އައްޑޫ ސިޓީގައި ފުލުހުންގެ ތަމްރީން މަރުކަޒެއް އެޅުމަށް ހަވާލުކުރީ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވިއިރުގައި ކަމަށާއި ނަމަވެސް އޭރު ފެށި މަޝްރޫއަށް މި ސަރުކާރުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އުމަރު ނަސީރު ތުހުމަތު ކުރައްވައިފިއެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި ގާއިމުކުރެވޭ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ހުއްޓާލަން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ދަނީ ފަހަކަށް އައިސް ގޮވަމުންނެވެ.
ނަމަވެސް އައްޑޫ ސިޓީގައި ކުރެވޭ އެ މަސައްކަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަދި ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވިއިރު އިންޑިއާއާ ހަވާލުކުރެވިގެން ފެށި މަސައްކަތެކެވެ. ދާދި ފަހުން މި ސަރުކާރުގެ އިސް ބޭފުޅުން ވެސް ގެންދަވަނީ އެ ކަން ފާހަގަކުރައްވަމުންނެވެ.
މި ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގޮތަށް ވިދާޅުވެފައިވާ ކަމަށް ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވަމުން އުމަރު ކުރެއްވި ފޭސްބުކް ޕޯޓެއްގައި ވިދާޅުވީ އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް އެ އަތޮޅުގައި މަދު ކަމުން އޭރު އެ މަޝްރޫއު ހިންގަވަން ނިންމެވީ ކަމަށެވެ.
ނަމަވެސް މި ސަރުކާރު އައި ފަހުން މަޝްރޫއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. މަރުކަޒުގެ ޑިޒައިން ބަދަލު ކުރެވިފައިވާ ކަމަށް ބެލެވޭ ކަމަށާއި މަރުކަޒުގެ އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލު ކުރެވިފައިވާ ކަމަށް ވެސް ތުހުމަތު ކުރައްވައި އުމަރު ލިޔުއްވާފައިވެއެވެ.
"އަޅުގަނޑު ސޮއި ކުރީ ހިލޭ އެހީގައި [ފުލުހުންގެ] ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ މިނިސްޓަރ ޝާހިދުއަށް. ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާތަން." އުމަރު ވިދާޅުވިއެވެ.
މި ސަރުކާރު އައި ފަހުން ބާރު ދުވެލީގައި ކުރިއަށްދާ ތަމްރީން މަރުކަޒުގެ މަސައްކަތައް މީޑިއާތަކަށް ދައްކާލަން ވެސް އުމަރު ގޮވާލެއްވިއެވެ. އަދި އެއްވެސް ސިފައެއްގައި އިންޑިއާގެ ސިފައިން މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދިނުމަށް ވެސް އުމަރު ގޮވާލެއްވިއެވެ. އެއްބަސްވުމެއް ގެނެވިފައިވާ ބަދަލުތައް ހާމަކުރަން ވެސް ގޮވާލެއްވިއެވެ.
އުމަރު ވިދާޅުވީ، 2023 ގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށެވެ. އިންޑިއާއާއި ޗައިނާގެ ވާދަވެރިކަމުގެ ތެރެެއަށް ވަދެވި، އެއިން ގައުމެއްގެ އުގަކަށް ރާއްޖެ ވެއްޓިގެން ދާން ފުރުސަތު ނުދެއްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
މިއީ އަހަރުމެންގެ ސަލާމަތަށްހުރި ވަރަށް ނުރައްކާތެރި ކަމެއް.
އުމަރެއް ކާސިމެއް ނޯންނާނެ.. ވެރިކަމުގައި ތިއްބެ ބޭފުޅުންތަކަށް ކަންކުރުމުގެ ބާރު މިހާރު އޮތީ.. ޕްލީޒު އެމީހުން ނުބައިތިއްބާ އައްޑޫގައި..
ވެރިކަން ބޭނުންގޮތަކަށް ކުރައްވާ..! އެކަމަކު ގައުމު ހިމާޔަށް ކުރައްވާ.! އިންޑިޔާގެ ވިސްނުމުގެ ހުރިނުރައްކާ މިއެގެނީ ކުޑަކޮށް ބަޔަކު އެއްޗެއްބުނެލާއިރަށް ޝާހިދު އާއި ބައްދަލުކޮށް އިންޑިޔާގެ ވިސްނުމާއި ދެކޮޅަށް ރައްޔަތުން ވާހަކަ ދައްކާކަމަށް ބުނީމަ އޭގެ މާނަ ވަރަށް ސާފު.. އެބުނާ އިންޑިޔާއިން ކަންބޮޑުވަނީ ކީއްވެ.. ގައުމުގެ މީހުންނޭދޭ ނަމަ, އެމީހުން އެގައުމަށް ޚިދުމަށް ނުދިނީމަ ވީއެއް ނު..
ދެންކޮކަމަކާއި ތޯ އިންޑިޔާ ކަންބޮޑުވަނީ.. އެމީހުންގެ އެޖެންޑާއެއް އޮތީމަ ނޫންތޯ?
ކޮން ބޭފުޅަކު ވެރިކަމުގައި ހުއްޓަސް އަހަރުމެންނަށް ހެޔޮ އެކަމަކު..އައްޑޫ ގައި އިންޑިޔާގެ މިލްޓްރީ މީހުން ނުބާތިއްބާ?
ޕްލީޒު.. ސަރުކާރު ގައި އާދޭސް މި ކުރަނީ.! އިންޑާ މީހުން މި އަތޮޅުގައި ނުބާތިއްބާ!
ތިއަތޮޅު އަތޮޅަކަށް ވެފައިވެސް ތިއޮތީ ބޭރުމީހުން ތިބެގެން، ދެންވެސް ރަގަޅުވުން އެކަށީގެންވޭ؟