މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި ސަރަހަދަށް ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން، މިއަދު ހަވީރު ހިނގި އިދިކޮޅު ސިޔާސީ ހަރަކާތަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ފާޑު ވިދާޅުވެއްޖެއެވެ.

މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކޮވިޑް-19 ގެ ނުރައްކާ އޮތް ނަމަވެސް، ސަލާމަތީ ކަންކަމަށް ނުބަލާ، ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކާއި ޚިލާފަށް ބަޔަކު އުޅެމުންދާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ހާލެއްގައި އެޗްޕީއޭގެ އެންގުންތަކާއި ޚިލާފުވެ، އެޗްޕީއޭގެ އެންގުންތައް މުގުރާލުމުގެ ފުުރުސަތު ނުދެއްވާނެ ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.

"ބަލި ފެތުރުމުގައި އެންމެ ބޮޑު މައްސަލަައަކަށް މިވަނީ އެންމެން އެއްތަނަކަށް އެއްވެ ގައިދުރު ނުވެ އުޅުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެއާއި ޚިލާފަށް އަމަލުކުރާ ފަރާތްތައް އެބަ އުޅޭ. އަޅުގަނޑު މިދެންނެވީ ކޮންމެހެން މިކަމަަކާ ގުޅިގެނެއް ނޫން. އެއީ ހުރިހާ ރަައްޔިތުން ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް އަޅުގަނޑު މިވަގުތުވެސް ދަންނަވަން. ވަރަށް ހިތާމަކުރަން މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާ ކޮށްފި، އަޅުގަނޑުމެންގެ ތެރޭ ތިއްބެވި ވަރަށް އިސް ބޭފުޅުން މާސްކު ވެސް ނާޅުއްވާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެ. އެއީ ވަރަށް ހިތާމަވެރި ކަމެއް،" އިދިކޮޅުން ބޭއްވި ސައިކަލް ބުރަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެއީ ޤައުމަށް ހެޔޮ އެދޭ ރައްޔިތުން ދެކެ ލޯބިވާ ބަޔަކު ހިންގާނެ އަމަލެއް ނޫންކަމަށާ އެއީ ޢައިރު ޒިންމާދާރު އަމަލެއްކަމަށް ވިދާޅުވެފައެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު މިއަދު ހަވީރު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ އެންގުމާއި ޚިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޮތް "ދެރަދުން" ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ގައިދުރުކަން ނެތި، މާސްކް ނާޅާ އުޅުނު ފޮޓޯތައް ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. އެހެންނަމަވެސް އެކަމާއި މެދު ފިޔަވަޅު އަޅާނެ ވާހަަކައެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ކާފަދ

  ބަލަގަ އެތާގަ ރޯވެފަހުރި އަލިފާނުގެ ހޫނަށްވުރެ ސައިކަލްތަކުގެ ސައިލެންްސަރތަކުގެ ހޫނު އިބުރާހިމަށް މާބޮޑަށް ކުރިޔޭ. އަދިވެސް އެއުޅެނީ ހޫނުގަނޑު މަޑުނުވެގެން

  65
  • އަޒް

   ދެން ރައީސްއަށް ވަކި ތަނެއްގަ ވަކި ވާހަކައެއް ދެއްކުން މަނާ ކުރާ ޤާނޫނެއް އޮވޭތޯ؟؟ ޖަވާބުދޭނީ ކުރާ ސުވާލަށް.. އަލިފާނާ ގުޅޭ ވާހަކަވެސް ދެއްކި

 2. އެމަންޖެ

  ތީ މިސަރުކާރުން ރާވައިގެން ހިނގިކަމެއް.

  52
  • ބީރުމީހާ

   ތިޔަ ރޯނުއެދުރަށް އެއްޗެއް ނުބަލާ ކަމުދާ ވާހަކައެއް ނުކިޔޭނެ

   9
   1
 3. ދިލް

  ރައީސް އެވިދާޅުވަނީ އެއްވެއުޅުން މަނައެއް ނޫނޭ ނަމަވެސް މިކަހަލަދަނޑި ވަޅެއްގައި ޑޮކުޓަރުން އެވިދާޅުވައި ކަންތައް ކުރުމައް.ދެން އަނެއް ކޮޅުން އަލިފާނުގެ ހާދިސާ ކަންތައް ބައްލަވާލަން ނުދިޔަނަމަވެސް ގޯސްވިސް.ވިސްނަވާލައްވައި ކޮންރައިސެއްތޯ ދުރުވީ މިހާދަންވަރުގެ ވަގުތެއް ގައި ހާދިސާހިގި ތަނައް.އަދި މިހާތަނަކައް ރާއްޖޭގެ އެއްވެސް ރައީސެއް ނޯންނާނެ ކޮސްފައް ތާރީހައް ޓަކައި މިދަންނަވާލެއްވީ.ސާ ބަސް ރައިސް.

