ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން އެކި ސަބަބު ތަކާއި ހުރެ އެނބުރި ގައުމަށް ފޮނުވާލާ މީހުންނާއި ގަވާއިދާއި ހިލާފަށް އުޅޭ މީހުންގެ ތެރެއިން މިއަދު އިތުރު ބަޔަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މިއަދު 200 މީހަކު ފޮނުވާލާފައި ވަނީ ރާއްޖޭގެ ގައުމީ އެއާލާއިން މޯލްޑިވިއަންގެ ބޯޓެއްގައެވެ.

މޯލްޑިވިއަނުން ބުނީ، މިއަދު 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެ އެއާލައިންގެ ފްލައިޓެއް މިއަދު އެގައުމުގެ ވެރިރަށް ޑާކާއަށް ފުރާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން ފޮނުވާލުމުގެ މަސައްކަތް ފެށީ ބަންގްލަދޭޝްގެ ސަރުކާރާއި މަޝްވަރާ ކުރުމަށް ފަހުއެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ގިނަބަޔަކު ހިމެނޭއިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ސައްހަ ލިޔުމެއް ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ ފޮނުވާލާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 2,223 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިންސާފު

    200 މީހުން ފޮނުވައިލާފަ 400 ގެނައީމަ ކަޑަ ދޯ

    4
    2
  2. އަލީރާޖާ

    މި ނޫން ސަރުކާރަކަށް ކުރެވުނު ކަމެއް ނޫން. މަރްހަބާ!

  3. ޢަޝަރީ

    ޢެންމެ 200 މީހުން ؟

  4. Anonymous

    ޟުކުރިއްޔާ މިނިސްޓަރ ފައްޔާޒު