލަސްވަމުން ދިއުމުން ގިނަ ބައެއްގެ ފާޑުކިއުންތައް ކޮމިޓީއަށާއި ސަރުކާރަށް އަމާޒުވެގެން ވެސް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ޝުކުރިއްޔާ. މިއަނިޔާވެރި އިންޑިޔާގެ ޕަޕެޓް ސަރުކާރުގެ އަނިޔާވެރިކަމާހެދި މިހާރު ދިވެހިން ހަލާކުވެ މިދަނީ. ބަލިމަޑުކަމުން އަރައިގަތުމުގެ ނިޔަތެއްނެތް. ބޭނުމަކީ ބަލިއިތުރުކޮށް އިންޑިޔާގެ ވެކްސިން ޓެސްޓުކުރާ ހިއުމަން ޓެސްޓް އޮބްޖެކްޓް ތަކަކަށް ދިވެހި ރައްޔިތުން ހެދުން.

    26
    2
  2. Anonymous

    ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އެމީހަކު އެތަމްސީލްކުރަނީ ދިވެހި ދައުލަތް.އެނިންމުން އޮނަރ ކުރަންޖެހޭނެ. އެކަމުގެ މިސާލަކީ، 2008 ވަނަ އަހަރު އޮތް މޑޕ ސަރުކާރުން ދިން އަރަބިއްޔާ ފްލެޓާއި ގާކޮށީ ފްލެޓްތައް. އެތަންތަން ލިބޭނެކަމަށް އޭރުގެ ސަރުކާރުން ނިންމާފައިވާ ފަރާތްތަކަށް 2013 ގައި ހޮވުނު ޕޕމ ސަރުކާރުން އޮނަރކުރި. ފްލެޓް ލިބިފައިނުވަނީ އެތަނުގެ އަގުކަމުގައިވާ 2 މިލިއަން ރުފިޔާގެ 20 ޕަސެންޓް ނުދެއްކުނު މީހުންނަށް. އެކަމަކު އެކަން ކޮށްދިނުމަށް ދައުލަތުން ބޭންކް ލޯނު %5 ގައި ނެގޭނެގޮތްވެސް ހަދައިދިން. މިއީ ވެރިކަމާ ހަވާލުވާ މީހުންގެ އިހްލާސްތެރިކަން ހުންނަންޖެހޭނެ ގޮތަކީ. އެމީހުން ހިދްމަތް އެކުރަނީ ދިވެހިރައްޔިތުންނަށް ކަމަށްވާންޖެހޭނެ. ވެރިކަމާ ހަވާލުވުމުން ދެން ޕާޓީ ވެިސްނުން ހުރުމުން ކުރެވޭނެ ވެރިކަމަކީ "އަނިޔާވެރިކަން"

    24
    1
  3. އޮޅުވާލި ވޯޓު

    ތިޔަލޯފާމައް މާންﷲ ހެޔޮރަުމަތް ލައްވާށި އާމީން ހިލޭސާބަހައް ނިކަމެތިރައްޔަތަކައް ކޮއްދެއްވަން ތިޔަނިމްމެވި މަސައްކަތައްހިތުގެ އިހުލާސްތެރި ކަމާއެކު ށުކުރުދަންނަވަން ށުކުރިއްޔާ

  4. ޗީ

    އަލަތު ކައިވެނި ކެޓެގެރީ މީހުންނަން ނުދެނީތަ ފުލެޓް?

  5. ދޮންބެ

    ޝުކުރިއްޔާ! ޙައްޤުން މަޙުރޫމްވެފައިވާ ފަރާތްތަކަށް ތިޔަނެންގެވި އިސްނެގުމަށް މަރުހަބާކިޔަން.

  6. އޮޅުވާލި ވޯޓު

    ށުކުރިއްޔާ ތިޔަވެދެއްވާ ދީލަތިއެހީއައް ތިޔަފުލެޓު އެޅިމީހުން ތިބީ އެވަގުތު އެމްމެ ބޭނުންޖެހިފާ ތިބި މީހުނައް ފުލަޓުދީފަ ދެން ކޮންބަދަލެގެންނަންޖެހެނީ ސަރުކާރުގެ ނިށާންގެހި ލިއުމުން އެމީހުނާވަނީ ހަވާލުކުރެވިފަ ދެނެއް އެޔެއްބަދަލެނުކުރެވޭނެ

  7. ޝުކުރިއްޔާ

    ނާ އިންސާފުން ވަޒީފާ އިންވަކިކުރާ މީހުންނަށްވެސް މިފަދަ ފުރުޞަތެއް ދެއްވާނެ ނަމަ ހާދަ ރަގަޅޭ.

  8. ޝުކުރިއްޔާ

    ބޭއިންސާފުން ވަޒީފާ އިންވަކިކުރާ މީހުންނަށްވެސް މިފަދަ ފުރުޞަތެއް ދެއްވާނެ ނަމަ ހާދަ ރަގަޅޭ.

  9. Anonymous

    މި ސަރުކާރަށް މުހިންމީ މާލޭގެ ބޮޑެތި މިލިޔަނުން ރުފިޔާ ލިބޭމީހުން ބިލިޔަނުން ރުފިޔާ ލިބޭ މީހުނަށް ބަދަލު ކުރަންތާ؟ އެއްވެސް ރަށެއްގައި ގެދޮރު ނެތް މީހުނާ ރާއްޖޭގެ ނިކަމެތިން އިތުރަށް ނިކަމެތި ކުރުންތާ؟ ކުލީގެ ގޮތުނަގާ މިންވަރަށް ބަދަލު ނުގެނެވުނުތާ ބޮޑެތި ބަލިމަޑު ކަމުގެ ސަބަބުން މާލޭގެ ދިރިއުޅުން މަޖުބޫރު ވީ މީހުން މާލޭ އުޅޭ ގޭގެ ކުއްޔަށް 25000 ރުފިޔާ ދޭންޖެހުނީމާ ލިބޭމުސާރަ އެކީ ދީގެންވެސް މާލޭ ކޮންމެހެން އުޅެން އެބަޖެހޭ. ކީއްބާ ވާނީ ެ އެމީހުން ކުލީގެ ގޮތުދައްކަން ޖެހޭމިންވަރު މަދުކުރެވޭނެ ގޮތެއް ސަރުކާރުން ހަދައި ދިނިއްޔާ. ރާއްޖެ ތެރޭމީހާ ބޭރުބިދޭސީއަކަށްވެސް ނުވޭ. ކީއްކުރާނީ!. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަa

  10. ކައްނެލި އޮޑި

    ރައްޔިތުން ނޫނެކޭ ބުނެ ވޯޓްނުދީމާ، ދެން ނެރެވޭނީ ނުޞައްހަ ނުރަނގަޅު ލިސްޓެވެ.