  5
  68
  • ދިލްދިލް

   ޢަޅޭ. ޢޭނަ އެތަނަށް ދިޔައީ ކޮންމެހެން އަލިފާން ރޯވީމައެއްނޫނޭ. މުޒާހަރާކުރީމަ ބިރުން ތުރުތުރު އަޅާތީ ނުނިދިގެން އެވާހަކަ ކިޔާދޭންވެގެން ދިޔައީ. ޢަލިފާން ރޯވެގެން އެކަން ބަލަން ދިޔަނަމަ އެތާހުރެ ރޮއެރޮއެ ތި ނިއްވާލީސްކަން ކަޝަވަރު. ޢެހެރީ ވާ ވެރިއެއް ދިވެހިން ހޮވާފަ.

   13
  • ޢަލީބެ

   އިންޑިއާ ވީމަ ދިޔައީ، ލާރިއެއް ލިބޭތޯ....
   މަޤްޞަދު ވަރަށް ސާފު، މޯދީ އަށް ކެއަރ ކުރާކަން ދައްކަން.
   ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެން ދިޔަ ދިއުމެއް ނޫން.

   12
  • ޢަސްލޭ

   ޥަރަށް ސާފު ! ތީ ހަމަ އިދިކޮޅުން ކުރި މުޒާހަރާ އާއި ގުޅުވަންވެގެން އެމް ޑީޕީން ސާލިހް ވެސް ގުޅިގެން ޙިންގެ ސުންޕާ އޮޕަރޭޟަނެއް.. ކޮންހާ ގޭމްތަކެއް ކުޅޭކަށްތަ! ޢަހަރެމެން މި ތިބަ ހަނާވަނީއެ..ކަލޭމެން ހަމަ ސިޔާސީ މޮޅެތި ގޭމްތައް ކުޅުމުގަ..ނުވަންޔާ އިސްތިއުފާ ދީފަ ގެއަށްދޭ..ހުވާ މި ބުނި..ރުޅިނާންނަ ވަރުތަ މިހާރު ދެން..މޮޔަ ހިތަށް އަރާ ސޯލިހަށް ވޯޓު ދެވުނީތީ

   10
  • ޢަސްލޭ

   ޥަރަށް ސާފު ! ތީ ހަމަ އިދިކޮޅުން ކުރި މުޒާހަރާ އާއި ގުޅުވަންވެގެން އެމް ޑީޕީން ސާލިހް ވެސް ގުޅިގެން ޙިންގެ ސުންޕާ އޮޕަރޭޟަނެއް.. ކޮންހާ ގޭމްތަކެއް ކުޅޭކަށްތަ! ޢަހަރެމެން މި ތިބަ ހަނާވަނީއެ..ކަލޭމެން ހަމަ ސިޔާސީ މޮޅެތި ގޭމްތައް ކުޅުމުގަ..ނުވަންޔާ އިސްތިއުފާ ދީފަ ގެއަށްދޭ..ހުވާ މި ބުނި..ރުޅިނާންނަ ވަރުތަ މިހާރު ދެން..މޮޔަ ހިތަށް އަރާ ސޯލިހަށް ވޯޓު ދެވުނީތީ..

   11
 4. ވވވ އާދޭހާއި އެކު ޒުވާނުނަށް:

  ފައިސާތައް ބަނޑު އަޅާލާފައި ހުޅުޖެހީދޯ ރަނގަޅު ދެންހެޔޮއެދޭ އިންޑިޔާ ގެރިތަކާއި ރާއްޖެހަވާލުކުރޭ ރައްޔިތުން މުޅިރައްތިޔިތުން ބަނޑަށް ޖެހިރާއްޖެ ފަނާވާއިރު ބަލަހައްޓައިގެން ޒުވާނުން ހެޔޮނުވާނެ މިޤައުމު ސަލާމަތް ކޮށްދީ ބަލަ މިސަރުކާރުގައި ތި ބިހުރިހާ އިސްވެރިންތައް އެކުރާވައްކަން ތައްހުއްޓުވަން ހުރިހާޒުވާނުން އެއްރޫހެއްގައި ތެދުވެދީ ބަލަ މިޤައުމުއޮޔާނުދަނީސް މިޤައުމުސަލާމަތް ކޮށްދީ ބަލަ ޒުވާނުން މިޤައުމު ދިފާއުކުރަން ކުރާކޮންމެކަމެއްގައި ރައްޔިތުންގެ އެއް ބާރުލުންލި ބޭނެ ތައްޔިތުން މިތި ބީ ޒުވާނުންކުރާކޮންމެ ކަމެއްގައިވެސް ތިޒުވާނުނަށް އެއް ބާރުލުން ދޭގޮތަށް ހެޔޮނުވާނެ މިސަރުކާރުގައި ތި ބިވަގުންތައް ހިފާހައްޔަރުކޮށްދީ ބަލަ ހެޔޮނުވާނެ ތިޒުވާނުންގެ މަންމައިންނާއި ބައްޕައިން ބޭ ބެ ކޮށްކޮ މާމަކާފަ އަނ ބި ދަރީން ނުކައިނު ބޮއެ ކާނެއްއެއްޗެއް ނުލި ބި ބަނޑަށް ޖެހޭތަން ދެކެން ތިޒުވާނުން ބޭނުންނުވާނަ މިހާރުމިއޮތް ވަގުސަރުކާރު ހުއްޓުވައި މިޤައުމުސަލާމަތްކުރޭ!

