ހުޅުމާލޭގައި ރޭ ނިޔާވި 21 އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ އެ ޒުވާނާ ނިޔާވުމާ ގުޅިގެން ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާނެ ކަމަށާއި އޭނާގެ ނަތީޖާ ފައްސިވެފައިވާ ކަމަށެވެ.

ހުޅުމާލޭގައި ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ ހދ. މަކުނުދޫ، ބާނި، ފާތުމަތު ޒަހާ އަހުމަދު ޝަކީލްއެވެ.

އެ ޒުވާނާ ކޮވިޑް-19 އަށް ފައްސި ވިޔަސް، އެއީ އެ ބަލި ޖެހިގެން ނިޔާވި މީހެއްގެ ގޮތުގައި އެޗްއީއޯސީން ކަނޑައަޅާފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ ރޭ 11:32 އެހާކަން ހާއިރު، އުމުރުން 21 އަހަރުގެ އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ. އެމީހާ ނިޔާވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޒަހާ ހޮސްޕިޓަލަށް ގެންދިޔައީ ހުޅުމާލޭގެ ގެސްޓްހައުސްއަކުންނެވެ.

ޒަހާ ވަޒީފާ އަދާކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ އުރީދޫ އޮފީހުގައެވެ. އޭނާ ކުރިން ބައެއް މީޑިއާތަކުގައި ވެސް މަސައްކަތް ކުރިއެވެ. އޭގެ ތެރޭގައި "އަވަސް" އޮންލައިން ވެސް ހިމެނެއެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނީ ޒަހާއަކީ އުރީދޫގެ އެއާޕޯޓް ވިޔަފާރީގެ މުހިންމު މުވައްޒަފެއް ކަމަށެވެ. ޒަހާ ނެތުމުގެ އުނިކަން ވަރަށް ބޮޑަށް އިހްސާސް ކުރެވޭ ކަމަށް ވެސް އޫރިދޫގެ ބަޔާނުގައިވެއެވެ. ޒަހާ އެ ތަނާ ގުޅިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އޭނާ ދިޔައީ އެ ތަނުގައި ވަޒީފާ އަދާކުރަމުން ގައުމީ ޔުނިވަސިޓީގައި ލެބޯރަޓަރީ ސައިންސްގެ ދާއިރާއިން ކިޔަވަމުންނެވެ.

ރާއްޖެ އިން މިހާތަނަށް 7،469 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 4،573 ދިވެހިންނާއި 2،869 ބިދޭސީންނެވެ. މި ބަލިން މިހާތަނަށް އައިއިރު ރަނގަޅުވެފައި ވަނީ 4،873 މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވެފައި ވަނީ 28 މީހުންނެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރު ކުރުމާއި ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކަށް އެއްގަމު ދަތުރުފަތުރު ކުރުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް އާންމުން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުގެ މި އެންގުންތަކާ ހިލާފުވާ މީހުންނާ މެދުގައި ފުލުހުން ދަނީ ފިޔަވަޅު އަޅަމުންނެވެ.

ރާއްޖޭގެ ސިއްހީ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ބަލި ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސުޕިނާ

    ކޮވިޑް 19 އައްފައްސި ވެއްޖެ ފައްސިވެއްޖެ ނަސީދު މެން ގައުމުގެ ވެރިކަމުގަ ތިބިހާހިންދަކު ފައްސި ވާނެ

    94
    33
    • ބަކުރުބެ

      ގަޅިވިއަސް ތީދެން ތަންފުކެއް ބޮޑުވަރު ކަންނޭގެ

      4
      1
  2. ބަކުރުބެ

    ރާެއްޖޭގައި މިހާރު މަރުވާ ކޮންމެމީހަކީ ކޮވިޑު ޖެހިފައިވާ މީހެއް ކީކޭބުނާނީ....... ؟

    105
    6
  3. ފަތިމަތު ޒަހާ އާއިލާ މީހެށް

    ފަތިމަތު ޒަހާ އަށް ސުވަރުގެ ދާއިމް ކުރަށްވާން ދޭ?

    196
    5
  4. ނުކުރާނަމޭ

    ހުޅުމާލޭގައި މަރުވި ޒުވާން އަންހެން ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ބުންނަސްް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ މިހާރު މަރުވާ ކޮންމެ މީހަކު ކޮވިޑަށް ޕޮޒިޓިވްއޭ ސަރުކާރުން ބުނަނީ އެއީ އެއިރުން ރައްޔިތުންނަށް އޭގައި ވާނުވާ ނޭގޭނެ ނޫންތޭ މަމެން ތިޔާ ކަމެއް ތިޔާ ގޮތަށް ގަބޫލެއް ނުުކުރާނަމޭ ތިޔާއީ އެހެން ކަމަކާއި ގުޅިގެން މަރުވި ކުއްޖެއް ކަމަށް ރަށުތެރޭގައި އެވަރަށް އަޑުފެތުރިފައި އޮތްވާ އެކަން އޮތްބާލަން ވެެގެން ސަރުކާރުން ފަތުރާ ޕްރޮޕެގެންޑާ އޭ މަމެން ތިޔާ ކަމެއް ގަބޫލެއް ނުކުރާނަމޭ ނުކުރާނަމޭ ނުކުރާނަމޭ..

    68
    17
    • ވިސްނޭ

      ސަރުކާރުން އޮޅުވާލަނީ ކޮންމެކަމެއްވެސް. އެކުއްޖާ މަރުވީ އޯވަޑޯޒް ވެގެންކަމަށް މައުލޫމާތުލިބެނީ....މައްޔިތާއަށް ސުވަރުގޭގެ ދާއިމީނިއުމަތް ދެއްވާށި. އާމީން.

      20
      2
    • ޢައިޝާ

      ކީކޭ ދެން ބުނާނީ. މީ ހަކު މަރުވީމަ އެމީހ ހެކޭ ކިޔާފަ ގޯސް ވާ ހަކަ ފަތުރަން މަސައްކަތް ނުކުރަެ. ކަލޭވެ އެއްބަނޑު އެއްބަފާ އަންހެ ހެން ކުއްޖަކަށް ވެސް އެފަދަ ކަމެއް މެދުވެރި ވެދާނެ. ޢިންސާނިއްޔަތު ކަމެއް ވެސް ނެތް. ދެން އަނެއް ކަމަކީ ކޯވިޑްއަށް ޕޮޒިޓިވް އޭބުނީމަ ކަލޭ ގަބޫލު ނުކުރިއަސް އެ މެޓާރއެއް ނުކުރާނެ ސަރުކާރުންވެސް އަދި އެކުއްޖާހގެ އާއިލާއަކުން ވެސް..ސަރުކަރުން ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރު ކުރަނީ ރާއްޖެއަށް ޓޫރިސްޓުން އައުމަށް ހ ހުރަސް އަޅަންތަ. ގައްޑާވެ ސަމާލުކަން ހޯދަން އުޅުނަސް ތީބޮޑު ވަރު.
      ޢެނގޭ ވަގުތުގެ ފަރާތުން މި ކޮމެންޓް ޕަބްލިޝް ނުކޮށްދޭނެ ކަންވެސް...އެތަކެއް ފަ ހަރު ކޮމެންޓް ކުރިން އެކަ.މަކު ޕަބްލިޝްއެއް ނޮކޮށްދޭ.

      .

      12
      6
  5. ބޮސް

    ދެން ލާދީނީން ވެރިކަމުގައި ތިބި ހާ ދުވަ ހަކު ކޮވިޑް ނުޖެ ހޭ މީ ހަކު މަރެއްވެސްނުވާނެ ދޯ؟

    10
    2
  6. ކެސްއީއޯސީ

    ކިތަންމެ ވަރަކަށް ފައްސިވިޔަސް ކަލޭމެން ކައުންޓެއް ނުކުރޭ. ހަމަޔަށް ގުނާނަމަ މިހާރު 38 ން މަތިވާނެ ކޮވިޑުން މަރުވި އަދަދު

    11
  7. ކަނބާ

    ގަބޫލެއް ނުކުރާނަން. މި ސަރުކާރުން ހަދަނީ ދޮގު.