  52
 5. ބުރާންތި

  ބޭނުމީ ސިޔާސީގޮތުން ޕީއެޗުޑީ!

  49
 6. ޢިޔާބު

  ރައީސެއްތަ ތިޔައީ؟

  54
 7. މިރިސް

  ބިރުން ކުރާނެކަމެއް ނޭގުމުން ވާނެގޮތް ތިފެންނަނީ

  51
 8. ދަންބެރު

  ސޯލިހުވަނީ ރަށްޔަތުންނަށް ހިޔާނާތް ތެރިވެފަ މާގިނަވާގަކަނުދަށްކާ ރަށްޔަތުންގެ ކުރިމަތީގައި ކުރިހުވަޔާ އެއްގޮތަށް ސިޔާސީނުވެ އަމަލުކުރުމަށް ގޮވާލަން އިދިކޮޅުން މުޒާހަރާކުރާނީ ކަލޭގެ ސަރުކާރުން ރަށްޔަތުންނަށް ހިޔާނާތްތެރިވާތީ ރަށްޔަތުން ދުވަހަކަށްވުރެ ދުވަހެއް ބަނޑަށް ޖެހެމުންދާތީ ސާފުވެއްޖެތޯ.

  52
  1
 9. ާަާަަައަސްލު

  އިނގިރޭސިވިލާތުގަ ތިބި ދިބޭފުޅުންގެ ބޮޑުންނާ ދަރިންކޮޅު މިގައުމައް ގެނައުމުންނޫންތޯ..!އަދި އެއްބަޔަކު ކަރަންޓީންނުކުރީމަނޫންތޯ..!؟ ޕާޓީކުރީމަނޫންތޯ...!! ގައުމު އިނދަޖެހުނީނޫންތޯ...ﷲއާއި ރަސޫލާއަށް ފުރައްސާރަކުރިމީހުން ކޮބައިތޯ..؟! ތިބޭފުޅާގެ ހިމާޔަތުގަނޫންތޯ..މީﷲގެކޯފާ.

  50
 10. އަޙްމަދު

  ފުރަތަމަރޯވިތަންފެނުނުމީހުންއެކަންހާމަކުރުންމުހިއްމު

  31
 11. Anonymous

  ގާ ބިލު މީހެއްނަމަ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާނީ، ހުސް ޓްރަމްޕް.

  54
 12. މޯދީ

  ތީ މުޒާހިރާ އާއި ގުޅުވަން ހިންގި ބޮޑު ޖަރީމާއެއް ... އަޑީގަ އޮތީ އިންޑީޔާ

  42
 13. ހުސޭނުބޭ

  ސިޔާސީ އަލިފާންޖެހުގެން ތެޅިބާލާ މީހުން އެކަހަލަ ވާހަކަ ދައްކާނެ!

  28
 14. ޅަތީފް

  ކީރިތި ކުރައްވަން އޮވެފަ ކަންނޭންގެ އެއައީ ހިޔެއްނުވޭ ހަ މަހެނެއް

 15. ކައުންސެލަރު

  މީނަ މިހެންބުނާއިރު ބަސްދީ ގަތުމަށް ކައިރީގައި ތިބިމީހުންތިބީ އިންޑިޔާގެ ދޭތެރޭގަތަ؟ ތިހިރީ ހޭބަލިވެފަތަ؟

 16. ޭދޮންތަ

  ޥަރަށް ސާފު ! ތީ ހަމަ އިދިކޮޅުން ކުރި މުޒާހަރާ އާއި ގުޅުވަންވެގެން އެމް ޑީޕީން ސާލިހް ވެސް ގުޅިގެން ޙިންގެ ސުންޕާ އޮޕަރޭޟަނެއް.. ކޮންހާ ގޭމްތަކެއް ކުޅޭކަށްތަ! ޢަހަރެމެން މި ތިބަ ހަނާވަނީއެ..ކަލޭމެން ހަމަ ސިޔާސީ މޮޅެތި ގޭމްތައް ކުޅުމުގަ..ނުވަންޔާ އިސްތިއުފާ ދީފަ ގެއަށްދޭ..ހުވާ މި ބުނި..ރުޅިނާންނަ ވަރުތަ މިހާރު ދެން..މޮޔަ ހިތަށް އަރާ ސޯލިހަށް ވޯޓު ދެވުނީތީ...އާއއއއއހްހްހހހހހ