    15
  8. Anonymous

    މި އަންހެނާ ހޮސްޕިޓަލަށް ގެންދިޔައީ ގެސްޓް ހައުސްއަކުންނޭ ބުނާއިރު އެނަ ދިރިއުޅެނީ އެގެސްޓް ހައުސްގައިތަ ނޫނީ ދިމާވި ގޮތަކުން އޭނައަށް އެގެސްޓް ހައުސްއަށް ދެވިގެން އުޅެނިކޮށް ހިނގި ހާދިސާއެއްތަ؟؟ މަރުވެފައިވާ މީހަކު ހޮސްޕިޓަލަށް ގެންދާނީ ކޮންމެވެސް ބައެއްގެ ފަރާތުން ކަމަށްވާއިރު އެމީހުންގެ ފަރާތުންވެސް ކޮންމެވެސް މައުލޫމާތެއް ހޮސްޕިލުން ހޯދާނެކަމަށް ބެލެވެނީ، ވީއިރު މިފަދަ ބޮޑު ކޭސްއަކާއި ބަލާއިރު ވަރަށް އާދައިގެ ކުޑަކުޑަ ކަމެއް ގޮތަށް ވަރަށް ބަލިކަށި މަޢުލޫމާތެއް މީޑިއާއިން ޕަބްލިކަށް ދެމުންދަނީ ކީއްވެބާއޭ ހިތަށްއަރާ؟؟؟ކޮވިޑަށް ޕޮޒިޓިވް ވިޔަސް ޑޮކްޓަރަށް ގަބޫލު ނުކުރެވޭ ކޮވިޑް ބަލީގައިކަމަށް މަރުވީ، ވީއިރު ފޮރުވިފައިވާ ވ.ގިނަ ސިއްރުތަކެއް ވާނެކަމަށް ބެލެވެނީ

    22
  9. Anonymous

    މީހަކު މަރުވިޔަސް ސިޔާސީ ކޮމެންޓު ޖަހަންވާނެ އޭރުން ގަދަ މީހަކަށް ވާނީ އެހެންނުން

    8
    4
  10. ދެރަ

    މުޅި ދުނިޔޭގަސިވެސް ވެރިކަން ކުރަނީ ނަސީދު ،ތިޔަކަހަލަ ކޮސްގޮވާތީ ޕޕ ގުންޑާ ގުރޫޕަށް ވޯޓް ނުދެވެނީ
    ދެން ޖަހާނީ ކަޅުތެޔޮ ތަޅާނީ ބިއްލޫރި.

    3
    8
  11. ނަސީރު

    ގެސްޓް ހައުސް ތައް ހުޅުވި ކޮން އިރަކު ޕާޓީކުރީތާ

    10
  12. ދިވެއްސެއް

    މިއަހަރުގެ މާރިޗު މަހުން ފެށިގެން އެކިތަންތަނުގައި މަގުމަތީގަޔާައި މަސްއޮޑި ފަހަރު އަދި ގޭގެ ދޮރުމަތީގައި ވެއްޓިފައި އޮއްވާ ފެނިފައިވާ ކުއްލި މަރުވުމުން އެމީހަކު ޓެސްޓް ކުރާއިރު ކޮވިޑަށް ޕޮސިޓިވް ވެ އެކަމަކު ކޮވިޑްޖެހިގެން މަރުވި މީހުންތެރޭ ނުހިމެނޭ ކިތައް މަރުގެ ޙާދިސާ ހިނގާފައިވޭތޯ ކޮންމެވެސް ބޭފުޅަކު ބުނެދެއްވަފާނަންތޯ ؟ ނުވަތަ "ވަޤުތު" ނޫހުގެ ފަރާތުން ނަމަވެސް ބިދޭސީންނާއި ދިވެހީން ގެ އަދަދާއި މީހާ މަރުވެފައިވާ އޮއްވާ ފެނިފައިފައިވާ ތަންތަންވެސް އެގުމަކީ ކިޔުންތެރިންނަށް ބޭނުންވާނެ މަޢުލޫމާތެއް ކަމަށް ފެންނާތީ ދަންނަވާލީ

  13. ދުންތަރި

    މިހާރު މީހަކު މަރުވެއްޖެނަމަ އެމީހަކު ފައްސިވާނެ މީ އަރަތެއް
    ކަނޑުވެ މަރުވިޔަސް ފިހިގެން މަރުވިޔަސް މާބަނޑުމީހަކު ވިހަން ތަނަށްއަރާއޮށްވާ ދިމާވިހާދިސާއަކުން މަރުވިޔަސް ފައްސިވާނެ މީ ވަރުގަދަ ފައްސިއެއް ގެންގުލޭ ބައެއް މިމީހުންގެ ފައްސި ނައްސް އަށްސި މީ އަހަ އަރަތެއް ދާދި ފަހުން ތުއްތުކުއްޖަކު ފައްސިއޭކިޔައިގެން 01 ހަފްތާ ވަންދެން އުޅެފަ ނައްސި މީ ހަމަ ޖަވާބުނުލިބޭ އަރަތެއް

    2
    1
  14. ބައްޕައެއް

    މިއަދު މިއީ ޒަހާ 21 އ. މާދަމާ އެހެންކުއްޖެއް. ޑްރަގްސް ހުއްޓުވަން އެބަޖެހޭ.

    8
    1